ގޫގަލް ގެ ބެލެނިވެރި ކުންފުނި ކަމުގައިވާ އަލްފަބެޓް އިން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޮކްޓަރީ ބޭސް ދެނެގަނެ ހޯދާނެ ކުންފުންޏެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ހާމަ ކޮށްފިއެވެ. މި ކުންފުނި ބިނާވެގެން މިދަނީ އަލްފަބެޓް ގެ ސަބްސިޑަރީ އެއްކަމަށްވާ ޑީޕްމައިންޑް އިން ޕްރޮޓީން ސްޓްރަކްޗާ ދެނެގަތުމަށް ކުރި ކާމިޔާބު މަސައްކަތަށް ރިއާޔަތް ކޮށްފައެވެ.
އައިސޮމޯފިކް ލެބޯޓްރީޒް ނަމަކަށް ކިޔާ އާ ކުންފުނިން ޑީޕްމައިންޑް އިން ޕްރޮޓީން ސްޓްރަކްޗާގެ ދިރާސާތަކުގެ ބޭނުން ހިފައި، އާ ޑޮކްޓަރީބޭސް ދެނެގަތުމަށް އެހީތެރިވެދޭނެ އާލާތްތައް ބިނާކުރުމަށް ބާރު އަޅާނެ އެވެ.
މީގެ އަހަރުތަކެއް ކުރިން ފެށިގެންވެސް ތަޖުރިބާކާރުން އަންނަނީ އޭއި އަކީ ތަފާތު ބަލިތަކަށް އާ ބޭސް އުފެއްދުމަށް ބޭނުންކުރެވިދާނެ މުހިއްމު ޓެކްނޮލޮޖީއެއް ކަމަށް ބުނަމުންނެވެ. އޭއައި އިން ވަކި ބައޮލޮޖިކަލް ޓާގެޓަކަށް އެންމެ އެކަށީގެންވާ ބައެއް ހޯދުމަށް މޮލިކިއުލްތަކުގެ ޑޭޓާބޭސްތައް މެދުވެރިކޮށް ސްކޭން ކުރުމަށް އެހީތެރިވެދޭނެއެވެ.
އައިސޮފޯމިކް އިން މަސައްކަތްކުރާނީ މި ޑްރަގްތަށް ހަށިގަނޑާ އިންޓަރެކްޓް ކުރާނެ ގޮތް ދެނެގަންނާނެ މޮޑެލްތައް ބިނާކުރުމަށެވެ. މިކަން ކުރުމަށް ޑީޕްމައިންޑް އިން ގިނަ ޕްރޮޓީންތަކެއް އެކަތިއަނެކައްޗާ މުއާމަލާތް ކޮށްފާނެ ގޮތްތައް ދެނެގަތުމަށް ޕްރޮޓީން ސްޓްރަކްޗާއާ ބެހޭ ގޮތުންކުރި މަސައްކަތް ބޭނުން ކުރެވިގެންދާނެއެވެ.
އައިސޮފޯމިކް ކުންފުނިން އަމިއްލައަށް ޑްރަގް ނުއުފައްދައި އޭގެ ބަދަލުގައި މޮޑެލްތައް ވިއްކުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ޑޮކްޓަރީ ބޭސް ކުންފުނިތަކާއެކު ޕާޓްނާޝިޕް ތައް ތަރައްގީ ކުރުމަށް އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް އެކުންފުނީގެ ތަރުޖަމާނަކު ދަ ވާޖް އަށް ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!