ފޯން ޗާޖުކުރުމުގައި އެޕަލްއަށްވުރެ އެންޑްރޮއިޑް މާކުރީގައި

ޙުސައިން ދީމް މުޙައްމަދު 26 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިފޯން އަދި އެންޑްރޮއިޑް ޑިވައިސްތަކާއި މެދު ކުރެވޭ ޒުވާބަކީ އާކަމެއް ނޫނެވެ. ގިނަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަ ގޮތުގައި އައިފޯނަކީ، އެންޑްރޮއިޑް ޑިވައިސްތަކަށްވުރެ މާކުރީގައި އުޅޭ ޑިވައިސްއެކެވެ. އެހެންނަމަވެސް، ތެދު ހަޤީޤަތަށް ބަލާނަމަ، ސެމްސަންގް އަދި ގޫގަލްފަދަ އެންޑްރޮއިޑްގެ ފޯންތަކަކީ، ހަމަ އައިފޯނެކޭ ދާދި އެއްފަންތިއެއްގެ އުފެއްދުންތަކެކެވެ. އެންޑްރޮއިޑަށްވުރެ ގިނަ ކަންކަމުގައު ކުރީގައި އުޅޭ އެޕަލްގެ ފޯންތަައް އުޅުނު ނަމަވެސް، ފޯންޗާޖުކުރުމުގައި އައިފޯން އުޅެނީ މާފަހަތުގައެވެ.

އައިފޯނާއެކު އެންމެ ފުރަތަމަ ލިބެމުންދިޔައީ 5 ވޮޓުގެ އެޑެޕްތަރެކެވެ. ފަހުން އައިސް 18 ވޮޓަށް އެޕަލްގެ އެޑެޕްޓަރުތައްވަނީ ބަދަލުކޮށްފައެވެ. އާއްމުގޮތެއްގައި 18 ވޮޓުގެ އެޑެޕްޓަރުތަކުން ބައިގަޑިއިރުތެރޭ 50% ޗާޖުކުރެވޭނެއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ ބަހަނާގައި އެޕަލްއިން މިހާރު ފޯނާއިއެކު އެޑެޕްޓަރެއްވެސް ނުދެއެވެ. އެހެންމަމަވެސް އެޕަލްގެ ރީސެލަރތަކުން 15 ވޮޓާއި، 20 ވޮޓާއި، 30ވޮޓުގެ އެޑެޕްޓަރުތައް ވަކިން ވިއްކައެވެ. އެޕަލްއާއި ޚިލާފަށް ޗާޖިންގް ޑިވައިސްތަކުގައި އެންޑްރޮއިޑް އުޅެނީ މާކުރީގައެވެ. އެންޑްރޮއިޑުގެ އެޑެޕްޓަރުތަކުން އެޕަލްގެ އެޑެޕްޓަރުތަކަށްވުރެ ދެގުނަ އަވަހަށް ޗާޖުކުރެވެއެވެ. ކުރިއަށް އޮތްތާ އެންޑްރޮއިޑްއިން ނެރޭ އެޑެޕްޓަރުތަކުގައި 125ވޮޓުގެ ޕަވަރ ބޭނުންކުރާނެކަމަށްވެސް އެބަ ވާހަކަދެކެވެއެވެ. މިގޮތުން އެންޑްރޮއިޑް ފޯނެއްކަމުގައިވާ ޝޯމީގެ އާފޯނުގައި 15 މިނެޓުތެރޭ ފުލްޗާޖުކޮށްދޭ 200ވޮޓުގެ އެޑެޕްޓަރެއް ހިމެނޭކަމަށް ބުނެވެއެވެ. އެހެންނަމަވެސް މިކަހަލަ ޕަވަރު މަތި އެޑެޕްޓަރުތައް ބޭނުންކުރުމަކީ ފޯނުގެ ބެޓަރީ އަވަހަށް ހަލާކުވުމުގެ އެއް އަސްލެވެ.

ފޯންޗާޖުކުރުމުގައި އެންޑްރޮއިޑުން މާކުރީގައި އުޅުނެއްކަމަކު، އެޕަލްއަކުން އެކަމަކަށް ފަރުވާލެއްނެތެވެ. އެޕަލް ކުުންފުނީގެ ހާސިލް މުރާދަކީ، ކޮންމެހެން އެންޑްރޮއިޑުގެ ކޮންމެ އުފެއްދުމަކަށް ވިއްދާފަ ޕްރޮޑަކްޓެއް އުފެއްދުމެއްނޫނެވެ. ނުވަތަ ފޯނުގެ ވަކިވަކި ފީޗާތަކުގައި އެންޑްރޮއިޑާއެކު ވާދަކުރުމެއްވެސް ނޫނެވެ. އެޕަލްގެ މަޤްސަދަކީ، މޯބައިލްފޯނުގެ ދުނިޔޭގައި އެންމެ މޮޅު މަރުކާގެ ގޮތުގައި އޮތުމެވެ. މިމަޤްޞަދު އެޕަލްއިން އެބަ ހާސިލްކުރެއެވެ. އެޕަލްފޯން ބޭނުންކުރާ ގިނަ ފަރާތްތަކަށްވެސް އެޕަލްގެ ޗާގިންގް ދުވެލި ކަމުދެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.