2 ބިލިއަން ކްރޯމް ޔޫސަރުންނަށް ގޫގުލް އިން އިންޒާރެއް

ޢާއިޝަތު ޝައިހާ 05 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްރޯމްއަށް ދެވެމުންދާ ޙަމަލާތައް އިތުރުވެ، އެތައް ގިނަގުނަ ހެކް ކުރުމުގެ މައްސަލަތައް ފެންމަތި ވެފައިވާ ކަން ޔަގީންކޮށް، މި ކަމާމެދު ސަމާލުވުމަށް ކްރޯމް ބޭނުންކުރާ ފަރާތްތަކަށް ގޫގުލްއިން އިންޒާރު ދީފިއެވެ.

އާ ބްލޮގް ޕޯސްޓެއްގައި ގޫގުލްއިން ޝާޢިއުކުރި ޚަބަރެއްގައި ބުނެފައިވާ ގޮތުގައި، ފާއިތުވި 2 ހަފްތާ ތެރޭގައި ކަންބޮޑުވާ މިންވަރުގެ 25 އާ ވަލްނަރަބިލިޓީތައް ފާހަގަވެފައި ވެއެވެ. އޭގެ ތެރެއިން 7 ވަލްނަރަބިލިޓީއެއް ފާހަގަވެފައި ވަނީ އެންމެ މަތީ ދަރަޖައިގެ ހިރާސެއްގެ ގޮތުގައެވެ. ލިނަކްސް، މެކްއޯއެސް އަދި ވިންޑޯސް އަށްވެސް މީގެ އަސަރު ކޮށްފައި ވާއިރު، މިކަމާއި ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ.

އާންމު އުޞޫލެއްގެ ގޮތުން، ގޫގުލްއިން ވަނީ، ކްރޯމް ބޭނުންކުރާ ފަރާތްތަކަށް އަޕްގްރޭޑް ކުރުމަށް ވަގުތު ދިނުމުގެ ގޮތުން، މި ހެކްތަކާއި ގުޅޭ މައުލޫމާތުތައް އާންމުކުރުމަށް ހުރަސްއަޅާފައެވެ.

މި ހެކްތައް ދަނީ ވަރަށް ދަންނަ ޕެޓާންއެއްގެ މައްޗައް ކަންތައް ކުރަމުންނެވެ. މި ހަމަލާތަކުގެ ފަހަތުގައިވާ ސަބަބުތަކުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ފެންނަނީ 'ޔޫސް-އާފްޓާ-ފްރީ' ނުވަތަ ޔޫއޭއެފް އެވެ. ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހުގައި ކާމިޔާބުވެފައިވާ ޔޫއޭއެފް އެކްސްޕްލޮއިޓްތައް 10 ގުނަ މަތިވެފައި ވާއިރު، ވަރަށް ގިނަ 'ޒީރޯ-ޑޭ' ހެކްތަކުގެ ސަބަބަކަށްވެސް މިކަން ވެފައި އެބަ ވެއެވެ. ޔޫއޭއެފް ވަލްނަރަބިލިޓީތަކަކީ، ޕްރޮގްރާމެއްގެ މެމޮރީ ފްރީ ކުރުމަށްފަހު އޭގެ ޕޮއިންޓަރ ކްލިއަރ ނުވެއްޖެ ނަމަ އުފެދިގެން އަންނަ މެމޮރީ އެކްސްޕްލޮއިޓްއެކެވެ.

މި ހިނގަމުންދާ 2021 ވަނަ އަހަރުގައި ކްރޯމް ވީ 8 އެކްސްޕްލޮއިޓްއާއި އެކުގައި ހީޕް ބަފަރ އޯވަރފްލޯތައްވެސް ވަނީ ވަރަށް ގިނައިން ފެނިފައެވެ. ވީ 8 އަކީ ގޫގުލް ކްރޯމްއާއި، މައިކްރޯސޮފްޓް އެޖް، އޮޕެރާ، އެމޭޒަން ސިލްކް، ބްރޭވް، ޔެންޑެކްސް އަދި ވިވަލްޑި ފަދަ ކޮރޯމް-ބޭސްޑް ވެބް ބްރައުޒަރ ތަކުން ބޭނުންކުރާ އޯޕަން ސޯސް ޖަވާސްކްރިޕްޓް އިންޖީނެކެވެ.

