އައިފޯނުން ނަގާ ފޮޓޯއިން ލިބޭ މައުލޫމާތު ހުއްޓުވާނީކިހިނެއް؟

އިސްމާއިލް އަލީ 07 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިފޯނަކުން ލޮކޭޝަން ޑޭޓާ އެއްކުރާ ވަރަށް ގިނަ ސަބަބުތަށް ހުރެއެވެ. އެގޮތުން ގޫގަލް މެޕްސް ފަދަ އެޕްލިކޭޝަންތައް ރަނގަޅަށް މަސައްކަތްކުރުމަށް ލޮކޭޝަން ޑޭޓާއަކީ ވަރަށް މުހިންމު އެއްޗެކެވެ. މީގެ އިތުރުން އައިފޯނުން ނަގާ ފޮޓޯތަކުންވެސް ލޮކޭޝަން ޑޭޓާ އެއްކޮށް ރައްކާކުރެއެވެ. އެގޮތުން ފޮޓޯއެއް ނަގާ ކޮންމެ ފަހަރަކު މެޓާޑޭޓާގެ ނަމުގައި ފޮޓޯ ނެގިތަނާއި ތާރީހު ފަދަ މައުލޫމާތު ފޯނުގައި ރައްކާކުރެއެވެ.

މެޓަޑޭޓާއަކީ ވަރަށް ބޭނުންތެރި އަދި އެހާމެ މުހިންމު އެއްޗަކަށް ވިޔަސް އޭގެ ސަބަބުން ބައެއް ފަހަރު ޒާތީ މައުލޫމާތު އެހެން މީހުންނަށް ލިބުމުގެ ފުރުސަތުވެސް ހުޅުވެއެވެ. އެގޮތުން ފޯނުން ނަގާފައިވާ ފޮޓޯ އެހެން މީހަކަށް ލިބިއްޖެނަމަ އޭގައި ރައްކާކުރެވިފައިވާ މެޓަޑޭޓާ މެދުވެރިކޮށް އެ ފޮޓޯ ނެގި މީހަކު ދިރިއުޅޭ ތަނާއި މަސައްކަތްކުރާ ތަން ފަދަ މައުލޫމާތު ހޯދިދާނެއެވެ. އައިއޯއެސް 15 އާއިއެކު އެޕަލް އިންވަނީ މިހާރު އައިފޯނުން ނަގާ ފޮޓޯ އަދި ވީޑިއޯތަކުން ލޮކޭޝަން ޑޭޓާ ފޮހެލެވޭނެގޮތެއް ނުވަތަ ސްޕޫފް ކުރެވޭނެގޮތް ހަދާފައިއެވެ.

ފޮޓޯތަކުގައި ހުންނަ ލޮކޭޝަން ޑޭޓާ ފޮހެލާނީ ކިހިނެއް؟

އައިފޯނުން ނަގާ ކޮންމެ ފޮޓޯއެއްގެ ތިރީގައި، ފޮޓޯ ނެގި ތަނުގެ ލޮކޭޝަން ދައްކުވައިދޭ މެޕެއް ފެނެ އެވެ. މި މައުލޫމާތު ތައް އެކްސެސް ކޮށް ފޮޓޯ ގެ ލޮކޭޝަން ފޮހެލާނެ ގޮތް ތިރީގައި މިވަނީއެވެ:

1. ފޮޓޯ އެޕްލިކޭޝަނުން މައުލޫމާތު ބަދަލުކުރަން ބޭނުންވާ ފޮޓޯ ހޯދާލާށެވެ.

2. އެއަށްފަހު އިންފޮމޭޝަން ބަޓަން އަށް ފިއްތާލުމަށްފަހު ނުވަތަ ފޮޓޯ މައްޗަށް ސްވައިޕް ކޮށްލުމަށްފަހު ފޮޓޯގެ މައުލޫމާތު ބަލާލާށެވެ.

