އެޕަލް އެޕް ސްޓޯ 2021 ގެ ތަރިން

ޝުޖާޢަތު ރަޝީދު 05 ޑިސެމްބަރު 2021

އެޕަލްއިން 2021 ގެ އެޕް ސްޓޯ އެވޯޑް ލިބުނު ފަރާތްތައް 2 ޑިސެމްބަރުގައި ހާމަކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް އެޕަލްއިން އެޕް ސްޓޯއިން ވަނަ ލިބޭ ފަރާތްތައް ހާމަކުރެއެވެ. މިވަނަތަކުގެ ތެރޭގައި ހިމެނެނީ އެންމެ މޮޅު އެޕްތަކެވެ.

މި އެޕްތަކަކީ އެޕަލްގެ ހުރިހާ ޑިވައިސްތަކެއްގައި ބޭނުންކުރުމަށް ޑެވެލޮޕްކުރެވިފައިވާ އެޕްތަކެވެ.

ކުޑަކުދިންގެ އެޕް ޑެވެލޮޕްކުރާ މަޝްހޫރު ޓޮކާ ބޮކާ މިފަހަރު އެންމެ މޮޅު އެޕަލް އައިފޯނު އެޕްގެ މަގާމުވަނީ ހޯދާފައެވެ. ޓޮކާ ބޮކާއިން މި މަގާމު ހޯދާފައިވަނީ "ޓޮކާ ލައިފް ވޯލްޑް" ގޭމަށެވެ.

މިއީ އުމުރުން 4 އަހަރުން މައްޗަށް ކުޅެވޭ ގޭމެއް ގޮތުގައި ރޭޓްކޮށްފައިވާ، ހިލޭ ކުޅެލުމަށް އިންސްޓޯލްކޮށްލެވޭ ގޭމެކެވެ.

ރަޔަޓް ގޭމްސްގެ "ލީގްއޮފް ލެޖެންޑްސް: ވައިލްޑް ރިފްޓް" ގޭމް މިއަހަރުގެ އެންމެ މޮޅު ގޭމްގެ މަގާމު ހޯދާފައިވެއެވެ. މިގޭމަކީ 12 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ކުޅެވޭނެކަމަށް ރޭޓްކޮށްފައިވާ ގޭމެކެވެ.

އެހެން ވަނަތައް ލިބުނު އެޕްތަކުގެ ތެރޭގައި ހިމެނެނީ:

މިއަހަރުގެ އެންމެ މޮޅު އަދި ކަމުދާ އައިޕެޑް އެޕްގެ ގޮތުގައި "ލުމާފިއުޝަން" ލުމާޓަޗްގެ ފަރާތުން، މިއަހަރުގެ ފާހަގަކޮށްލެވޭ އައިޕެޑް ގޭމްގެ ގޮތުގައި ނެޓްމާބަލްގެ "މާވެލް ފިއުޗާ ރިވޮލިއުޝަންއެވެ".

މާވަލް ފިއުޗާ ރިވޮލިއުޝަންގެ ކަވާ ފޮޓޯއެއް

މެކްގެ އެންމެ ކަމުދާ އެޕްގެ ގޮތުގައި މިއަހަރު ހޮވިފައިވަނީ ލުކި ލެބްސް ލިމިޓެޑްގެ "ކްރާފްޓެވެ". އަދި މެކްގެ އެންމެ ކަމުދާ ގޭމްގެ ގޮތުގައި ހޮވިފައިވަނީ ސިޔާންގެ "މިސްޓް" އެވެ.

އެޕަލް ޓީވީއަށް ހާއްސަ އެޕްތަކުގެ ތެރެއިން މިއަހަރު ވަނަތައް ހޯދާފައިވަނީ ގޭމް އޮފްދަ އިޔާގެ ގޮތުގައި ޕިކްސެލްބައިޓްގެ "ސްޕޭސް މާޝަލްސް ތިނެކެވެ". އެންމެ ކަމުދާ އެޕްގެ ގޮތުގައި ޑީ.އޭ.ޒެޑް.އެން ގްރޫޕްގެ "ޑީ.އޭ.ޒެޑް.އެން" އެވެ.

