އަތް ބޭނުން ނުކޮށް ޓިކްޓޮކް އިން ވީޑިއޯ ސްކްރޯލް ކުރެވޭ

އަޙްމަދު އަޙްސަން 14 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްރިކްއެއް ބޭނުންކޮށްގެން ވޮއިސް ކޮމާންޑުން ސްކްރޯލް ކުރުމަށް ޓިކްޓޮކް އައިފޯން އެޕް ސެޓް ކުރެވިދާނެއެވެ.

ޓިކްޓޮކްގެ ތަރި "ރޮކްސަންނާ.ރޮކްސީ" އިން ދާދި ފަހުން އޭނާގެ 1.1 މިލިއަން ފޮލޯވަރުންނަށް ޕޯސްޓްކުރި ވީޑިއޯއަކުން އަތް ބޭނުން ނުކޮށް ވީޑިއޯ ސްކްރޯލް ކުރާނެ ގޮތް ދައްކުވާދީފައިވެއެވެ.

ރޮކްސަންނާ.ރޮކްސީގެ ޓިކްޓޮކް ވީޑިއޯގެ ސްރީކް ޝޮޓް

37 ސިކުންތުގެ މި ކްލިޕްގައި ޓިކްޓޮކް ގެ ތަރި ރޮކްސަންނާ.ރޮކްސީ އިން ވޮއިސް ކޮންޓްރޯލް އެކްޓިވޭޓް ކުރުމަށް އައިފޯން ސެޓިންގްސް އަށް ވަދެގެން އެކަން ކުރާނެ ގޮތް ދައްކުވައިދޭ އިރު، މިއީ ޑިވައިސް ހޭންޑްސް ފްރީ ކޮށް ބޭނުން ކުރުމުގެ ފުރުސަތު ދޭ ފީޗާއެކެވެ.

ރޮކްސަންނާގެ ވީޑިއޯ އިން ރޮބޮޓިކް އަޑުން ބުނާ ގޮތުގައި "އަތް ބޭނުން ނުކޮށް ޓިކްޓޮކްގައި ސްކްރޯލް ކުރެވިދާނެކަން އެނގޭ ހެއްޔެވެ؟". ހަމައެކަނި 'ނެކްސްޓް' ބުނެލާށެވެ.

އަމިއްލަ އަށް ޓެސްޓް ކުރުމަށް، ސެޓިން އެޕް އަށް ގޮސް "އެކްސެސިބިލިޓީ" އަށް ޓެޕް ކޮށްލާށެވެ. ދެން "ސެޓް އަޕް ވޮއިސް ކޮންޓްރޯލް" ޓެޕް ކޮށްލާ، ނުވަތަ ކުރިން ސެޓް ކޮށްފައި ހުރި ނަމަ ހަމައެކަނި ސްވިޗް އޮން ކޮށްލާށެވެ.

މި ފީޗާ ރެޑީވުމުން އައިފޯން ސްކްރޯލް ކޮށްލަން ބުނާނެ ކޮމާންޑެއް ސެޓް ކޮށްލާށެވެ. އެކަން ކުރުމަށް، "ކަސްޓަމައިޒް ކޮމާންޑްސް" > "ކްރިއޭޓް ނިއު ކޮމާންޑް" ޓެޕް ކުރައްވާށެވެ. ފްރޭޒް ބޮކްސްގައި، "ނެކްސްޓް" ފަދަ، ތިމާ އިޚްތިޔާރުކުރާ ކިޔަން ފަސޭހަ ބަހެއް ނުވަތަ ޖުމްލައެއް ލިޔާށެވެ.

އެކްޝަން ނެގުމަށް ފަހު "ރަން ކަސްޓަމް ގެސްޗަރ" ޓެޕްކޮށް ޑިސްޕްލޭ ސްވައިޕް އަޕްކޮށް "ސޭވް" ކޮށްލާށެވެ. ދެން "އެޕްލިކޭޝަން" އަށް ގޮސް ޓިކްޓޮކް ހުޅުވާލާށެވެ.

މިހާރު، ޓިކްޓޮކް ހުޅުވާފައި ހުންނަ ކޮންމެ ފަހަރަކު، ތިމާ ޚިޔާރުކޮށްފައިވާ ކޮމާންޑް ވޯޑް ކިޔުމުން، އެޕް ސްކްރޯލް ކޮށް، ދެން އަންނަ ވީޑިއޯއަކަށް ސްކްރޯލް ކުރަން ފަށާނެއެވެ.

އެކްސެސިބިލިޓީ ފީޗާސްތައް މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައިވަނީ ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދޭ ގޮތަށް ކަމަށްވާއިރު، އެ ފީޗާސްތަކަކީ ކޮންމެ މީހަކަށްވެސް ބޭނުން ކުރެވިދާނެ ފަސޭހަ ފީޗާސްތަކެކެވެ.

ކޮންޓްރޯލް ސެންޓަރ އަށް ދިއުން، ހޯމް ސްކްރީނަށް ދިއުން، ވަކި އެޕްތައް ހުޅުވުން އަދި މިނޫންވެސް އެތައް ކަމެއް ކުރުމަށް ސްޕީކިން ކޮމާންޑްތައް ސެޓް ކުރެވިދާނެއެވެ. ޓެކްސްޓް ޑިކްޓޭޓްކޮށް އެޑިޓްކުރުމަށް ވެސް އެކްސެސިބިލިޓީ ފީޗަރ ބޭނުންކުރެވިދާނެއެވެ.

އައިއޯއެސްގައި ހިމެނޭ އިތުރު އެކްސެސިބިލިޓީ ފީޗާސްތަކުގެ ތެރޭގައި ވެބްސައިޓް ނުވަތަ ޓެކްސްޓް މެސެޖްތައް އަޑުހަރުކޮށް ކިޔާ ވޮއިސްއޯވަރ، އަދި ކެމެރާ މެގްނިފައިންގ ގްލާސްއަކަށް ބަދަލު ކޮށްދޭ މެގްނިފައަރ ހިމެނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.