އެޕިކް ގޭމްސްގެ ސީއީއޯ ސްވީނީ: 'އެޕަލް ހުއްޓުވަން ޖެހޭ'

އިސްމާއިލް އަލީ 21 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މެޓަވާސް މެދުވެރިކޮށް އެޕަލް، އަލްފަބެޓް އަދި ގޫގަލްގެ ބާރުގެދަށުން ޑިވެލޮޕަރުންނަށް ސަލާމަތްވެވޭނެ މަގުފަހިވެފައިވާކަމަށް އެޕިކް ގޭމްސްގެ ޗީފް އެކްޒެކެޓިވް އޮފިސާ ޓިމް ސްވީނީ ހާމަކޮށްފިއެވެ. މީގެ އިތުރުން އޭނާ ފާހަގަކޮށްފައިވާ ގޮތުގައި މުސްތަގްބަލުގައި މެޓަވާސް ހުރިހާ ކުންފުނިތަކަކަށް ހުޅުވާލެވިގެންދާނެ ދުނިޔޭގެ އިގްތިސާދުގެ މަލްޓި ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށްވުމުގެ ފުރުސަތު އެބައޮތެވެ. ސްވީނީ މިކަން ހާމަކޮށްފައިވަނީ މޯބައިލް އެޕްލިކޭޝަން އިކޯސިސްޓަމް ފެއާނަސް އާއި ގުޅޭ ގޮތުން ދެކުނު ކޮރެއާގައި ބޭއްވި ކޮންފަރެންސްއެއްގައި ވާހަކަ ދައްކަމުންނެވެ. މިކޮންފަރެންސްގައި ވަނީ މޯބައިލް ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ޕޭމަންޓް ހޭންޑްލާޒް އިހްތިޔާރުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ގާނޫނެއް ފާސްކޮށްފައިއެވެ.

އެޕަލް އަދި ގޫގަލްގެ އުސޫލުތަކުގެ ސަބަބުން އެހެން ކުންފުނިތަކަށް މެޓަވާސް އުފެއްދުން މަނާވެއެވެ. އަދި މީގެ ސަބަބުން މި ދެކުންފުންޏަށް މެޓަވާސް ކޮންޓްރޯލްކޮށް އެއިން މާލީ މަންފާ ހޯދޭކަމަށާއި މި ކުންފުނިތަކަށް މިފަދަ ބާރުތަކެއް ދެވިގެން ނުވާނެކަމަށް ސްވީނީ ވަނީ ހާމަކޮށްފައިއެވެ.

ސްވީނީ ވަނީ މީގެ ކުރިންވެސް މިކުންފުނިތަކާއި ދެކޮޅަށް ވާހަކަދައްކާފައިއެވެ. އެގޮތުން އެޕިކް އާއި ސްޕޮޓިފައި ފަދަ ކުންފުނިތަކަކީ އެޕަލް އަދި ގޫގަލްއިން ނަގަމުންދާ ބޮޑެތި ފީތަކާއި ދެކޮޅަށް ވަކާލާތު ކުރަމުންދާ ކުންފުނިތަކެވެ. މި ކުންފުނިތަކުގެ އަމާޒަކީ ހުރިހާ ކުންފުނިތަކަށްވެސް ހުޅުވާލެވިފައިވާ މެޓަވާސްއެއް އުފެއްދުމެވެ. އެގޮތުން ސްވީނީ އާއި ފޭސްބުކްގެ މާކް ޒަކަބާގްވެސް ވަނީ މިކަމުގެ މުހިންމުކަމާއިމެދު ވާހަކަދައްކާފައިއެވެ.

މީގެ އިތުރުން ސްވީނީ ވަނީ އެޕަލްއިން ކޮރެއާގެ ގާނޫނުތަކަށް ބޯނުލަބައި އެޕަލްއިން އެހެން ބައެއް ގައުމުތަކަށް މީހުނަށް ފާރަލުމަށް އެހީތެރެވެދޭކަމަށް ތުހުމަތު ކޮށްފައިއެވެ. މީގެ އިތުރުން ސްވީނީ ވަނީ ކޮރެއާގެ ގާނޫހަދާ ފަރާތްތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިއެވެ. ސްވީނީ ގޫގަލް އާއި އެޕަލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު އެޕިކް އިންވަނީ އެޕަލް އަދި ގޫގަލްއާއި ދެކޮޅަށް އެމެރިކާގެ ފެޑެރަލް ކޯޓަކަށް މައްސަލަ ހުށަހަޅާފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.