އެޕަލް ވޮޗަށް ހާއްސަ އެޕްތަކުގެ ތެރެއިން މިއަހަރު އެންމެ ކަމުދާ އެޕްގެ ގޮތުގައި ގްރެއިލާގެ "ކެރޮޓް ވެދާ" ހޮވިފައިވާއިރު، އެޕަލް އާކެޑް ގޭމް އޮފް ދަ އިޔާއަށް ހޮވިފައިވަނީ މިސްޓްވޯލްކާގެ "ފެންޓަސިއަން" އެވެ.

އާންމު ގޮތެއްގައި މި އެވޯޑު ލިބޭ ފަރާތްތައް ތަމްސީލު ކުރަނީ އެޕް ސްޓޯރަށް އަލަށް އަންނަ މީހުންންނާއި، ޝައުޤުވެރި ގޮތްގޮތަށް އެޕަލް ޓެކްނޮލޮޖީގެ ބޭނުން ހިފާފައިވާ ފަރާތްތައް، ނުވަތަ އަހަރުގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ހޯދި ފަރާތްތަކެވެ.

މިސާލަކަށް މިދިޔަ އަހަރުގެ އެވޯޑް ލިބުނު ފަރާތްތަކުން އެޕްތަކުގެ ދުނިޔޭގައި ކޮވިޑް-19 އިގެ ހާލަތްތަކާއި ގުޅުވައި ހެދިފައިވާ އެޕްތައް ހިމެނެއެވެ. އެގޮތުން ހޯމް ވޯކްއައުޓް އެޕް "ވޭކްއައުޓް!" އިން އައިފޯން އެޕް އޮފް ދަ އިޔާ އަދި އައިޕެޑަށް "ޒޫމް" ހޯދިއެވެ.

ވޭކްއައުޓްގެ އެޕް ސްޓޯ އެވޯޑް 2020

އެކަމަކު މި އަހަރުގެ އައިފޯން އެޕް އޮފް ދަ އިޔާ، "ޓޮކާ ލައިފް ވޯލްޑް" އަކީ އެހެން ސަބަބަކާ ހުރެ ވަރަށް ޝައުގުވެރި ކުރުވަނިވި ހޮވުމެކެވެ.

އެ ކުންފުނީގެ ފުރަތަމަ އެޕް ލޯންޗުކުރި ފަހުން މިހާރު އެ ކުންފުނިން ވަނީ އިތުރު 40 އަށް ވުރެ ގިނަ ކުޑަކުދިންގެ އެޕް ނެރެފައެވެ. ޓޮކާ ބޮކާ އަކީ އެ ކުދިންނަށް ޑިޖިޓަލް ޓޯއީސް ކިޔާލަން ލޯބިކުރާ ކުންފުންޏެކެވެ.

"ޓޮކާ ލައިފް ވޯލްޑް" އަކީ ކުރީގެ "ޓޮކާ ލައިފް" އެޕްތައް އެއް ކަނެކްޓެޑް އެކްސްޕީރިއަންސަކާ ގުޅުވާލި އިރު، މި މަސައްކަތުގެ ވަރަށް ގިނަ ބައެއްގެ ނިމުން ކަމަށް ވެއެވެ.

ފާއިތުވެދިޔަ އަހަރަކީ އެޕް ސްޓޯރއަށް އިންތިގާލީ އަހަރެކެވެ. އެޕަލްއަށް ވަނީ ރެގިއުލޭޓަރީ ކަންތައްތައް އިތުރުވެ، ދުނިޔޭގެ ބާޒާރުތަކުގައި އާ ގާނޫނުތައް ހެދުމާއިއެކު އެޕް ސްޓޯރުގެ ކޮމިޝަން ބޭސްޑް ބިޒްނަސް މޮޑެލްއާ ގުޅޭ ތަފާތު މައްސަލަތައް ކުރިމަތިވެފަ އެވެ.

