ޔޫޑަބްލިއު ދަރިވަރުން އުފެއްދި ކޮރޯނާ ވައިރަސް ޕިއުރިފަޔަރ

ޢާއިޝަތު ޝައިހާ 30 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މި ޙަރީފުގެ މޫސުމުގައި، ކޮރޯނާ ވައިރަހުގެ ކަންބޮޑުވުން އަދިވެސް އެބަ އޮތެވެ. އަދި މުޅި އައު އޮމިކްރޯން ވޭރިއަންޓް އާއި އެކު ކަންބޮޑުވުން އިތުރުވެގެން ގޮސްފައިވެއެވެ. އާންމުގޮތެއްގައި ވައި ތަޣައްޔަރު ވުމާއި ބޭރުކުރުމުގެ ތަހުލީލުތަކައިގެން އުޅޭ ޔޫޑަބްލިއު ގެ ދަރިވަރުންގެ އަމާޒު މި ދަނޑިވަޅުގައި ވެސް ހުރީ ވައިގެ ސަބަބުން ސިއްހަތަށް ނުރައްކާތެރިކަން ލިއްބައިދޭ އެހެން ކަމަކަށް އަމާޒު އަނބުރާލާފައެވެ. އެއީ ކޮރޯނާ ވައިރަސް އޭރޯސަލްސް އެވެ.

ވައި ތަޣައްޔަރުވުމާއި ބެހޭ މާހިރެއް، އަދި ޔޫޑަބްލިއުގެ ސިވިލް އެން އެންވަރަމެންޓަލް އިންޖިނިއަރިންގ ގެ ޕްރޮފެސަރެއް ކަމަށްވާ ޖޫލިއެން މާޝަލް، ދަނީ އަމިއްލައަށް އުފެއްދިދާނެ، ހަރަދު ކުޑަ ވައި ސާފުކުރާ ޕިއުރިފަޔަރ އެއް ހަދައި އެ ޓެސްޓް ކުރަމުންނެވެ. އޭގެ ފަރުމާގައި ބޭނުންކުރެވިފައިވާ މާވް ފިލްޓަރ އިން އާދައިގެ ނުސާފުކަމާއި އެކު ބަލިފަތުރާ ވައިރަސްވެސް ސާފުކޮށްދެއެވެ. އެހެންކަމުން، މި ޕިއުރިފަޔަރ، ކޮވިޑް-19 ފެތުރުމުގެ ހިރާސް ކުޑަކޮށްދޭނެއެވެ.

މިފަދައިން ގޭގައި ތައްޔާރުކޮށްލެވޭ ޕިއުރިފަޔަރ ތައް މިހާރުވެސް ވަނީ، ވައިގެ ތެރޭގައި ދައުރުވާ ވައިލްޑްފަޔަރ ދުމުގައި ހުންނަ ބައިތައް ނައްތާލުމަށް ކާމިޔާބު ކަމާއި އެކު ބޭނުންކޮށްފައެވެ.

މި ކުލާސް ޕްރޮޖެކްޓުގެ ތެރެއިން، ދަރިވަރުން ދަނީ، ޕިއުރިފަޔަރ ގެ އެކި ކޮންފިގަރޭޝަންތައް ފަރުމާކޮށް، މަސައްކަތް ކުރަމުން ދާ މިންވަރު ޓެސްޓު ކުރަމުންނެވެ. އެންމެ ފުރަތަމަ ދަރިވަރުން ހަދާފައި ވަނީ "ވަން ފޭން، ވަން ފިލްޓަރ" ޑިވައިސެކެވެ. ދެން އުފައްދާފައި ވަނީ، ތިނެސްކަނަށް ނުވަތަ ތިން ޑައިމެންޝަނުގެ ފޮށްޓެއްގެ ބައްޓަމަށް ފައްތާފައިވާ، އޭގައި 5-2 ފިލްޓަރ ހިމެނޭ، ކުރިން ބުނެވިދިޔަ ފިލްޓަރަށްވުރެ ބޮޑު ފިލްޓަރެކެވެ. ދަރިވަރުން ޓެސްޓްކުރާ ކަންތައްތަކުގެ ތެރޭގައި، ފިލްޓަރ އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ފަންކާ ވައި އެތެރެއަށް ދަމާލުމުން ތޯ ނުވަތަ ވައި ބޭރަށް ފޯނުވައިގެން ތޯ ބެލުން، ޕިއުރިފަޔަރ ތަކުގެ އަޑުބާރު މިންވަރު ބެލުމުގެ އިތުރުން، ޕާޓިކަލްތައް ވައިގެ ތެރެއިން ނައްތާލެވެނީ ކިހާ މިންވަރަކަށްތޯ ވެސް ބަލާ ހަދައެވެ.



ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.