އޯޕަން ހޭންޑްސެޓް އެލައަންސް: އެންމެން މިހާރު ކޮބާ؟

ޝުޖާޢަތު ރަޝީދު 06 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެންމެ ފުރަތަމަ ސްމާޓްފޯނު ނެރުނު އިރު އެންޑްރޮއިޑަކީ އެންމެ ބޮޑު އެއް ރޯލު އަދާކުރި އެއް އޮޕަރޭޓިން ސިސްޓަމް ކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ހަޤީގަތުގައި ކަން އޮތީ މިހެނެއް ނޫނެވެ.

އެންޑްރޮއިޑް އެޑޮޕްޓްކުރުމާއި އައިފޯން ލޯންޗުކުރުމުގެ ކުރިން ސްމާޓްފޯންތަކަށް ބާރު ފޯރުވީ ވިންޑޯޒް މޯބައިލް، ނޮކިއާގެ ސިމްބިއަން، ޕާމް އޯއެސް އަދި ބްލެކްބެރީ އޯއެސް ފަދަ އޯއެސްތަކުންނެވެ.

އެކަމަކު 2007 ވަނަ އަހަރު ނޮވެމްބަރު 5 ވަނަ ދުވަހު އޯޕަން ހޭންޑްސެޓް އެލަޔަންސް (އޯއެޗްއޭ) އުފެއްދުމާ އެކު ހުރިހާ ކަމެއް ވެސް ބަދަލުވީ އެވެ. ގޫގުލް އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތަކީ އެންޑްރޮއިޑް އަކީ އެންމެނަށް ބޭނުންކުރެވޭ، އޯޕަން ސްމާޓްފޯން ޕްލެޓްފޯމެއްގެ ގޮތުގައި ބަލައިގަތުމާ ބެހޭ ގޮތުން ތަރައްގީކޮށް ޕްރޮމޯޓް ކުރުމަށް ފެށި މަސައްކަތެކެވެ.

އެ އެލަޔަންސްގައި އޭރު އިންޑަސްޓްރީގައި ބޮޑެތި ނަންތަކެއް އެކުލެވިގެން ވި އިރު، އެންމެ ފަހުން 80 އަށް ވުރެ ގިނަ މޯބައިލް އަދި ޖެނެރަލް ޓެކްނޮލޮޖީ ކުންފުނި ހިމެނެ އެވެ.

އޯއެޗްއޭ އުފެދުނުތާ އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، މި ހުރިހާ އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތައް މިއަދު ތިބީ ކޮންތާކުތޯ ބަލާލަމާ ހިނގާށެވެ.

އޭސާ

ޓައިވާންގެ މި ބްރޭންޑަކީ 2000 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ސްމާޓްފޯނާއި ޓެބްލެޓް އުފައްދާ ވަރަށް އުފެއްދުންތެރި ބްރޭންޑެކެވެ.

އެ ކުންފުނިން ނެރެފައިވާ އެންމެ ފާހަގަކޮށްލެވޭ ޑިވައިސްތަކުގެ ތެރޭގައި ލިކުއިޑް ޖޭޑް ސީރީޒް އާއި އައިކަންޔާ ޓެބް ސްލޭޓްސް ހިމެނުނު ނަމަވެސް މިހާރު އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ލެޕްޓޮޕާއި ކްރޯމްބުކްސް އެވެ.

2016 ވަނަ އަހަރުގެ ފަހުން އޭސާއިން އެންޑްރޮއިޑް ފޯނެއް ނެރެފައެއް ނުވެއެވެ.

އެސުސް

ޓައިވާންގެ މި ވަރުގަދަ ޓެކް ކުންފުނިން އެންމެ ފުރަތަމަ 2000 ގެ ފަހުކޮޅު ގައި ވިންޑޯޒް މޯބައިލް އަށް ފޯކަސްކުރި ނަމަވެސް އެންމެ ފަހުން 2010 ގެ އަހަރުތަކުގެ ކުރީކޮޅު އެންޑްރޮއިޑް އަށް ބަދަލުވެ ފޯކަސްކުރީ ޕެޑްފޯނާއި ޓްރާންސްފޯމަރ ޓެބްލެޓް ފަދަ ޑިވައިސްތައް އުފެއްދުމަށެވެ.

އެސުސް އާރުއޯޖީ

އަދިވެސް އެންޑްރޮއިޑް ފޯނުތައް މިއަދާ ހަމައަށް ވެސް ދެމުން އަންނަ އިރު، 2021 ވަނަ އަހަރު ޒެންފޯން 8 އަދި އާރްއޯޖީ ފޯން 5 ފަދަ ކްރިޓިކަލް ތައުރީފު ލިބިފައިވާ އުފެއްދުންތައްވެސް މި ކުންފުނިން ދަނީ އުފައްދަމުންނެވެ.

