ސިކުނޑި މެދުވެރިކޮށް ރޮބެޓެއް ކޮންޓްރޯލް ކުރެވިދާނެތޯ ؟

06 ނޮވެމްބަރު 2021

އެމެރިކާގެ ޑިފެންސް އެޑްވާންސްޑް ރިސާރޗް ޕްރޮޖެކްޓްސް އޭޖެންސީއިން ވަނީ އެކި ސަބަބުތަކާއި ހުރެ އޮޕަރޭޝަންކޮށް އަތް ބުރިކޮށްލުމާއި ގުޅިގެން އަތް ނެތް ފަރާތްތަކަށް ސިކުނޑި މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭ އާރޓިފިޝަލް އަތެއް އުފައްދާފައެވެ. މި "އާރޓިފިޝަލް އަތް" ބޭނުންކުރާފަރާތް އެކި ހަރަކާތްތަކާއި މެދު ވިސްނަން ފެށުމުން ނާރުތަކަށް ސިކުނޑި ސިގްނަލް ފޮނުވައެވެ. މި ސިގްނަލްތައް އަތާއި ހަމައަށް ފޯރުމުން އެމީހާގެ " އާރޓިފިޝަލް އަތް" އެ ސިގްނަލްތަކާއި އެއް ގޮތަށް ހަރަކާތްކޮށް ހަދައެވެ.

މީގެ އިތުރުން ވެސް ވަނީ މިފަދަ ބައެއް އުފެއްދުންތަކެއް އުފައްދާފައެވެ. އެގޮތުން އިންޖިނިއަރެއް ކަމަށްވާ ވިލިއަމް އައުޑެޓީ ވެސް ވަނީ ސިކުނޑިން ކޮންޓްރޯލް ކުރެވޭ ކުޑަކުދިން ކުޅެން ގެންގުޅޭ ފަދަ ކުޑަ ކާރެއް އުފައްދާފައެވެ.

އެކިއެކި ފަރާތްތަކުން ސިކުނޑީގެ ޒަރީއާއިން ރޮބެޓް ކޮންޓްރޯލްކުރުން ކުރި އެރުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސައިންސް އާއި ޓެކްނޮލޮޖީގެ ދާއިރާއިން މިކަންކުރިއަރުވާ ކުރިމަގު އުޖާލާކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

* މި ލިޔުމަކީ ކަލާފާނު ސްކޫލްގެ ގްރޭޑް 9 މިޝްކާ މުހައްމަދު ރަޝީދު ލިޔުމެއް.

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިސްގައި ދަރިވަރުން މި ބަޔަކީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ސައެންސް އާއި ޓެކްނޮލޮޖީ ރޮނގުން ވިސްނުން ބައްޓަން ކުރުމާއި މިދާއިރާ އާއި ގުޅުންހުރި މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްސަދުގައި އަދި ދަރިވަރުންގެ ލިޔުންތެރިކަން ތަރައްޤީކޮށް ނޫސްވެރިކަމާއި ލިޔުންތެރި ކަމުގެ ފަންނު އާލާ ކުރުމުގެ މަޤްސަދުގައި ހިނގާ ސެގްމަންޓް އެކެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.