3. މިއަށްފަހު މެޕްގެ ކަނާތު ކަނުގައި ހުންނަ އެޖަސްޓް ބަޓަންއަށް ފިތާލާށެވެ. މިކަން މިހެންކުރުމުން ފޮޓޯނެގިތަނުގެ މައުލޫމާތު ފެންނާނެއެވެ.

4. އެންމެ ފަހުކަމަކަށް ނޯ ލޮކޭޝަން ބަޓަނަށް ފިތާލުމުން އަބުރާ ފޮޓޯގެ އިންފޮމޭޝަން ޕޭޖަށް ރީޑައިރެކްޓްވާނެއެވެ. އަދި ކުރިން ފޮޓޯގެ ތެރިން ފެންނަ މެޕް ގެއްލި ލޮކޭޝަން މެޓަޑޭޓާ ހުންނާ ފޮހެވިފައިއެވެ.

ލޮކޭޝަން މެޓަޑޭޓާ ސްޕޫފް ކުރާނީ ކިހިނެތް؟

ލޮކޭޝަން މެޓަޑޭޓާ ފޮހެލަން ބޭނުންނުވާނަމަ މެޓަޑޭޓާ ސްޕޫފްކުރެވިދާނެއެވެ. ސްޕޫފް ކުރުމަކީ ފޮޓޯގެ އަސްލު ލޮކޭޝަނުގެ ބަދަލުގައި އެހެން ލޮކޭޝަނެއް ކަނޑައެޅުމެވެ. އެހެންކަމުން ސްޕޫފްކުރުމުން މިހާ ހުންނަތަން އެމައުލޫމާތު ދޭން ބޭނުންނުވާ ފަރާތްތަކަށް އޮޅުވާލެވިދާނެއެވެ. މެޓާ ޑޭޓާ ސްޕޫފްކުރާނެގޮތް ތިރީގައި އެވަނީއެވެ:

1. ފޮޓޯ އެޕްލިކޭޝަނުން މައުލޫމާތު ބަދަލުކުރަން ބޭނުންވާ ފޮޓޯ ހޯދާލާށެވެ.

2. އެއަށްފަހު އިންފޮމޭޝަން ބަޓަން އަށް ފިއްތާލުމަށްފަހު ނުވަތަ ފޮޓޯ މައްޗަށް ސްވައިޕް ކޮށްލުމަށްފަހު ފޮޓޯގެ މައުލޫމާތު ބަލާލާށެވެ.

3. އެޖަސްޓް ލޮކޭޝަން ޕޭޖްގެ މަތީގައި ފެންނަ ސާޗް ބާގައި ލޮކޭޝަން ނުވަތަ އެޑްރެސް އެއް ލިޔެލާށެވެ. މިހެން ކަންތަށްކުރުމުން އެކި އެޑްރެސްތަށް ނުވަތަ ލޮކޭޝަންތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ.

4. އެންމެފަހުކަމަކަށް މިތަނުން ބޭނުންވާ އެޑްރެސް އެއްނުވަތަ ތަނެއް ހިޔާރުކޮށްލާށެވެ. އޭރުން ފޮޓޯގައިވާ މެޓާޑޭޓާ ބަދަލުވެގެންދާނެއެވެ.

ފޮޓޮތަކުގެ މެޓަޑޭޓާ ބަދަލުކޮށްގެންވެސް ބޭނުންވާ މިންވަރަށް ޒާތީ މައުލޫމާތު ރައްކާތެރި ނުކުރެވޭހެން ހީވާނަމަ އައިފޯނުގެ ސެޓިންގްސްއަށްގޮސް ލޮކޭޝަން ސާވިސް އެއްކޮށް ހުއްޓުވާލެވިދާނެއެވެ. މިހެން ހެދުމުން ފޯނުންނަގާ އެއްވެސް ފޮޓޯ ނުވަތަ ވީޑިއޯއެއްގައި ލޮކޭޝަން މެޓަޑޭޓާ ރައްކާނުކުރާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.