'އެމެކާ' ރޮބޮޓުން އިންސާނުން ފަދައިން މޫނުމަތީގެ އިތުރު އެކްސްޕްރެޝަންތައް ދައްކާލައިފިއެވެ.
އިންސާނުންނާއި އެއްގޮތް ފަދަ މެސްމަރ ރޮބޮޓް ސީރީޒްގެ ފަހަތުގައިވާ ކުންފުނި އިންޖިނިއަރިން އާޓްސް އިން އާ އުފެއްދުމެއް ތައާރަފުކޮށްފި އެވެ.
"އެމެކާ" އަކީ މެސްމަރ ފަދަ ރިއަލިސްޓިކް އިސްތަށިގަނޑާއި ހަންގަނޑު ނެތް، ހިއުމަނޮއިޑް ރޮބޮޓެކެވެ. ނަމަވެސް އޭގެ ބަދަލުގައި އިންސާނުންގެ ސިފައާއި، ޤުދުރަތީ ގޮތުން ބަލާ އެކްސްޕްރެޝަންތައް، ދަ ވަރޖް އިން ރިޕޯޓްކޮށްފައިވާ ފަދައިން، އެހެން މީހުންނަށްވުރެ ބޮޑަށް ދައްކައެވެ.
އެމެކާ އެންމެ ފުރަތަމަ ދައްކާލަނީ، ތެދުވެ، ދެން އަތް އުރާލައިގެން ހުރެ ވަރަށް މަޑުމައިތިރި ހައިރާންކުރުވަނިވި ހަރަކާތްތަކެކެވެ. މިހެން ކުރާ ހަރަކާތް ތަކުގެ ތެރޭގައި އަތްތިލައިގައި އިޝާރާތްތައް ކުރާތަންވެސް ފެންނަނީ އިންސާނަކާއި އެއްގޮތް ގޮތަކަށެވެ.
ދެން ފެނިގެންދަނީ ބަލާމީހާ ނުވަތަ ކެމެރާ އަށް އާޝޯހުވާ މަންޒަރެވެ. އަދި ވީޑިއޯ ނިންމާލަނީ ހިނިތުންވުމަކާއި އެކު އަތުގެ އިޝާރާތް ކޮށް މަރުހަބާ ކިޔަމުންނެވެ.
ފޭޝަލް އެނިމޭޝަންތައް ރަނގަޅުވެ، ކުރިން ފެނުނު ވަރަށް ވުރެ ގިނައިން ހަލުވި އަދި އިންސާނަކާއި އެއްގޮތް ހަރަކާތްތަކެއް މިހާރު މި ރޮބޮޓުން ދައްކައެވެ.
ރޮބޮޓުގެ އިސްތަށިގަނޑާއި، މޫނު، ކަނދުރާ، އުނަގަނޑާއި، ބުރަކަށީގެ އިތުރުން އަތްވެސް ހުރި ކަމަށް ބެލެވޭ އިރު، އިންޖިނިއަރިން އާޓްސް އިން ފާހަގަކުރާ ގޮތުގައި އެ ކުންފުނީގެ އެއްވެސް ރޮބޮޓަކަށް އަދި ހިނގާބިނގާވެ ނޫޅެވޭނެ އެވެ. ނަމަވެސް އެ ގާބިލްކަންވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.
އެ ކުންފުނިން ބުނީ އެމެކާ އަކީ "އޭއައި ތަރައްގީ ކުރުމަށް އޮތް ޕްލެޓްފޯމެއް" ކަމަށާއި އަދި މި ޕްލެޓްފޯމުގައި އެހެން މީހުންނަށް މެޝިން ލާނިން އެލްގޮރިދަމްތައް ތަރައްގީ ކުރުމަށް ފުރުސަތު ދޭ ކަމަށެވެ.
އެމެކާ އަށް އަގު ކަނޑައެޅުމާއި ލިބެން ހުރި މިންވަރާ މެދު ބަހެއް ބުނެވޭކަށް ނެތް ނަމަވެސް، އެ ކުންފުނީގެ އެންމެ ބޭސިކް ރޮބޯތީސްޕިއަން މޮޑެލްތަކުގެ އަގު 79،000 ޑޮލަރަށް އަދި 2018 ވަނަ އަހަރު މައްޗަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމެކާގެ އިތުރުން އިންޖިނިއަރިން އާޓްސްއިން މެސްމަރ، ކުއިން، ރޮބޯތީސްޕިއަން ފަދަ ރޮބޮޓުވެސް އެކުންފުނިން ވަނީ އުފައްދާފައެވެ.
ލަސް ވެގަސް ސީއީއެސް 2022 ގައި ދައްކަން އިންޖިނިއަރިން އާޓްސް އިން ރާވާފައިވާ ތީމާއި އެކު، ވަރަށް އަވަހަށް އެމެކާ ރޮބޮޓު އެންމެނަށް ފެނިގެންދާނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.