ކުރީގެ ފޯނު ދެން މާގިނަ ދުވަހު މަސައްކަތް ނުކޮށްފާނެ!

މުހައްމަދު ރައްޔާން 17 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަރަށް ގަޔާވާ ފޯނެއް ގެންގުޅޭތާ ގިނަ އަހަރުތަކެއް ވެއްޖެހެއްޔެވެ؟ އެހެންވިއްޔާ މިއީ އެ ފޯން އަޕްގްރޭޑްކޮށްލަންވީ ވަގުތެވެ. އެހެންނޫނީ އަންނައަހަރުން ފެށިގެން ކުރީގެ ބައެއް ފޯނުތައް ބޭނުންނުކުރެވުމަކީ އެކަށީގެންވާކަމެކެވެ. އެގޮތުން މޮބައިލް ނެޓްވޯކްގެ ހިދުމަތްދޭ ބައެއް ކުންފުނިތަކުން އަންނަ އަހަރު 3ޖީ ނެޓްވޯކްތަކަށް ދެމުންގެންދާ ހިދުމަތްތައް ވަނީ ހުއްޓާލުމަށް ނިންމާފައިއެވެ.

ނަމަވެސް 3ޖީ ބޭނުންކުރުން ހުއްޓާލުމަށް މަސައްކަތްތަކެއް ފެށިފައިވާއިރު އަދިވެސް މި ހިދުމަތް ހުއްޓާލުމުން ބޭނުންނުކުރެވޭނެ ދުވަސްވީ ފޯނުތަކެއް އަދި ސީދާ ދެނެގަނެވިފައިނުވެއެވެ. ނަމަވެސް އެމެރިކާގެ ސައުތް ޑަކޯޓާ ޕަބްލިކް ޔުޓިލިޓީޒް ކޮމިޝަނުގެ ޗެއާމަން ހާމަކޮށްފައިވާ ގޮތުގައި މި ހިދުމަތް ހުއްޓާލުމުން އޭގެ އަސަރުކުރާނީ ފްލިޕް ފޯނުތަކާއި އެންމެ ކުރިން 4ޖީ ބޭނުންކުރަން ފެށި ފޯނުތަކަށެވެ.

އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި 3ޖީ ހިދުމަތްތައް ހުއްޓާލުން ނުވަތަ ފޭސްއައުޓްކުރުން އަންނަ ޖުނައަރީމަހުގައި ފެށިގެންދާނެއެވެ. މީގެ އިތުރުން އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ބައެއް ކުންފުނިތަކުން ފެބްރުއަރީގެ ނިޔަލަށް މިމަސައްކަތް ނިންމާލާނެއެވެ. އަދި ބައެއް ކުންފުނިތަކުން 2022ގެ މެދުތެރޭގައި މިހިދުމަތް ދިނުން ހުއްޓާލަން ނިންމާފައިވާއިރު ވެރިޒޯން ފަދަ މަޝްހޫރު ކުންފުނިތަކުން މިހިދުމަތް ދިނުން ހުއްޓާލުމަށް ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ.

މިނިންމުމާއިއެކު 3ޖީ ޓެކްނޮލޮޖީ ބޭނުންކުރާ އެހެން ޑިވައިސްތަކަށްވެސް އެމެރިކާގެ ނެޓްވޯކްތައް ބޭނުންކުރުމަށް ހުރަސްއެޅިގެންދާނެއެވެ. މި ނިންމުމާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަމުން ސައުތް ޑަކޯޓާ ޕަބްލިކް ޔުޓިލިޓީޒް ކޮމިޝަނުގެ ޗެއާމަން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތުގެ ތެރެއިން އެންމެ ކުރީގެ 4ޖީ ޓެކްނޮލިޖީވެސް ފޭސްއައުޓް ކުރުމުގެ މަސައްކަތްފެށިގެންދާނެއެވެ. އެގޮތުން އެންމެ ފުރަތަމަ ތައާރަފްކުރެވުނު 4ޖީ ހިދުމަތްތަށް ހުއްޓިގެންދާއިރު ފަހުގެ 4ޖީ ޓެކްނޮލޮޖީ އަދިވެސް ޒަމާންތަކެއް ވަންދެން ބޭނުންކުރެވޭނެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.