ގޫގަލް ފޮޓޯޒްއަށް ހެޔޮބަދަލެއް

ޙުސައިން ދީމް މުޙައްމަދު 13 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ހުޅަނގުގެ ޗުއްޓީ މޫސުމާއި ދިމާކޮށް ގޫގަލް ފޮޓޯޒްއަށް މުޅިން އާ ފީޗާތަކެއް ތަޢާރަފުކޮށްފިއެވެ. މިގޮތުން ހަމަ މިދިޔައަހަަރުގެ ޗުއްޓީއާއި ދިމާކޮށް ނެރުނު "ސިނެމަޓިކް ފޮޓޯޒް" މިވަނީ އިތުރަށް ކުރިއަރުވާފައެވެ. ސިނެމަޓިކް ފޮޓޯޒްއަކީ ސްޓިލް ފޮޓޯތަކައް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން އެފޮޓޯގެ އެންމެ މުހިއްމު ބައިތައް ބޮޑުކޮށް ފެންނަގޮތަށް ހަދައިދޭ ފީޗާއެކެވެ. މިހާރު މިތަޢާރަފުކުރެވުނު އަޕްޑޭޓަކީ ކުރިން ފޯކަސްނުކުރާ ފަހަތުގައިހުރި ފީޗާތައްވެސް އިތުރަށް ސާފުކޮށް ދައްކުވައިދިނުމެވެ.

މީގެ އިތުރުން "ޕީޕަލް އެންޑް ޕެޓްސް"ގެ ނަމުގައި އިތުރުކުރެވުނު ފީޗާއާއިއެކު، މީހުންނާއި ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުގެ ފޮޓޯތައް، ކޮންމެ މީހެއް އަދި ކޮންމެ ޖަނަވާރެއް ވަކިން ގެލަރީއިން ފެނިގެންދާނެއެވެ. މީގެއިތުރުން، ގޫގަލް ފޮޓޯޒްއިން މިހާރު ފޮޓޯތައް ވަކިކުރަނީ އެކިއެކި މުނާސަބަތުތަކާއި ގުޅުވާފައެވެ. މިސާލަކަށް މިއަހަރުގެ އުފަންދުވަހު ނަގާފައިވާފޮޓޯތައް އެއްކޮށް އެއްތަނަކުން ފެނިގެންދާނެއެވެ. މިގޮތްގޮތަށް ފޮޓޯތައް ތަރުތީބުކުރުމުގެ ފުރުސަތު ފަހިވެފައި އޮތުމާއެކު، ތިމާ އެހާ ބަލާހިތްނުވާ ނުވަތަ ދެކެން ބޭނުންނުވާ މީހުން ނުވަތަ މުނާސަބަތުތަކުގެ ފޮޓޯތައް މަދުން ފެންނަގޮތަށް ފަހަތަށް ލައިދޭ ނިޒާމެއްވެސް މިއަޕްޑޭޓުގައި ހިމެނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.