އެޕަލްއިން އަނެއްކާވެސް ލޯސޫޓަކާއި ކުރިމަތިލާން ޖެހިފަ

ޢާއިޝަތު ޝައިހާ 23 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލްއަށް އަނެއްކާވެސް މި ވަނީ ލޯސޫޓެއްގެ މައްސަލަ ފެންމަތި ވެފައެވެ.

އެޕަލް ވޮޗް އާއި ދެކޮޅަށް ހުށައަޅާފައިވާ ލޯސޫޓުގައި ތުހުމަތުކުރާ ގޮތުގައި، ގަޑީގެ ބެޓަރީގައި މައްސަލަ ޖެހި ސައިޒުން ބޮޑުވުމުގެ ސަބަބުން ސްކްރީނަށް އޭގެ ނޭދެވޭ އަސަރުކޮށް ބޭނުންކުރާ ފަރާތްތަކަށް ނުރައްކާވެއެވެ. މައްސަލަ ހުށައަޅާ ފަރާތުގެ ޤާނޫނީ ވަކީލުން ބުނާ ގޮތުގައި، ބެޓަރީ މިގޮތަށް ބޮޑުވާ ހާލަތްތަކުގައި ބޮޑުވުމަށް އޭގައި އިތުރަށް ހުސް ޖާގަ އުފެއްދުމަށް އެޕަލްއިން ފޭލިވެފައިވާ ކަމަށާއި، އޭގެ ސަބަބުން ސްކްރީން ނެއްޓި ނުވަތަ ތަޅައިގެން ހިނގައިދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މައްސަލަ ހުށައެޅި 4 ކަސްޓަމަރުންގެ މައްސަލައަކަށް ވަނީ ބެޓަރީ ބޮޑުވެގެން ދިޔުމެއް ނޫނެވެ. އެމީހުންގެ މައްސަލައަކަށް ވަނީ ބެޓަރީ ބަދަލުކުރުމާއި ސްކްރީން ގަޑީގެ މޫނާއި ދުރުވުމުގެ މައްސަލައެވެ. މައްސަލަ ޖެއްސި ފަރާތުން ބުނާ ގޮތުގައި އެޕަލްއަށް ކުރިންވެސް މި މައްސަލަ ޖެހިފައިވާކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް ކަސްޓަމަރުންނަށް މިކަން ހާމަކުރުމަށް ފޭލިވެފައިވާ ކަމަށެވެ.

"ގަޑީގެ އެތެރޭގައިވާ ބެޓަރީ ކުއްލިއަކަށް ބޮޑުވާނެކަން އެނގި ހުރެވެސް، އެޕަލްއިން ވަނީ، ގަޑީގެ ސްކްރީނަށް އަސަރު ނުކުރާނެހެން އެކަމަށް ބޭނުންވާ ހުސް ޖާގަ ދިނުމަށް، ނުވަތަ ބެޓަރީއާއި ސްކްރީނާއި ދެމެދު ރައްކާތެރިކަމުގެ ގާޑެއް އެޅުމަށް، ނުވަތަ ސްކްރީން ދުރުވުން، ނުވަތަ ތަޅައިގެން ދިޔުން ހުއްޓުވުމަށް ނުކުޅެދިފަ.

މި ބޮޑުވުމުގެ ސަބަބުން ގަޑީގެ މޫނުގެ މައްޗަށް ވާ ގޮތަށް ވަރަށް ބޮޑު ޕްރެޝަރއެއް އުފެދި، ސްކްރީން ދުރުވެ، ނުވަތަ ތަޅައިގެން ގޮސް ނުވަތަ ކޫރުން އެޅޭ ގޮތް މެދުވެރިވާނެ. މިހެން ކަންތައް ވާނީ ގަޑި ބޭނުންކުރާ ފަރާތުގެ އެއްވެސް ކުށެއް ނެތި. މިގޮތަށް ކަންތައް ވުމުން، އޭގެ ތޫނު ކަން ތައް ބޭރަށް ފާޅުވެ، އޭގެ މަސައްކަތްތައް ހުއްޓުމަކަށް އާދޭ. އަަދި ތެޅިފައިވާ ސްކްރީނުގެ ސަބަބުން މީހާއަށް ގަސްދެއްނެތި ގެއްލުންތަކެއް ލިބުމަކީވެސް ހަމަ އެކަށީގެންވާ ކަމެއް."

