ފަޔަރފޮކްސްގެ އާ ސޭންޑްބޮކްސިންގް އުފެއްދުން: އާރްއެލްބޮކްސް

ޙުސައިން ދީމް މުޙައްމަދު 15 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވިންޑޯޒްއަދި މެކްއޯއެސްއަށް ޚާއްޞަކޮށް މޮޒިއްލާއިން ފަޔަރފޮކްސް-95 ވަނީ ނެރެފައެވެ. އިވެންޓުތައް ޕްރޮސެސްކުރުން އަދި ނެޓްފްލިކްސްފަދަ ސްޓްރީމިންގް ޗެނަލްތައް ފުލްސްކްރީންކޮށް ބަލާއިރު ކުރީގެ ވާޝަންއަށްވުރެ މަދުން ޕަވަރު ބޭނުންކުރާ މިއާ ވާޝަންއަކީ ފަޔަރފޮކްސްގެ ތަޖުރިބާއަށް ހެޔޮބަދަލުތަކެއް ގެނެސްދޭނެ އަޕްގްރޭޑެކެވެ. ޖާވާސްްކްރިޕްޓުގެ ދުވެލި އަވަސްކޮށްގެން މިއާވަޝަންގައި ޕޭޖުތައް ލޯޑުވާން ނަގައި ވަގުތުވެސް ކުޑަކުރެއެވެ. މީގެ އިތުރުން ފަޔަރފޮކްސްްގައި ހިމެނޭ ޕިކްޗަރ-އިން-ޕިކްޗަރ ޓޮގްލް ބަޓަން ފަދަ ފިތްތަކަށްވެސް ބަދަލުތަކެއްވަނީ މިއަޕްގްރޭޑުގައި ގެނެސްފައެވެ.

މިހުރިހާ ބަދަލަކަށްވުރެ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ފަޔަރފޮކްސްގެ ސެކިއުރިޓީ ހަރުދަނާކުރުމަށް އިތުރުކޮށްފައިވާ ފީޗާތަކެވެ. މިގޮތުން ފަޔަރފޮކްސް-95 އަކާއި އެކީގައި އިތުރުކުރެވިފައިވާ އާ ސޭންޑްބޮކްސިންގް ފީޗާ އާރުއެލްބޮކްސް އަކީ އޮޓޯއިން ނުރަނގަޅު ކޯޑުތައް ބޭރުކޮށްލައި ހެކަރުންނާއި މެލްވެއަރުންގެ ކިބައިން ކޮމްޕިއުޓަރުގެ ރައްކާތެރިކަން އިތުރުކޮށްދޭ ފީޗާއެކެވެ. މީގެ އިތުރުން އެކްސިޑެންޓަލް ޑިފެކްޓްސްއާއި ސަޕްލައިޗެއިން އެޓޭކުތަކުން އާރުއެލްބޮކްސް ދިފާޢުކޮށްދެއެވެ.

ހުސްވި ނޮވެންބަރުމަހުގެ 2ވަނަ ދުވަހު ނެރުނު ފަޔަރފޮކްސް-94ގައި އިތުރު ތީމްކުލަތަކާއިއެކު އާ ސައިޓް އައިސޮލޭޗަން ފީޗާއެއް ތަޢާރަފުކުރިއެެވެ. ފަޔަރފޮކްސް95 ގައި ސައިޓް އައިސޮލޭޝަން ޑިފޯލްޓްކޮށް ލިބެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.