ޓްވިޓަރ އިން ވަކި އެކައުންޓެއްގެ ޓްވީޓް މިހާރު ހޯދާލެވޭނެ

ޢާއިޝަތު ޝައިހާ 08 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓަރ އިން ޕްރޮފައިލް ސަފްހާތަކުގައި، ވަކި މީހެއްގެ / ބައެއްގެ އެކައުންޓުގެ ޓްވީޓުތައް ފަސޭހަކަމާއި އެކީ ހޯދައިލެވޭނެ ސާޗް ބަޓަންއެއް ތައާރަފުކޮށްފިއެވެ. ސޯޝަލް މީޑިޔާ ކޮންސަލްޓެންޓެއް ކަމަށްވާ މެޓް ނަވާރާ ފާހަގަކުރި ގޮތުގައި، މިދިޔަ މަހުގައި މަދު އަދަދެއްގެ ބަޔަކަށް މި ސާޗު ބަޓަން ފެންނަމުން އައި ކަމަށާއި، ނަމަވެސް މިހާރު އެކްސްޑީއޭ ޑެވެލޮޕަރުން ބުނާ ގޮތުގައި، މި ޚިދުމަތް އައިއޯއެސްގައި ފުޅާވަމުން އެބަ ދެއެވެ.

ހޯދާ ހޯދުން ވަކި ބައެއްގެ ޓްވީޓެއްގެ ތެރެއިން ހޯދުމަކީ ޓްވިޓަރ ގެ އާ ސިފައެއް ނޫނެވެ. "from:[Twitter handle][search term]" މިހެން ޓްވިޓަރ ގެ ސާޗް ބޮކްސްގައި ޖަހާލުމުން އެކަން ހާސިލުވެގެން ހިނގައިދާނެއެވެ.

މި އާ ބަޓަންގެ ސަބަބުން ލިބޭ ފަސޭހަތައް ގިނައެވެ. މިސާލަކަށް، ވަކި އާޓިކަލެއް ހޯދަން ބޭނުންވާ ކަމުގައި ވާނަމަ، އޭގެ ވަކި ހާއްސަ ކަންތައްތަކެއް ހަނދާން ނެތްކަމުގައި ވިޔަސް އެ ޓްވީޓު ކުރި މީހާ ކޮންމެވެސް ވަރަކަށް ހަނދާން ހުރި ކަމުގައި ވާނަމަ، މި ސިފައަކީ ނުހަނު ބޭނުންތެރި ސިފައެކެވެ.

މި އާ ސާޗް ބަޓަންއަކީ، ފާއިތުވެދިޔަ މަސްތަކުގައި ޓްވިޓަރ އިން އޭގެ ހިދުމަތަށް އިތުރުކުރަމުން ދިޔަ އާ ސިފަތަކުގެ ކުޑަ މިސާލެކެވެ. ހަމަ މިދިޔަ ހަފްތާގައި، މި މަންސައިން ވަނީ، ދުނިޔޭގައިވާ ހުރިހާ އައިއޯއެސް ގެންގުޅޭ ފަރާތްތަކަށް ޓްވިޓަރ އެކައުންޓްތައް ސުޕަރ ފޮލޯ ކުރުމުގެ ފީޗަރ ތައާރަފުކޮށްދީފައެވެ. މި ފީޗާއިން އެ ފަރާތްތަކަށް މި މަންސައިގެ ބޯނަސް ކޮންޓެންޓުތައް ބަލާލުމުގެ ހުއްދަ ހޯދުމަށް ފައިސާ ދައްކާލެވޭނެއެވެ. ހަމަ އެ މަހުގައި، ޓްވިޓަރ އިން ވަނީ، ކޮންމެ މީހަކަށްވެސް އޭގެ އޯޑިއޯ-އޮންލީ ސްޕޭސް ޗެޓްރޫމްތައް ހޯސްޓް ކުރަން ފަށްޓާފައެވެ. އެހެން އާ ސިފަތަކަށް ބަލައިލާ އިރު. ޓްވިޓަރ ބްލޫ ސަބްސްކްރިޕްޝަންގެ ޚިދުމަތާއި ކޮމިއުނިޓީސް ވެސް ހިމެނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.