މައްސަލަ ހުށައަޅާ ފަރާތުން، އެޕަލް ވޮޗް ސީރީޒް 1 ން 6 އާއި ދޭތެރޭގެ ކޮންމެ މޮޑެލްއެއް އަދި ކޮންމެ ސައިޒެއްގެ ގަޑިއެއް އޮތް މީހެއް ތަމްސީލުކުރުމަށް ވަނީ އެދިފައެވެ. އެ ފަރާތުގެ ގާނޫނީ ވަކީލުން ބޭނުންވަނީ "ހަޤީޤީ، ޢާންމު، ސްޕެޝަލް، އިންސިޑެންޓަލް، ޕިއުނިޓިވް އަދި ކޮންސިކުއެންޓަލް ގެއްލުންތައް"، އެ ބަދަލުކުރުމަށް ދާނެ ޚަރަދާއި އެކުގައެވެ.

ޝަކުވާގައި، ސްކްރީން ތަޅައިގެން ދިޔުމުގެ ސަބަބުން ގަޑި އަޅާ ފަރާތަށް ގެއްލުން ކުރިމަތިވެފައިވާ އެތައް ހާދިޘާތަކެއް ސިފަކޮށްފައިވެއެވެ. އޭގެ އެއް ހާދިޘާ ކިޔައިދެމުން، ޝަކުވާ ހުށައެޅި ފަރާތެއް ކަމަށްވާ ކްރިސް ސްމިތް ބުނެފައިވާ ގޮތުގައި. އޭނާ އެޕަލް ވޮޗް ސީރީޒް 3، ގޮލްފް ކާޓެއް ދުއްވުމުގެ ތެރޭގައި އަޅައިގެން ހުއްޓާ، ސްކްރީން ނައްޓައިގެން ގޮސް، އަތް ކަނޑައިގެން ގޮސް އޭނާއަށް 'ސަބްސްޓޭންޝަލް ޕާސަނަލް އިންޖަރީ' އެއް ވަނީ ލިބިފައެވެ. މި ޝަކުވާއާއި އެއްކޮށް އޭނާ ވަނީ އަތުގެ ވަރަށް ބޮޑު ތަނަކުން ފުން ޒަޚަމެއް ލިބިފައިވާ ތަސްވީރެއް ހިއްސާކޮށްފައެވެ.

މި ލޯސޫޓްއަކީ ކުރިން އަޑު އިވިފައިވާ ވާހަކައެއް ހެން ހީވާނަމަ ތިޔަ ހީވަނީ ހަމަ ރަނގަޅަށެވެ. 2019 ވަނަ އަހަރުގައިވެސް ހަމަ މި ފަދަ ލޯސޫޓަކާއި އެޕަލްއިން ވަނީ ކުރިމަތިލާފައެވެ. މީގެ މަދު އަހަރުތަކެއް ކުރިން، ނިއު ޖާރޒީގައި ދިރިއުޅުނު ރައްޔިތެއް ކަމަށްޗާ ޖީނާ ޕްރިއާނޯ-ކޭސާރ ވަނީ އެޕަލްއާއި ދެކޮޅަށް ކްލާސް-އެކްޝަން ލޯސޫޓެއް ހުށައަޅާފައެވެ. އޭނާ ބުނަމުން ދިޔަ ގޮތުގައި އެޕަލްގެ ގަޑިތަކުގެ މޮޑެލްގައި ހުރި އައިބުތަކުގެ ސަބަބުން ބެޓަރީ ބޮޑުވުމަށް މަގުފަހިވާ ކަމަށާއި، އޭގެ ސަބަބުން ގަޑީގެ ސްކްރީނަށް "ބޭނުންކުރާ ފަރާތުގެ އެއްވެސް އިހުމާލެއް ނެތި" ގެއްލުން ލިބޭ ކަމަށެވެ.

މި މައްސަލައިގައި، މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ، ބުނި ގިނަ ބުނުންތައް ބަލައިނުގަނެ ބޭރުކޮށްފައެވެ. އަދި މައްސަލަ ނިންމެވީ އެ އައިބުތަކުގެ ފަހަތުގައި ވަނީ މައްސަލަޖެހިފައިވާ ބެޓަރީތައް ނޫން ކަމުގައެވެ. ފަހުން މައްސަލަ ހުށައެޅި ފަރާތުން ވަނީ މައްސަލަ އަނބުރާ ނަގާފައެވެ.

މީގެ އަހަރެއް ކުރިން، އެޕަލްއިން ވަނީ އެޕަލް ވޮޗް ސީރީޒް 2 އަދި 3 ގެ ވެރިފަރާތްތަކުން، ބެޓަރީ ބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅިގެން ޑިވައިސް އާކޮށްދިނުމުގެ އުސޫލެއް ތަންފީޒުކުރަން ފަށާފައެވެ. "އެޕަލްއިން ވަނީ، ވަރަށް މަދު ޙާލަތެއްގައި ސްކްރީން ކަން ތަކުގައި ރެނދެއް ލާނެ ކަމަށް ވިސްނާފަ،" އެޕަލްގެ ސަޕޯޓް ސަފްހާއެއްގައި ބުނެފައި ވެއެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.