ވެރިފިކޭޝަނަށް އިންސްޓާއިން ވީޑިއޯ ސެލްފީ ނަގަން ފަށައިފި

އަޙްމަދު އަޙްސަން 23 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފޭކް ޕްރޮފައިލްތަކާއި ސްޕޭމް އެކައުންޓްތަކަކީ އަބަދުވެސް ބޮލުގައި ރިހުމަކަށް ވެފައި ހުންނަ ކަންކަމެވެ. އިންސްޓަގްރާމްގެ ޕްލެޓްފޯމުގައި މިފަދަ ސްޕޭމް އެކައުންޓްތައް ލިމިޓް ކުރުމުގެ އާ ވިސްނުމެއްގައި، އިންސްޓަގްރާމް ބޭނުން ކުރާ ފަރާތްތަކުން މިހާރު ބޭނުން ކުރަނީ އެމީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ވީޑިއޯ ސެލްފީ އެކެވެ.

ބައެއް ޔޫޒަރުންގެ އެކައުންޓް ވެރިފައި ކުރުމަށް އެކި އޭންގަލްތަކުން ނަގާފައިވާ ވީޑިއޯ ސެލްފީއެއް ދިނުމަށް އިންސްޓަގްރާމް މެދުވެރިކޮށް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭބީސީ ނިއުސް އިން ބުނާ ގޮތުގައި ގިނަ ޔޫޒަރުންތަކެއް ވަނީ އެމީހުންގެ މިހާރުގެ އެކައުންޓްތައް ބެލުމަށް ވީޑިއޯ ސެލްފީއެއް ނަގަން އެދުނު ކަމަށް ބުނެފަ އެވެ.

ސޯޝަލް މީޑިއާ ކޮންސަލްޓަންޓް މެޓް ނަވާރަ އަށް ފެނިފައިވާ ގޮތުގައި އިންސްޓަގްރާމް އިން ވަނީ ޔޫޒާ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ވީޑިއޯ ސެލްފީ ބޭނުން ކުރަން ފަށާފަ އެވެ. އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓަ އިން ވަނީ ތިމާ އަޕްލޯޑް ކުރާ ވީޑިއޯ ސެލްފީތައް އިންސްޓަގްރާމްގައި ދުވަހަކު ވެސް ފެންނަން ނުހުންނާނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި ޑިލީޓް ކުރާނެ ކަމަށް ވައުދުވެފައެވެ. އަދި ބަޔޯމެޓްރިކް ޑޭޓާ އެއްނުކުރާނެ ކަމަށާއި އަދި އެކުންފުނީގެ ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުން ނުކުރާނެ ކަމަށް ވެސް އެލިޔުމުގައި ވެއެވެ. އިންސްޓަގްރާމް އިން އާ ޔޫޒަރުންނަށް އަންގަނީ ކުރު ސެލްފީ ވީޑިއޯ ކްލިޕެއް ޝޫޓް ކޮށްލާށެވެ.

ވީޑިއޯ ސެލްފީ ވެރިފިކޭޝަނަކީ އިންސްޓަގްރާމް އިން މިފަހަކަށް އައިސް ކުރަމުން އަންނަ ކަމެކެވެ. އިންސްޓަގްރާމް އިން މި ސެކިއުރިޓީ ޗެކް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ފެންމަތިވާން ފެށުމާއެކު އިންސްޓަގްރާމް ވަނީ އެކަން މަޑު ޖައްސާލައިފައެވެ. އެކަމަކު މިހާރު މި ފީޗާ ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭއިރު މައްސަލަތަކަށް ހައްލު ހޯދައިދީފައިވާކަން ފާހަގަކުރެވެއެވެ.

އިންސްޓަގްރާމަށް ވީޑިއޯ ސެލްފީ ވެރިފިކޭޝަން ބޭނުންވާނީ ހަމައެކަނި އަލަށް އުފައްދާ އެކައުންޓްތަކަށް އެކަނި ކަމަށް ބެލެވޭ، މިހާރު ހުރި އެކައުންޓްތަކުން މިހާތަނަށް އެމީހުންގެ އައިޑެންޓިޓީ ކަށަވަރު ކުރަން އުޅޭތަނެއް ނުފެނެއެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.