ޕީސީ ގޭމް ކުޅޭ ފަރާތްތަކަށް ބޭނުންވާ ފްރީ ސޮފްޓްވެއަރ

އަޙްމަދު އަޙްސަން 26 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޭމިންގް ޕީސީ އަކީ ތަފާތު ގޭމް ކުޅުމަށާއި، މުނިފޫހިފިލުވުމާއި ތަފާތު ތަޖުރިބާ ކޮށްލުމަށާއި އަދި ހިތްގައިމު ބޭނުންތަރި ޔޫޓިލިޓީ ސޮފްޓްވެއާއިން ފުރިގެންވާގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ގިނަ ފަހަރުތަކުގައި ވަރަށް ގިނަ ބޭނުމެއްނެތް ޔޫޓިލިޓީޒް ވެސް އެބަހުރިއެވެ. އިންޓެންސް ގޭމިން ސެޝަންތަކުގައި ހުރިހާ ވައްތަރެއްގެ އާލާތްތަކާ އެކު އަހަރުތަކެއް ވަންދެން ތަޖްރިބާކުރުމަށް ފަހު، ޕީސީ ގޭމަރސް އަށް އެންމެ ރަނގަޅު ސައިޑްކިކް ޔޫޓިލިޓީސް ތައް ވަނީ ދެނެގަނެފައެވެ. މި ލިޔުމުގައި ހިމަނާލާނީ ޕީސީ ގޭމް ކުޅޭ ފަރާތްތަކަށް ބޭނުންވާ ފްރީ ޔޫޓިލިޓީ ސޮފްޓްވެއާ އާއި ބެހޭ މަޢުލޫމާތެވެ.

އޮންލައިން ސެޝަންތަކަށް ތަންކޮޅެއް ގިނައިން ފަޔަރޕަވަރ ގެންނަން ޖެހިއްޖެނަމަ، ގޭމް ކުޅުމަށް އެންމެ ރަނގަޅު ސީ.ޕީ.ޔޫ ތަކުގެ ރައުންޑް އަޕްސް އަދި އެންމެ މޮޅު ގްރެފިކްސް ކާޑުތައް ވެސް ބައްލަވައިލައްވާށެވެ.

އެމްއެސްއައި އާފްޓަރބަރނަރ

އެންމެ ފުރަތަމަ ބޭސިކްސް އިން ފަށައިގަންނަމާ ހިނގާށެވެ. ގޭމް ހާޑްވެއާ ޕާފޯމަންސް ބަދަލުކޮށް މޮނިޓާ ކުރެވޭގޮތަށް ހަދަމާހިނގާށެވެ. އެމްއެސްއައި އާފްޓަރބަރނަރ އަކީ އެންވީޑިއާ އަދި އޭ.އެމް.ޑީ ގްރެފިކްސް ކާޑާއެކު މަސައްކަތް ކުރާ ހިލޭ ޔޫޓިލިޓީ އެއްގެ އިތުރުން، މި ޔޫޓިލިޓީ މެދުވެރިކޮށް ހާޑްވެއަރ އަށް ބޭނުންވާ މުހިންމު ތަފާތު ޓެބްތައް ބެހެއްޓޭނެއެވެ.

އާފްޓަރބަރނަރ އިން ތިމާގެ ޖީ.ޕީ.ޔޫ ކްލޮކް ސްޕީޑާއި، ޓެމްޕަރޭޗަރ، ފޭން ސްޕީޑް، އަދި އިން-ގޭމް ގައި ލިބޭ ކޮންމެ ސިކުންތަކު ކިތައް ފްރޭމް ކަންވެސް ފެންނާނެއެވެ. އޮން-ސްކްރީނުން ދައްކާލަން ފަސޭހަކަމާ އެކު ކޮންފިގަރ ކޮށްލެވިދާނެއެވެ. އޭގެ ސަބަބުން އޯވަރކްލޮކް، ޕަވަރ ލިމިޓްވެސް އެޑްޖަސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމްއެސްއައި އާފްޓަރބަރނަރ އަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ތިމާ ޓްވިކް ކުރާ ގްރެފިކްސް ސެޓިންގްސް އަށް ރިއާޔަތްކޮށް ޕާފޯމަންސް ބަދަލުތައް މޮނިޓާ ކުރެވޭނެއެވެ. ތަރމަލް ރީޑިންގއަށް ބެލުމަށްފަހު ފިނި ހޫނުމިން ބަދަލުކުރުމަށް އެއަރފްލޯ އެޖަސްޓްމަންޓްވެސް ހެދޭނެއެވެ. އެފިޝަންސީ ރަނގަޅު ކުރުމަށް ކަސްޓަމް އެޖަސްޓް ޕަވަރ އަދި ޖީޕީޔޫ ގަޑިތައް އެޖަސްޓް ކުރެވިދާނެއެވެ. ރިގް ޓެސްޓް ކުރުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މި ބެންޗްމާރކިންގ އާޓިކަލް ބައްލަވައިލައްވާށެވެ.