ޑެލް

ކޮމްޕިއުޓަރު ހަދާ މަޝްހޫރު މި ކުންފުންޔަކީވެސް އޯޕަން ހޭންޑްސެޓް އެލަޔަންސްގައި ބައިވެރިވި ކުންފުންޔެކެވެ. އެއީ 2000 ގެ ފަހުކޮޅާއި 2010 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. ނަމަވެސް ޑެލްއިން 2011 ގައި މަޑުމަޑުން ސްމާޓްފޯންގެ ދުނިޔެއާއި ވަކިވިއެވެ.


ގާމިން

ޖީޕީއެސް އަދި ވެއަރބަލް މޭކަރގެ ގޮތުގައި ގަރްމިންއަކީ އެންމެންވެސް ދަންނަ ބްރޭންޑެކެވެ. އެކަމަކު 2000 ގެ ފަހުކޮޅާއި 2010 ގެ ކުރީކޮޅު، ގާރމިން-އަސުސް ބެނަރގެ ދަށުން ވެސް އެކުންފުނިން ސްމާޓްފޯން ތައް އުފެއްދިއެވެ.

މި ވެންޗާއިން 2010 ވަނަ އަހަރު ނެރުނު އެންޑްރޮއިޑް ދެ ފޯނެއް ފެނުނު ފަހުން އެއްވެސް އިތުރު ފޯނެއް މާކެޓުގައި ނުފެނުނެވެ.

އެޗްޓީސީ

އެޗްޓީސީ ޑްރީމް (ޓީ-މޯބައިލް ޖީ1 ގެ ނަމުން ވެސް މަޝްހޫރުވެފައިވާ) ފޯނަކީ 2008 ވަނަ އަހަރުގެ ފަހުކޮޅު ނެރެ ވިޔަފާރީގެ ގޮތުން އެންމެ ފުރަތަމަ ލިބެން ފެށި އެންޑްރޮއިޑް އެއް ފޯނެވެ.

އެހެންވެ އެޗްޓީސީއަކީ އޯޕަން ހޭންޑްސެޓް އެލަޔަންސްގެ ފައުންޑިން މެންބަރަކަށް ވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެއީ 2015 ވަނަ އަހަރާ ހަމައަށް ވިޔަފާރީގެ ގޮތުން ކާމިޔާބު ވެފައި، 2016 ވަނަ އަހަރު ފުރަތަމަ ޕިކްސެލް ވެސް ވަނީ އެޗްޓިސީއިން ޕްރޮޑިއުސްކޮށްފަ އެވެ.

އެޗްޓީސީ ޑިސައާ 12

ނަމަވެސް ސެމްސަންގް އަށް ސްޓީމް ލިބުމާއެކު އެޗްޓީސީގެ ނަސީބު ބަދަލުވެގެން ދިޔައެވެ. އޭގެ ނަތީޖާއަކަށްވީ 2017 ވަނަ އަހަރު އެޗްޓީސީއިން ސްމާޓްފޯން ވިޔަފާރީގެ ބޮޑު ބައެއް ގޫގުލް އަށް ވިއްކާލުމެވެ.

އެޗްޓީސީއިން އަދިވެސް 2021 ވަނަ އަހަރުގެ ނިޔަލަށް ބަޖެޓް ފޯނުތައް އުފައްދަމުން އަންނައިރު، އޭގެ ތެރެއިން ގިނަ ފޯނުތަކަކީ ކުރިއަރަމުން އަންނަ މާކެޓްތަކަށް ވާއިރު، މިހާރު އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ވިވޭ ކިޔާ ވާޗުއަލް ރިއަލިޓީ ޕްރޮޑަކްޓްފަދަ ޕްރޮޑަކްޓްތަކަށެވެ.

ވާވޭ

ޗައިނާގެ އުފެއްދުންތެރިން އެންމެ ފުރަތަމަ އޯޑީއެމްއެއްގެ ގޮތުގައި ދިރިއުޅުން ފެށީ ކެރިއަރުންނާއި އެހެން ބްރޭންޑްތަކުގެ ޑިވައިސްތައް ހަދައިގެންނެވެ.