ކުރަން ޖެހޭ ކަންތައް

މި ހިރާސްތަކާއި ދެކޮޅަށް ގޫގުލްއިން ވަނީ ކްރޯމްއަށް ވަރަށް ބޮޑު އާ އަޕްޑޭޓެއް ނެރެފައެވެ. މިއީ ވާޝަން 96.0.4664.45 އެވެ. ގޫގުލްއިން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސް ތަކުގައި ނެރެވތެރޭގައި' އެވެ. އެހެންކަމުން ހަމަ ކުއްލިއަކަށް މި ހަމަލާތަކާއި ދެކޮޅަށް ރައްކާތެރިކަން ނުލިބިދާނެއެވެ.

ރައްކާތެރިކަން ލިބިފައި ވޭތޯ ކަށަވަރުކުރުމަށް، ސެޓިންގްސްއަށް ގޮސް، ހެލްޕަށް އޮބާލާށެވެ. އެއަށްފަހު ދެން އެބައުޓް ގޫގުލް ކްރޯމް އިން ދިމާލަށް އޮބާލާށެވެ. އޭގައި 96.0.4664.45 ނުވަތަ އެއަށްވުރެ މަތިން ވާނަމަ ރައްކާތެރިކަން ވާނީ ލިބިފައެވެ. ނަމަވެސް އަޕްޑޭޓް އަދި ބްރައުޒަރ އަށް ލިބެން ނެތް ކަމުގައި ވާނަމަ އާ ވައްތަރު ލިބެން ހުރިތޯ ގަވާއިދުން ބެލުމަށް ސަމާލުކަން ދޭން ވާނެއެވެ.

އަޕްޑޭޓް ކުރުމަށް ފަހުގައި ބްރައުޒަރ އަށް ރައްކާތެރިކަން ލިއްބައިދިނުމަށް އެ އަލުން ސްޓާޓް ކުރަން ޖެހޭނެއެވެ. މިއީ އާންމުކޮށް މީހުން އަޅާނުލާ ދޫކޮށްލާ ކަމެކެވެ. ގޫގުލް ކްރެޑިޓުން މަތީ ލެވެލްގެ ޙަމަލާތައް އައުމުން އެކަން ހައްލުކޮށް އާ ވާޝަންތައް ނެރުނު ނަމަވެސް، މި ކަމުގެ ރަނގަޅު އަސަރެއް ކުރާނީ ބޭނުންކުރާ ފަރާތްތަކުން އެ އަޕްޑޭޓް ތަކަށް ފަހުގައި ބްރައުޒަރ ތައް ރިސްޓާޓް ކުރުމުންނެވެ.

އަޕްޑޭޓް ކުރަން އެއްވެސް ފަރާތެއް ޖެހިލުންވާ ކަމުގައި ވާނަމަ؛ ކްރޯމް 96 ގައި 'ބެކް ފޯވާރޑް ކޭޗް' އިތުރުކޮށްފައި ވާއިރު، މީގެ ސަބަބުން މެމޮރީގައި އެންމެ ފަހުން ވަދެފައިވާ ޕޭޖްގެ ވާޝަންއެއް ރައްކާކޮށް ޕޭޖް ލޯޑުކުރުން އެތައް ގުނައެއް އަވަސްކޮށްދޭނެއެވެ. މިކަމާއި ގުޅިގެން 2020 ވަނަ އަހަރަށްވުރެ ގިނައިން 2021 ވަނަ އަހަރުގެ މެދު ތެރޭގައި ކާމިޔާބު ކަމާއި އެކީގައި އެތައް ހެކްތަކެއް ކުރެވިފައިވާ ކަމަށް މި ވޭތުވެދިޔަ ޖުލައި މަހުގައި ގޫގުލްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށްވެސް ތިމާ ކުރަން ވީ ކަމަކީ ބްރައުޒަރ ވާޝަން ހަމަ މިހާރު ބަލައިލުމެވެ!

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.