ފޯނުގައިވާ އޮޓޯ ރޮޓޭޓް ވުމުގެ ފަންކްޝަނަކީ ފޮޓޯތަކާއި ވީޑިއޯތައް ލޭންޑްސްކޭޕް ކޮށް ބަލައިލަން ބޭނުންވާ ފަރާތްތަކަށް ނުހަނު ބޭނުންތެރި ސިފައެވެ. ނަމަވެސް މިކަން ތުރާލަކަށް ވެގެން ދާ ހިސާބަކީ އެނދުގައި އޮށޯވެގެން އޮންނަ ވަގުތުގައި، ތިމާ ބޭނުންނުވާ ވަގުތުގައި ސްކްރީން އެހެން ކޮޅަކަށް ޖެހޭ ހިސާބެވެ. ނަސީބު ރަނގަޅު ކަމުން، އެންޑްރޮއިޑް 12 އިން ވަނީ މި މައްސަލައަށް ޚާއްސަކޮށް އާ ފީޗާއެއް އުފައްދާފައެވެ.
މި ފީޗާއިން ފޭސް ޑިޓެކްޝަންގެ ބޭނުންކޮށްގެން ތިމާގެ މޫނު އިން ދިމާލެއް، ފޯނާއި ދިމާކޮށް ބަލާލާފައި ތިމާ މޫނު އިން ކޮޅަކަށް ސްކްރީން އޮރިއެންޓޭޝަން ލޮކް ކުރެވިގެން ދާނެއެވެ. ފޯނު އެކޮޅި ކޮޅަށް ޖެހުނު ކަމުގައި ވިޔަސް ހަމަ އެގޮތަށް ފޯނުގެ ސްކްރީންގެ އޮރިއެންޓޭޝަން އިންނާނެއެވެ. އެހެންކަމުން، ތިމާ ވެބް ޕޭޖެއް ކިޔަމުން ދާ ނަމަ، ނުވަތަ އެނދުގައި އޮވެ ފޮތެއް ކިޔަން އޮވެފައި ފުރޮޅިލާ ނަމަވެސް، ފޯނަށް ތިމާ ބަލަހައްޓައިގެން ހުރީ ސީދަލަށް ކަން ފޯނަށް ދެނެގަނެވޭނެއެވެ. އަދި ސްކްރީން އަނެއް ކޮޅަށް ނުޖެހޭނެއެވެ.
މި ފީޗަރ ބޭނުން ކުރުމަށްޓަކައި އެންމެ ފުރަތަމަ ސެޓިންގްސް އަށް ގޮސް ޑިސްޕްލޭ އަށް ދާނީއެވެ. އެއަށްފަހު "އޮޓޯ ރޮޓޭޓް-ސްކްރީން" އިން ދިމާލަށް އޮބާލާށެވެ. މި ބައިގެ ސަބް މެނިއުގައި އެއްކޮށް އޮޓޯ ރޮޓޭޓް ކަނޑާލެވޭނެ އޮޕްޝަނެއް އިންނާނެއެވެ. އަދި އެއާއެކު ފޭސް ޑިޓެކްޝަންގެ ބޭނުން ކުރެވޭނެ ބައެއްވެސް އިންނާނެއެވެ. އެ ދެ ބައި ވެސް ޖައްސާފައި އިންކަން ޔަގީންކުރަން ވާނެއެވެ.
މިހާރު ތިމާގެ ފޯނު އެއް ކޮޅަށް ޖެހޭ އިރު އޮޓޯ ރޮޓޭޓް ކުރި ކަމުގައި ވިޔަސް، ތިމާ އޮށޯވެގެން އޮންނަ ވަގުތުގައި ފޯނު އެކޮޅު ކޮޅަށް ޖެހުނު ކަމުގައި ވިޔަސް ފޯނަށް އެކަން ދެނެގަނެވި ރަނގަޅަށް ސްކްރީން ފެންނާނެއެވެ.
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.