ވެރިޒޯން އިން އެމޭޒަން އާއި އެއްބައިވަނީ!

އާހިލް އާސިމް އަބްދުالله 16 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމޭޒަންއިން ތަރައްޤީކުރަމުން އަންނަ ސެޓެލައިޓް އިންޓަނެޓް ސިސްޓަމް ބޭނުންކުރުމަށްޓަކައި ވެރިޒޯން އިން އެމޭޒަންއާއި އެއްބައިވާން އެބައުޅެއެވެ.

އެމޭޒަންއިންދަނީ ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ބޭނުން ކުރުމަށްޓަަކައި ޕްރޮޖެކްޓް ކުއިޕާރގެ 3236 ސެޓެލައިޓް އުފައްދަމުންނެވެ.

އެމޭޒަން އިން ވެރިޒޯން އާއި އެއްބައިވުމުން، ވެރިޒޯން އިން މި ސެޓެލައިޓްތައް ބޭނުންކުރަން ލިބި އެކުންފުނީގެ ޓެރެސްޓީރިއަލް ސާރވިސްތައް ފުޅާވެގެން ދާނެއެވެ. އެއީ މިސެޓެލައިޓް ތަކުގެ ސެލިއުލަރާ ބެކްހައުލް ސޮލިއުޝަންއަށް ވެރިޒޯންގެ 4ޖީ ލައިޓް އަދި 5ޖީ އިތުރުކޮށްފައި ވާތީއެވެ.

އެމޭޒަންއިން އަދި މީގެ އެއްވެސް ސެޓެލައިޓް އެއް ޖައްވަށް ފޮނުވައިފާ ނުވާއިރު އެކުންފުނިން ވަނީ، ޔުނައިޓެޑް އެލަޔަންސް އާއި އެކީ 9 ސެޓެލައިޓް ޖައްވަށް ލޯންޗް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމޭޒަންގެ އަމާޒަކީ 2026 ގެ ކުރިން ދުނިޔޭގެ އޯރބިޓް އަށް 1600 ސެޓެލައިޓް ފޮނުވާލުމެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.