ޑިސްކޯރޑް

އޮންލައިންކޮށް ކުޅޭ ގޭމަރސް އަށް ކޮމިއުނިކޭޝަން ވަރަށް މުހިއްމު، އެއީ ޓީމް ގޭމްސް ކަމުގައި ވިޔަސް ނުވަތަ ވާދަވެރި ސޯލޯ މެޗްތައް ކަމުގައި ވިޔަސްއެވެ. ޑިސްކޯރޑް އަކީ އަޑު، ޓެކްސްޓް، އަދި ވީޑިއޯ ޗެޓްގެ އެންމެ ފަހުގެ ކުރިއެރުމަށް ތިމާގެ ގޭމިން އެކްސްޕީރިއަންސް އިތުރުކުރާ ކަމެކެވެ. ކޯލް އޮފް ޑިއުޓީގައި ތިމާގެ ޓީމުގެ މެމްބަރުންނާއި މުއާމަލާތް ކުރަން ޖެހޭތަ؟ ގިނަ ރަހުމަތްތެރިންގެ މެދުގައި މުބާރާތެއް ރާވާނީ ކިހިނެއް؟ ޑިސްކޯރޑް އަކީ، ތިމާއަށް އެކަން ކުރުމަށް ޖާގަ ދޭނެ، އަދި އެއަށްވުރެ މާގިނަ ކަންތައްތައް ވެސް ކުރެވޭ މީސް މީޑިއާގެ ވަސީލަތެކެވެ.

އެހިސާބުން އެކަން ނުހުއްޓެއެވެ. ހާޑްވެއަރ އަޕްޑޭޓްކުރާ ޑިސްކޯޑް ޗެނަލްތައް އެބަހުރިއެވެ. ޕީސީ ބިލްޑަރުންގެ ތެރެއިން ގިނަ ބަޔަކަށް މިފަދަ މުޖުތަމައެއް އޮންނަ އިރު، އެ މުޖުތަމައެއް ބޭނުންކުރާ ފަރާތްތަކަށް ތަޖުރިބާ ހިއްސާކޮށް، ވަގުތު ސަލާމަތްވެ، އަދި ހާޑްވެއާ އެޑްވައިސް ހިއްސާ ކުރެވޭނެއެވެ. ރީސްޓޮކް ކުރާއިރު އާ ޖީޕީޔޫ ފަދަ ހާޑްވެއާގެ ތަފާތު ވައްތަރެއް ހޯދަން އެހީވެދޭ ގޮތަށް ފަރުމާކޮށްފައިވާ ޗެނަލްތައް ވެސް އެބަހުރިއެވެ.

ޑިސްކޯރޑް އަކީ ޓްރެޑިޝަނަލް ސޯޝަލް މީޑިއާ އެޕްތަކާ އަޅާބަލާއިރު ތަންކޮޅެއް ބުރަ މަސައްކަތަކުން އުނގެނުމުގެ ވައްޓަފާޅި އެއް އޮންނަ އެއްޗެއް ނަމަވެސް، އެކި މުޖުތަމައުތަކާއި ޗެޓް ރޫމްތައް މެދުވެރިކޮށް ނެވިގޭޓް ކުރަން ފަސޭހަވުމުން މިއީ ވަރަށް ފަސޭހަ އަދި ބޭނުންތެރި ވަސީލަތެކެވެ. އަލަށް ފަށާ ފަރާތްތަކަށް މި ބޭސިކް ޑިސްކޯރޑް ގައިޑް އެހީގައި ކުރިއަށް ދެވިދާނެއެވެ.

ސްޓީމް

އާންމު ގޮތެއްގައި ގޭމްކުޅޭ ފަރާތްތަކުން ފުރަތަމަ އިންސްޓޯލް ކުރާ ސޮފްޓްވެއަރ އަކީ ކޮބާ؟ ރަނގަޅަށް ތިޔަ ހީކުރެއްވީ! އެއީ ސްޓީމް، ތިމާގެ ގޭމްތައް ގަނެ ރައްކާކުރުމަށް ބޮޑު އޮންލައިން ލައިބްރަރީއެކެވެ. މިކަހަލަ އެހެން އޮންލައިން ފިހާރަތައް ވެސް ހުރޭ ނަމަވެސް ސްޓީމް އަކީ އެންމެ ފުޅާ އަދި ގޭމަރސް އެންމެ ހިތްހަމަޖެހޭ ފިހާރައެވެ.