ނަތީޖާއެއްގެ ގޮތުން އެޕަލް އިން ވަނީ އެ ކުންފުނީގެ ސިޔާސަތުތައް ތަފާތުކޮށް، ބޭނުންކުރާ މީހުންނަށް ސާފުކޮށްދީ، މާކެޓް ޑިމާންޑްތަކާއި ސެޓްލްމަންޓް އެގްރީމަންޓްތަކުން ޑިކްޓޭޓްކޮށްފައިވާ ގޮތަށް ބައެއް ހާލަތްތަކުގައި އެ ކުންފުނީގެ ކޮމިޝަންތައް ވެސް މަދުކޮށްފަ އެވެ.

މި ބަދަލުތައް އައި ނަމަވެސް، ގިނަ އެޕްތަކުގެ ކާމިޔާބީ އާއި ކޮލިޓީ އަދިވެސް ވަރަށް ބޮޑެވެ. މި އެވޯޑު ލިބޭ ފަރާތްތަކަށް އަނެއްކާވެސް ފިޒިކަލް އެޕް ސްޓޯރުގެ އެވޯޑު އެފަރާތުގެ ނަން ހިމަނައި ލިބޭނެ އެވެ.

އެޕަލް އިން ވަނީ ކުރިއެކޭ ވެސް އެއްގޮތަށް އަހަރުގެ އެންމެ ގިނަ ޑައުންލޯޑް ކޮށްފައިވާ އެޕްތަކުގެ ލިސްޓްތައް ވެސް ނެރެފަ އެވެ.

މީގެ ތެރޭގައި ހިމެނޭ ހިލޭ ޑައުންލޯޑް ކުރެވޭ އެޕްތައް ވަނަ ހޯދާފައިވަނީ މި ތަރުތީބުންނެވެ؛ ޓިކްޓޮކް، ޔޫޓިއުބް، އިންސްޓަގްރާމް، ސްނެޕްޗެޓް، ފޭސްބުކް، މެސެންޖާ، ގޫގަލް މެޕްސް، ޖީމެއިލް، ޒޫމް އަދި އެމޭޒަން ޝޮޕިން އެޕެވެ.

އެންމެ ކަމުދާކަމަށް ފާހަގަކުރެވޭ ޕެއިޑް އެޕްތައް:

1. ޕްރޯކްރިއޭޓް ޕޮކެޓް

2. ހޮޓްޝެޑިއުލްސް

3. ދަ ވޮންޑާ ވީކްސް

4. ޓަޗްރީޓަޗް

5. ފޭސްޓިއުން

އެހެނިހެން އެޕްތަކުގެ ތެރޭގައި ފާހަގަކޮށްފައި އެންމެ މޮޅު 10 އެއްގައި ހިމަނާފައިވާ ބައެއް އެޕްތަކަކީ އަމޮންގް އަސް، ސަބްވޭ ސާފާސް، މައިންކްރާފްޓް، ހެޑްސް އަޕް، ނެޓްފްލިކްސް، ގޫޑްނޯޓްސް، ސްކޭޓް ސިޓީ، ސޮނިކް ރޭސިން، ޕެކް-މޭން ޕާޓީ ރޯޔަލްއާއި އަދި މިނޫންވެސް ތަފާތު ގޭމްތަކާއި އެޕްތައް ހިމެނެއެވެ.

އެޕަލް ސްޓޯ އެވޯޑްސްގެ އިތުރު ތަފްސީލު ބަލާލައި އެޕްތައް ޑައުންލޯޑް ކޮށްލުމަށް މި ލިންކު ބޭނުންކޮށްލާ


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.