އެކަމަކު 2010 ގެ އަހަރުތަކުގެ ކުރީކޮޅު އަމިއްލައަށް ފޯނުއުފައްދައި، އެ ކުންފުނީގެ ފޯން ސީރީޒް ކަމަށްވާ ޕީ، މޭޓް އަދި ލައިޓް ސީރީޒްގެ ހުރިހާ ޑިވައިސްތަކަކީ ވަރަށް މަގުބޫލު ޑިވައިސް އާއިލާތަކެއް ކަމުގައި ވެގެންދިޔައެވެ.

އެ ކުންފުނީގެ ސަބް ބްރޭންޑް އޮނަރ ގެ ބާރު ގަދަކޮށް، ދުނިޔޭގެ އެންމެ މޮޅު ތިން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މި ކުންފުންޔަކީ 2010 ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާގެ ވިޔަފާރި ކުރުން މަނާކުރުމުގެ ސަބަބުން ހުއްޓުމަކަށް އައުމުގެ ކުރިން އެއްވަނަ އަށް އަރަން ނިންމި ކުންފުންޔެކެވެ.

މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯނު އުފައްދައި ވިއްކުމުގެ ގާބިލްކަމަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. ދުނިޔޭގެ އެންމެ މޮޅު ފަސް ކެމެރާގެ ތެރެއިން މިހާރު ފަހަތަށް ޖައްސާލި ނަމަވެސް، އަދިވެސް ފޯނުތައް އުފައްދަނީ ހުއާވޭގެ ހީވާގި ކެމެރާ ސިސްޓަމް އެކުލަވާލާފައެވެ.

ލެނޯވޯ / މޮޓޮރޯލާ

މޮޓޮރޯލާ އަކީ އޯޕަން ހޭންޑްސެޓް އެލަޔަންސްގެ ފައުންޑިން މެމްބަރެކެވެ.

ލެނޯވޯގެ ވާހަކަ ދައްކާއިރު، ޗައިނާގެ މި ބްރޭންޑަކީ 2011 ވަނަ އަހަރުން ފެށިގެން އެންޑްރޮއިޑް ފޯނުގެ ސްޕޭސްގައި ފިކްސްޗާ އެކެވެ. މި ދުވަސްތަކުގައި އެކުންފުނީގެ އެންޑްރޮއިޑް ޕޯޓްފޯލިއޯގައި ހިމެނެނީ ބަޖެޓް ފޯނުތަކުގެ ކޭ ސީރީޒް، ލެނޯވޯ ލީޖަން ގޭމިން ފޯން ލައިން، އަދި ތަފާތު ވައްތަރުގެ ޓެބްލެޓްތަކެވެ.


އެލްޖީ

އެލްޖީ އަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު ފީޗާ ފޯނުތަކުން ފެށި، ތަޖުރިބާކާރު މޯބައިލް އުފައްދާ ކުންފުންޔެކެވެ. އޯޕަން ހޭންޑްސެޓް އެލަޔަންސްގެ ފައުންޑިން މެމްބަރެއްގެ ގޮތުގައި އޮވެ، 2010 ވަނަ އަހަރު ސްމާޓްފޯންތަކަށް ބޮޑު އިންގިލާބެއްވެސް މިކުންފުނިން ގެނައެވެ.

އަހަރުތަކެއް ވަންދެން މި ދާއިރާގެ ތެރޭގައި ފައިދާ ދަށްވުމަށްފަހު، އެލްޖީ ކޯޕަރޭޝަނުން އިހްތިޔާރު ކުރީ އެ ކުންފުނީގެ ސްމާޓްފޯން ޑިވިޝަން ޝަޓްކޮށް، މުޅި އިންޑަސްޓްރީން ބޭރުވުމަށެވެ.

އޮޕޯ

ވަން ޕްލަސް އާއި ރިއަލްމޭ ވެސް ހިމެނޭ ބީބީކޭ ކޮންގްލޯމާގެ މުހިންމު އެއް ބަޔެއްކަމުގައިވެ އޮޕޯ އަކީ 2021 ވަނަ އަހަރު ދުނިޔޭގެ އެންމެ ޓޮޕް ފައިވް ސްމާޓްފޯން ބްރޭންޑް ކަމުގައި ފާހަގަވެއެވެ.

އެކުންފުނިން 2012 ވަނަ އަހަރުން ފެށިގެން އެންޑްރޮއިޑް ސްމާޓްފޯން ތައް އުފައްދަމުން އަންނައިރު، 201 ގައި ފައިންޑް އެންޑް ރެނޯ ސީރީޒްއަކީ އެންމެ ފާހަގަކޮށްލެވޭ ސީރީޒްއެވެ.