ސްޓީމް އިން އެންމެ ފަހުގެ ޓައިޓްލްތައް ފެނި، ލައިބްރަރީ އަޕްޑޭޓްކޮށް ބަލަހައްޓާނެއެވެ. އެންމެ ރަނގަޅު ތަންކޮޅަކީ، ބޭނުންކުރަން ފަސޭހަވުމާއި، އެއްތަނަކުން ރަހުމަތްތެރިންނާއި އެކު ގޭމްތައް ބޭނުންކުރުން އަދި ކޮންސޮލިޑޭޓް ކުރުމެވެ. އަދި އޭގައި ވަރަށް ދުވަސްވީ ގޭމް ލައިބްރަރީއެއް ވެސް ހުންނަ އިރު، ދެން ކުޅޭނެ ގޭމަކާ ބެހޭގޮތުން ޑެސިޝަނެއް ނަގަން އެހީތެރިވެދިނުމުގެ ގޮތުން ޔޫޒާ ފީޑްބެކް ވެސް ހުރެއެވެ.

ވިންޑައިއަރސްޓެޓް

އަޅުގަނޑުމެން އެންމެން އެތަނަށް އައިސް މިތިބީ، ސްޓީމް ހުޅުވައިގެން އެންމެފަހުގެ ގޭމް ޑައުންލޯޑް ކުރަން ތައްޔާރު ވެގެންނެވެ.

މައްސަލަ: އެއީ ވަރަށް ބޮޑު ފައިލެއް، ރިގް ރަންކުރަނީ ވަރަށް ދަށްކޮށް އަދި ރިގް ސްޕޭސް އަންނަނީ މަދުވަމުންނެވެ.

ހައްލު: ވިންޑައިއަރސްޓެޓް، ހިލޭ ބޭނުން ކުރެވޭ ޔޫޓިލިޓީއެއް، ޕީސީގައި ހުންނަ ޖާގަ ސާފުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ހަމައެކަނި ސޮފްޓްވެއަރއެއް އަންއިންސްޓޯލް ކުރުމަކުން ގިނަފަހަރަށް ނުފުދެއެވެ.

ވިންޑައިއަރސްޓެޓް އާއެކު، ކުރީގެ އިންސްޓޯލްތަކުގެ ސަބަބުން އެހެނިހެން ސްޕޭސް ފައިލްތަކުގެ ބާކީ ހުރި ބައިތައް ސާފުކޮށް، އެންމެ ފަހުގެ ބޮޑެތި ގޭމް ޑައުންލޯޑްތަކަށް އިތުރު ޖާގައެއް ދެވިދާނެއެވެ. އަދި އޭގެ ސަބަބުން ވިޝުއަލް އިންޑިކޭޓަރސްތަކާއި، ތިމާގެ ސްޓޯރޭޖް ސިޗުއޭޝަންގެ ޓްރީ މެޕެއް ވެސް ދައްކުވައިދޭނެއެވެ.

އޯ.ބީ.އެސް ސްޓޫޑިއޯ

އޯ.ބީ.އެސް ސްޓޫޑިއޯ އަކީ ވަރަށް ހިތްގައިމު، ހިލޭ ސްކްރީން ރެކޯޑަރ ބޭނުންކުރުމުގެ ފުރުސަތު ލިބޭ، ގޭމާރސް އަދި ސްޓްރީމްކުރާ ފަރާތްތަކަށް ވެސް ނުހަނު އަގުހުރި އެއްޗެކެވެ. ތިމާގެ ގޭމް ޕާފޯމަންސް ވީޑިއޯކޮށް ހިއްސާކުރަން ބޭނުންތަ؟ އޯ.ބީ.އެސް.އިން އެކަން ކުރެވޭނެއެވެ. ގޭމާރސް އަށް ވަރަށްގިނަ އޮޕްޝަންތަކެއް ދޭނެ އަދި ލައިވް ސްޓްރީމް ވެސް ކުރެވިދާނެއެވެ.

