ޔޫޓިއުބުން 'ޑިސްލައިކް' ކައުންޓް އަދަދު ފޮރުވައިފި

އަޙްމަދު އަޙްސަން 14 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޔޫޓިއުބު ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ފުރައްސާރައިން ސަލާމަތްވުމުގެ މަގުސަދުގައި ޔޫޓިއުބުން 'ޑިސްލައިކް' އަދަދު ފޮރުވައިފިއެވެ.

ޔޫޓިއުބް ކްރިއޭޓަރ ލިއޭޒަން މެޓް ކޮވާލް ވިދާޅުވީ، އެ ކުންފުނިން އުންމީދު ކުރަނީ، "ޑިސްލައިކް އެޓޭކްސް" ގެ ޝިކާރައަކަށްވެފައިވާ އުފެއްދުންތެރިންނަށް، އާންމުންގެ އަތުން ކައުންޓް ފޮރުވައިގެން މަސައްކަތް ކުރުމުން އުފައްދާ ފަރާތްތައް ފުރައްސާރައިން ސަލާމަތް ވެވިދާނެ ކަމަށެވެ.

ބުދަ ދުވަހު ވީޑިއޯ އަޕްލޯޑް ކުރުމުގެ ހިދުމަތަށް ވަނީ އާ ފީޗާއެއް އެކުލަވާލާ ވީޑިއޯ އަޕްލޯޑް ކުރާ މީހާއަށް އެކަނި ކައުންޓް ފެންނަ ގޮތަށް ހަދާފައެވެ.

ނަމަވެސް އަސްލު ޑިސްލައިކް ބަޓަން އިންނާނެ ކަމަށާއި އަދިވެސް ބެލުންތެރިންނަށް އެމީހުންގެ ޕާސަނަލް ރެކޮމެންޑޭޝަންތަކަށް ބިނާކޮށް ވީޑިއޯއަށް ޑިސްލައިކް ކުރެވިދާނެ ކަމަށެވެ.

މި އަޕްޑޭޓް ފީޗާ އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ، ޑިސްލައިކް ބަޓަންއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ފުރައްސާރަކުރުމާއި "ނުރުހޭ ހަމަލާތަކުން" ރައްކާތެރިވުމަށް އެހީތެރިވެވިދާނެތޯ ބެލުމަށް މިއަހަރުގެ ކުރީކޮޅު ޔޫޓިއުބްގައި ކުރި އެކްސްޕެރިމެންޓެއްގެ ސަބަބުން، ކައުންޓް ޑްރައިވް ކުރުމަށް ވީޑިއޯ އެއް ބަލަން ތިބި މީހުން ގަސްދުގައި ނުރުހޭތީއެވެ.

ޔޫޓިއުބުން ނެރުނު ރިލީސް އެއްގައި ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުން ޑިސްލައިކް ކައުންޓް ފޮރުވާފައި ވާ ނަމަ "ކައުންޓް ޑްރައިވް ކުރުމަށް ވީޑިއޯގެ ޑިސްލައިކް ބަޓަން އަށް ޓާގެޓް ކުރުމުގެ ފުރުސަތު ކުޑަ" ކަމަށް އެ ސައިޓުގެ ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

"ކުރުގޮތަކަށް ދަންނަވާނަމަ، އަޅުގަނޑުމެންގެ އެކްސްޕެރިމެންޓް ޑޭޓާއިން ދައްކާގޮތުގައި އެޓޭކިންގ ބިހޭވިއަރ ނުރުހޭ މިންވަރު ވަނީ މަދުވެފައި. އަދި ކުޑަ ޗެނަލް ގެންގުޅޭ މީހުންނާއި ހަމައެކަނި ފަށައިގަންނަ މީހުންގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް ސީދާ އަޑު އިވިގެން ދިޔައީ އެ މީހުންނަށް ނާޖާއިޒު ގޮތުގައި މި އަމަލު އަމާޒުވާ ކަމަށެވެ. އަދި އަޅުގަނޑުމެންގެ އެކްސްޕެރިމެންޓް އިން ކަށަވަރުވި ގޮތުގައި މިއީ ކުދި ޗެނަލްތަކުގައި އެއަށް ވުރެ މަތީ މިންވަރަކަށް ހިނގާ ކަމެއް" ރިލީސްގައި ބުނެފައި ވެއެވެ.

ކޮންޓެންޓް ކްރިއޭޓަރ އެމީހުންގެ ޑިސްލައިކް ހިސާބު ތައް ބަލަން ބޭނުންނަމަ ޔޫޓިއުބް ސްޓޫޑިއޯ އިން ބަލާލެވޭނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.