ސަމްސަން

އޯޕަން ހޭންޑްސެޓް އެލަޔަންސްގެ ފައުންޑިން މެމްބަރެއް ކަމަށްވާ ސެމްސަންގް އިން ވަނީ ފެށުނީއްސުރެ އެންޑްރޮއިޑް ބަލައިގެންފަ އެވެ. 2011 ވަނަ އަހަރު ސްމާޓްފޯން ބްރޭންޑަކަށް ބަދަލުވެ، ގެލެކްސީ އެސް ސީރީޒްގެ މިޑް ރޭންޖް އަދި ބަޖެޓް ފޯނުތަކާއި، ފަހަކަށް އައިސް އެ ކުންފުނީގެ އެންމެ މަގުބޫލު ގެލެކްސީ ޒެޑް ފޯލްޑަބަލްސް އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ބަޑާ އާއި ޓިޒެން ފަދަ ސްމާޓްފޯން ޕްލެޓްފޯމްތަކަށް ބަދަލުވުމުގެ ވިސްނުން ފާއިތުވި އަހަރުތަކުގައި ގެންގުޅުނު ނަމަވެސް އެންމެ ފަހުން އެންޑްރޮއިޑް ގައި ސަމްސަން ތާށިވީ އެވެ.

ސޮނީއެރިކްސަން

ސޮނީ އިން ސްމާޓްފޯން ވިއްކާ ފަރާތްތަކުގެ މެދުގައި ކުރިއަށް ދިއުމުގެ ކުރިން ޖަޕާނުގެ ރެޖިޓް އިން ވަނީ ސްވިޑެންގެ ޓެލެކޮމް ސްފާމް އެއް ކަމަށްވާ އެރިކްސަން އާ ގުޅިގެން އެންޑްރޮއިޑް ފޯނުތައް އުފައްދާފަ އެވެ. މި ޑިވައިސްތަކުގެ ތެރޭގައި އެކްސްޕީރިއާ ޕްލޭ، އެކްސްޕީރިއާ އެކްސް 10 އަދި އެކްސްޕީރިއާ މިނީ ހިމެނެ އެވެ.

މި ޕާޓްނާޝިޕް 2011 ވަނަ އަހަރުގެ ފަހުކޮޅު ނިމުމަކަށް އައިސްފައިވާއިރު، ސޮނީ އިން އަންނަނީ އޭގެ ފަހުން ގަވާއިދުން އަމިއްލަ ޑިވައިސްތައް ނެރެމުންނެވެ.

ސޮނީ އެރިކްސަން W595

އެތައް އަހަރެއްގެ ގެއްލުމަށް ފަހު، ސޮނީގެ ސްމާޓްފޯން ޑިވިޝަން ދާދި ފަހުން ވަނީ ޕްރޮފެޝަނަލް ކެމެރާ ސުއިޓްތަކާއި އެ ނޫން ވެސް ހާޑްވެއާ ފީޗާސްތަކަށް އާ ފޯކަސްއެއް ދީގެން، މަޑުމަޑުން ކާމިޔާބު ހޯދަން ފަށާފައެވެ. މި ކުންފުނީގެ އެންމެ ފަހުގެ ފޯނުތަކަކީ ސޮނީ އެކްސްޕީރިއާ 1 III އަދި އެކްސްޕީރިއާ 5 III ގެ އިތުރުން ކެމެރާ-ފޯން ހައިބްރިޑް، އެކްސްޕީރިއާ ޕްރޯ-1 އެވެ.

ޒެޑްޓީއީ

ޗައިނާގެ ތަޖުރިބާކާރު މި ބްރޭންޑުން ސްމާޓްފޯންތަކާ ގުޅުން އޮންނަ ތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެއެވެ.

ޒެޑްޓީއީން 2020 ގައި ނެރުނު އެކްސަން 20 އަކީ އަންޑަރ ޑިސްޕްލޭ ސެލްފީ ކެމެރާއަކާއެކު އެންމެ ފުރަތަމަ ބޮޑު ފޯނެއްގެ ގޮތުގައި ނެރުނު ފޯނެވެ.

ޒެޑްޓީއީ ބްލޭޑް ސްޕާކް

މިގެނެސްދެވުނު ބްރޭންޑުތަކުގެ އިތުރައްވެސް ހޭންޑްސެޓް އެލައަންސް ތެރޭގައި އެހެނިހެން ކުންފުނިތަކެއް ބައިވެރިވިއެވެ. ހޭއާ، ފުޖިޓްސޫ ލިމިޓެޑް، ކަޔޯސެރާ، އެންއީސީ، ޕޭންޓެކް، ޝާޕް، ޓޮޝިބާ، ފޮކްސަންއާއި ސީސީއައި މީގެތެރޭގައި ހިމެނުނެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.