އޯ.ބީ.އެސް ސްޓޫޑިއޯގައި ޑިސްކޯޑްގެ ޑީޕް ކޮމިއުނިޓީ ސްޓްރަކްޗަރ އާއި ފީޗަރސް ނެތްއިރު، ސްކްރީން ރިކޯޑިންގ މޮޅު ނަމަވެސް، އޭގައި ވިންޑޯސް ނުވަތަ ތިމާގެ ގްރެފިކްސް ކާޑުގެ ސޮފްޓްވެއަރގައި ހަދާފައިވާ ރިކޯޑިންގ ޓޫލްތަކަށްވުރެ ފުރިހަމަ ގޮތެއް ހުރެއެވެ.

އެންވީޑިއާ ޖީފޯސް އެކްސްޕީރިއަންސް އަދި އޭއެމްޑީ ރޭޑިއޮން ސޮފްޓްވެއަރ

އެންވީޑިއާ އާއި އޭއެމްޑީގެ ޔޫޓިލިޓީސް މަތިން ހަނދާން ނައްތާނުލައްވާ! އޭގެން ހަމައެނަކި އެންމެ ފަހުގެ ޑްރައިވަރ އަޕްޑޭޓްތައް އަތުރާލުމުގެ ފުރުސަތު ދެނީކީ ނޫނެވެ. އެއީ ވެސް ބޭނުންތެރި ފީޗާސްތަކުން ފުރިފައިވާ ޔޫޓިލިޓީތަކެކެވެ. އެންވީޑިއާ ޖީފޯސް އެކްސްޕީރިއަންސް ނުވަތަ އޭއެމްޑީ ރޭޑިއޮން ސޮފްޓްވެއާ އާއެކު ގްރެފިކްސް ކާޑު އޮޓަމެޓިކުން އޯވަރކްލޮކް ކޮށް، ގޭމް ސެޓިންވެސް އޮޕްޓިމައިޒް ކޮށްލެވޭނެއެވެ.

މީގެ އިތުރުން ކޮންމެ ގޭމަކަށް ވެސް އާފްޓަރބަރނަރ ހާރޑްވެއަރ މޮނިޓަރިންގ ޓޫލްސް ލިބޭއިރު، ރޭޑިއޮން ސޮފްޓްވެއަރ އިން ކޮންމެ ގޭމެއްގައި ވެސް ކުޅެވޭ ޖުމްލަ ގަޑިތައް ޓްރެކް ކުރެވޭނެއެވެ.

ރިޝޭޑް

ރިޝޭޑް އަކީ ގޭމްތަކުގައި ގްރެފިކްސް އާއި ޕޯސްޓް ޕްރޮސެސިން ކަސްޓަމައިޒް ކުރުމުގެ ތެރެއަށް ފުންކޮށް ވައްދަދޭ ފްރީ ޔޫޓިލިޓީ އެކެވެ. ސޯޝަލް މީޑިއާގައި އާންމުކޮށް ޝެއާކުރާ ގޭމް ސްކްރީންޝޮޓްތައް އެނގޭތަ؟ ރެޝާޑަކީ 'ކްރޮސިއަރ' އިން ތައްޔާރުކޮށްފައިވާ ގޭމްތަކާއި ވީޑިއޯ ސޮފްޓްވެއަރތަކަށް ޖެނެރިކް ޕޯސްޓް ޕްރޮސެސިންގ އިންޖެކްޓަރެކެވެ. ރިޝޭޑް އިން ފްރޭމް ކުލަ އާއި ޑެޕްތު އިންފޮމޭޝަން ދެބަޔަކަށް އެކްސެސް ވެވޭނެ އޮޓޮމޭޓެޑް އަދި ޖެނެރިކް މަގެއް އަދި އެކަން ކުރުމަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ލެބޭ ޔޫޓިލިޓީ އެކެވެ.

ރެޝާޑޭއަކީ ރޮކެޓް ސައިންސެއް ނޫން، އެކަމަކު އެއީ ވެސް ހުރިހާ ޔޫޒަރުންނަށް ހާއްސަ އެއްޗެއް ވެސް ނޫންނެވެ. މިހާރު އަތުގައި ހުރި ހާޑްވެއާތަކާ އެކު ރަނގަޅު ޕާފޯމަންސެއް ފެންނަ ގޭމެއް ހޯދަން އުޅޭ މީހުންނަށް އެއީ ވަރަށް މުހިންމު ޔުޓިލިޓީއެކެވެ.

މަތީގައި ލިސްޓް ކުރެވިފައިވާ ތަފާތު ޔުޓިލިޓީތަކާއިއެކު ގޭމިންގް އެކްސްޕީރިއަންސް އިތުރަށް ފުރިހަމަވެގެންދާނެ ކަން ޔަގީނެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.