ޕްލޭސްޓޯގައި ޔޫސަރުންގެ ބޭންކު އިންފޯ ވަގަށްނަގާ އެޕްތަކެއް

ޙުސައިން ދީމް މުޙައްމަދު 04 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް ޕްލޭސްޓޯރގައި ޑައުންލޯޑްކުރެވެން ހުރި އެޕްތަކަކުން، އެއެޕްތަކުގެ ޔޫސަރުންގެ ބޭންކް މައުލޫމަތު ވަގަށް ނަގާފައިވާކަމަށް ޚަބަރުތަކުގައި ރިޕޯޓުކުރެވެން ފަށައިފިއެވެ. އާދައިގެ އެޕްތަކެއްގެ ސިފައިގައި ގޫގަލް ޕްލޭސްޓޯއިން ފެންނަން ހުރި މިއެޕްތައް 300،000 އެއްހާ ފަރާތަކުން މިހާރުވެސް ޑައުންލޯޑްކޮށްފައިވާއިރު، އެ އެޕްތައް މެދުވެރިކޮށްވަނީ، ޔޫސަރުންގެ ޕާސްވޯޑްތަކާއި، ޓޫފެކްޓާ އޮތެންޓިފިކޭޝަން ކޯޑްތައް ހޯދައި ސްކްރީންޝޮޓްވެސް ނަގާފައެވެ.

މިއެޕްތަކަކީ ކިޔުއާރު އަދި ޕީޑީއެފް ސްކޭނަރުތަކުގެ އިތުރުން ބިޓްކޮއިންފަދަ ކްރިޕްޓޮކަރެންސީ ވޮލެޓްފަދަ އެޕްތަކެއް ކަމަށް ދައްކާއިގެން ހިންގަމުން އައި އެންޑްރޮއިޑް މެލްވެއާ ފެމިލީތަކެކެވެ. މިއެޕްތައް ދައުރުވަމުންދާތާ މިހާރު 4މަސްވަރު ވެދާނެކަމަށް ރިޕޯޓުކުރެވެއެވެ.

މިޒާތުގެ މަކަރުވެރި އެޕްތައް ޕްލޭސްޓޯގެ ތެރޭގައި ފެންނަލެއް އިތުރުވާތީ ގޫގަލްއިންދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، އޮޓޯއިން އެޕްތައް ޑައުންލޯޑްވުން ހުއްޓުވުމުގެ ގޮތުން، އެކްސެސިބިލިޓީ ސާވިސް، ހަމައެކަނި ލޯފަން ފަރާތްތަކަށް ޚާއްޞަ ޑިވައިސްތަކަށްވަނީ ރެސްޓްރިކްޓްކޮށްފައެވެ.

ގޫގަލްއިން ހާމަކުރާގޮތުގައި މިކަހަލަ އެޕްތައް ދެނެގަންނަން އުނދަގޫވަނީ އޭގެ ކަވަރޭޖް ކުޑަވީމައެވެ. ގިނަފަހަރު މިކަހަލަ އެޕްތައް ވުޖޫދަށް އަންނަނީ އާދައިގެ އެޕެއްގެ ސިފައިގައެވެ. ޔޫސަރުން އެ އެޕް އެޅީމާ، އަޕްޑޭޓްތަކާއި އިތުރު ފީޗާތައް ތާޑްޕާޓީ ސޯސްތަކުން އަޅުވަނީއެވެ. އެޕްމެދުވެރިކޮށް ފޯން މެލްވެއާކުރަނީ އެހެންނެވެ. އެހެންކަމުން މެލްވެއާހުރިތޯ ފާސްކުރަން ބޭނުންކުރާ ވައިރަސްޓޯޓަލްފަދަ ސިސްޓަމްތަކަކުން ފުރަތަމަކޮޅު މިއެޕްތަކެއް ވަކިނުކުރެވެއެވެ. މިއެޕްތައް އުފައްދާ މެލްވެއާކުރާ ފަރާތްތަކުން އަމަލުތައް ބަހައްޓަނީ ވަރަށް ފަރުވާތެރިކޮށެވެ. ބައެއްފަހަރު މިއެޕްތަކުން ފޯންތައް މެލްވެއާކުރީ ލޮކޭޝަން ބަލާފައި، ވަކި ސަރަހައްދުތަކެއްގައި އުޅެނިކޮށެވެ. މިހެންވީމާވެސް އެއެޕްތައް ދެނެގަތުން އުނދަގޫވެއެވެ. އެންމެ ގިނައިން މިއެޕްތައް އުފައްދާފައިވަނީ އަނަސްޓާ ކިޔުނު މެލްވެއާ ގުރޫޕަކުންނެވެ. މި މެލްވެއާ ފެމިލީގެ އެހީގައި މަދު ސިކުންތުކޮޅެއްގެތެރޭގައި ޔޫސަރުންގެ ބޭންކު އެކައުންޓުތަށް ދޮވެލައެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.