އެޕަލްއިން އައިފޯން ރިޕްލޭސްކުރަން އޭއާރު ހެޑްސެޓް ހަދަނީ

ޙުސައިން ދީމް މުޙައްމަދު 05 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިފެށޭ އަހަރު ފެއްޓޭ ޕްރޮގްރާމެއްގެ ދަށުން، ކުރިއަށް އޮތް ދިހައަހަރު ދުވަހުގެ ތެރޭ، އެޕަލްގެ މިހާރުގެ މައިއުފެއްދުންތައްކަމުގައިވާ އައިފޯންއަދި މެކްގެ ބަދަލުގައި އޯގްމެންޓެޑް ރިއާލިޓީ (އޭއާރު) ހެޑްސެޓްތަކެއް އުފައްދާނެކަމަށް ރިޕޯޓްކުރެވެން ފަށައިފިއެވެ. މިޑިވައިސްތަކަކީ އައިފޯން އަދި މެކަށް ގުޅުވުމަކާއި ނުލައި އޭގެ ޒާތުގައި މިނިވަންކަމާއެކު އޮޕަރޭޓްކުރެވޭނެ ޑިވައިސްތަކެކެވެ. އައިފޯނަށްވުރެ މާގިނަ އެޕްލިކޭޝަންތަކެއްގައި ބޭނުންކުރެވޭނެ މިހެޑްސެޓްތައް ބާޒާރަށް ނެރޭނީ އައިފޯނުގެ ބަދަލުގައެވެ.

އެޕަލްގެ އޭއާރު ހެޑްސެޓްތަކުގައި ބޭނުންކުރާނީ ސޮނީގެ 4-ކޭ މައިކްރޯ އޮލެޑް ޑިސްޕްލޭތަކެކެވެ. ކޮންޕިއުޓްކުރަން އެމް-1 ޗިޕެއްގެ ހޯސްޕަވަރު ބޭނުންކުރާ މިޑިސްޕްލޭތަކުގެ އެހީގައި މިޑިވައިސްތަކުން އޭއާރުގެ އިތުރުން ވީއާރު (ވާޗުއަލް ރިއާލިޓީ)ވެސް ބޭނުންކުރެވިގެންދާނެއެވެ.

އެޕަލްގެ އޭއާރު ހެޑްސެޓްތަކުގައި ބޭނުންކުރެވޭނީ އައިފޯނާއި މުޅިން ތަފާތު ޕްރޮސެސަރ ތަކެކެވެ. އެއީ މިފަދަ ހެޑްސެޓްތަކުގަައި ބޭނުންކުރަންޖެހޭ އޮޕްޓިކަލް މޮޑިއުލްތައް، އައިފޯނަށްވުރެ ދެގުނަ އިތުރުވީމައެވެ. މިގޮތުން ހައިއެންޑްގެ 2 ޕްރޮސެސަރ މިހެޑްސެޓްގައި ބޭނުންކުރާނެއެވެ.

ލަފާކުރެވޭގޮތުގައި އެޕަލްގެ އޭއާރު ހެޑްސެޓްތައް ބާޒާރަށް ނިކުންނާނީ 2022ވަނަ އަހަރުގެ ފަހު ކުއާޓަރުގައެވެ. އެހެންނަމަވެސް 2022ގެ މެދުތެރޭ އެޕަލްއިން އެހެޑްސެޓްތައް އުފެއްދުމުގެ "މާސްޕްރޮޑަކްޝަން" އިފްތިތާޙުކުރާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.