އައިފޯން ކެމެރާ ޓްރިކްގެ ސަބަބުން ސެލްފީތަކަށް ބަދަލު އައުން

އަޙްމަދު އަޙްސަން 24 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިފޯންގެ ފްރޮންޓް ކެމެރާ މިރަރ ކޮށްލައިގެން ތިމާގެ ސެލްފީތަކަށް ބަދަލު ގެނެވިދާނެއެވެ. މިކަން ކުރާނެގޮތް މިލިޔުމުގައި ކިޔާދެވޭނެއެވެ.

ސެލްފީއެއް މިރަރ ފްރަންޓް ކެމެރާ އޮން ކޮށްގެން (ކަނާތް ފަރާތުގައި) އަދި ސެލްފީއެއް ޑިފޯލްޓް މޯޑް ގައި (ވާތް ފަރާތުގައި)

އެޕަލްގެ އެންމެ ފަހުގެ އައިފޯން އޮޕަރޭޓިން ސިސްޓަމް، އައިއޯއެސް 15.1 މިހާރު ޑައުންލޯޑް ކުރެވޭއިރު، އައިއޯއެސް 15 އަޕްޑޭޓްގައި އައިފޯން 13 ޕްރޯ އަށް 'ޕްރޯރެސް' ފަދަ ފީޗާސްތަކާއި އައިފޯނުތަކަށް ކުއިކްޓޭކްގެ އަޕްގްރޭޑް ވާޝަންއެއް ގެނެސްދިނެވެ. އެކަމަކު އެ ކުޑަ ކެމެރާ ފީޗާގެ ސަބަބުން ސެލްފީގެ ބޭނުންތަކަށް އެންމެ ބޮޑު ބަދަލެއް ގެނެސްދިނީ 'މިރަރ ފްރަންޓް ކެމެރާ' ނަމަކަށް ކިޔާ ސެޓިންއަކުންނެވެ.

މިރަރ ފްރަންޓް ކެމެރާގެ އަކީ ކޮބާ؟

ފަހަރެއްގައި ތިމާގެ ކެމެރާ ޕްރިފަރެންސްތަކުގައި މި ސެޓިން ކުރިން ވެސް ހުރެގެން އެއީ ކޮން އެއްޗެއްތޯ ސުވާލުކޮށްލި ކަމަށް ވެސް ވެދާނެއެވެ. އޮންކޮށްފަ، ކުރިމަތީ ކެމެރާއަށް ބަދަލުކުރުމުން، އާންމު ގޮތެއްގައި ކެމެރާއިން ފެންނަ ގޮތަށް ފްލިޕް ކުރުމުގެ ބަދަލުގައި، އެއީ ތިމާގެ މިރަރ ފޮޓޯ ކަމަށް ބުނާ ފޮޓޯއެއް ސްނެޕް ކޮށްލާނެއެވެ. ބައެއް މީހުންނަށް މި މަންޒަރުތައް ފެންނާނީ ތިމާ ނަގާ ފޮޓޯ ވިއުފައިންޑަރގައި ތިމާއަށް ފެންނަ ފޮޓޯއާ އެއްގޮތް ނުވާތީއެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން، އެއީ ތިމާގެ ސެލްފީއަށް މާ ބޮޑު ބަދަލެއް ނުގެނެވިދާނެ އެއްޗަކަށް ވެސް ވެދާނެއެވެ. އެކަމަކު ބައެއް މީހުން ލޯގަޑުން ފެންނަ މޫނުގެ އެންމެ ދަންނަ ރިވާސްޑް ވާޝަން އަށް އިސްކަން ދީފާނެ އެވެ. އަދި ބައެއް މީހުންނަށް އެ ސެލްފީތައް ތަންކޮޅެއް ހިތްހަމަނުޖެހޭ ގޮތަކަށް ފެނިދާނެ އެއީ އެމީހުން ކުރިން ދެކެމުން އައި ގޮތުގެ ފްލިޕްޑް ވާޝަން އަކަށް ވާތީއެވެ.

އައިފޯނުގައި މިރަރ ފްރަންޓް ކެމެރާ ފީޗަރ ބޭނުންކުރާނެ ގޮތް

އައިއޯއެސް 14 އިންސްޓޯލް ކުރުމާއެކު، މިރަރ ފްރަންޓް ކެމެރާ ސެޓިން ޑިފޯލްޓްކޮށް ހުންނާނީ ޑިސޭބަލްކޮށެވެ. އޮން ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

ސެޓިންގްސް > ކެމެރާ އަށް ދާށެވެ. ކޮމްޕޮޒިޝަންގެ ދަށުން، މިރަރ ފްރަންޓް ކެމެރާ އޮންކޮށް، ޓޮގްލް ކޮށް. ކެމެރާ އެޕް އަށް އެނބުރި ގޮސް، އަމިއްލަ ނަފްސާ ކުރިމަތިލައިގެން ކެމެރާ ބަދަލުކޮށް ސެލްފީއެއް ސްނެޕް ކޮށްލާށެވެ. ސޭވްކޮށްފައިވާ ފޮޓޯ އިން ފެންނާނީ އާންމު ގޮތެއްގައި ހުންނަ ގޮތަށް ފްލިޕް ކުރުމުގެ ބަދަލުގައި ލޯގަނޑުން އަމިއްލަ އަށް ފެންނަ ގޮތަށް ހުންނަ ފޮޓޯއެވެ. ތިމާގެ ފްރޮންޓް ކެމެރާއިން ކެމެރާ ވިއުފައިންޑަރ އޮޓޮމެޓިކުން ފޮޓޯ މިރަރ ކުރާނެ، އެހެންކަމުން މި ސެޓިންގެ ސަބަބުން ހަމައެކަނި އަސަރުކުރަނީ ލައިބްރަރީއަށް ސޭވްކުރެވޭ ފޮޓޯއަށް އެކަންޏެވެ.


އާދައިގެ ސެލްފީއަކާއި މިރަރ ފްރަންޓް ކެމެރާއާއެކު ނަގާފައިވާ ސެލްފީއެއް


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.