ޓެލެގްރާމް ގައި ރައްކާތެރިކަމަށް ތަފާތު ގިނަ ފީޗަރތަކެއް

ޢާއިޝަތު ޝައިހާ 24 ޑިސެމްބަރު 2021

ޓެލެގްރާމް އިން ދަނީ ކޮންމެ އަޕްޑޭޓަކާއި އެކީގައި އެތައް ގިނަގުނަ ފައިދާތަކެއް ބޭނުންކުރާ ފަރާތްތަކަށް ގެނުވަމުންނެވެ. ޑިސެންބަރު މަހު ކުރީކޮޅު ނެރުނު 8.3 ވާޝަންވެސް އެހެން ވާޝަންތަކަށް ވަކި ދުލެއް ނުދެއެވެ. މޮޅު އާ ފެކްޓަރ އޮފް އޯތެންޓިކޭޝަނަކުން ފެށިގެން ޑިވައިސްތަކާއި ޗެޓްތަކުގެ ޕްރައިވެސީ މެނޭޖްކުރެވޭ ގިނަ ގޮތްތަކާއި ހަމައަށް އެތައް ކަންތައްތަކެއް އަޅުގަނޑުމެންނާއި ހަމައަށް ޓެލެގްރާމް ގެނެސްދީފައި ވެއެވެ.

ކިޔުމަށްފަހު ފޮހެވޭ މެސެޖުތަކުގެ ސެޓިންގ ތައް ވަރުގަދަ ކުރެވިގެން ދިޔުމާއެކު، މިހާރު ވަން-އޮން-ވަން ކޮންވަޒޭޝަނަކުން، މެސެޖުތައް ފޮނުވި ފަރާތުން މުޅި އެއް ދުވަހުގެ މެސެޖުތައް ފޮހެލުމުގެ ގާބިލުކަން ވަނީ ލިބިފައެވެ. ތްރެޑް އިން އަރާ ބޭނުން ތާރީޚަކަށް ފިއްތާލުމަށްފަހު ކަލަންޑަރު ހުޅުވާލައި އެ މީހަކު ބޭނުން ދުވަސްތަކެއްގެ މެސެޖުތައް ފޮހެލެވޭނެއެވެ.

ނަމަވެސް އެހެން މީހެއްގެ އެއްޗެއް ހިއްސާކޮށްފައި ވާނަމަ އެ އެއްޗެއް ނުފޮހެވޭނެއެވެ. ޕްރައިވެޓް ގްރޫޕް ނުވަތަ ޗެނަލެއްގައި އެކްސްކްލޫސިވް މެސެޖެއް ނުވަތަ އެއްޗެއް ހިއްސާކޮށްފި ނަމަ، ގްރޫޕް ސެޓިންގ ގައިވާ 'ރެސްޓްރިކްޓް ސޭވިންގ ކޮންޓެންޓް' އަށް ފިތާލުމުން ފޮނުވި އެއްޗެއްސަށް ރައްކާތެރިކަން ލިބިގެން ދެއެވެ. އޭގެ ސަބަބުން ގްރޫޕްގައިވާ މެސެޖުތަކާއި ތަސްވީރުތައް ފޯވާޑުކޮށް އެހެން މީހުންނާއި ހިއްސާނުކުރެވޭނެއެވެ. އަދި ހަމަ އެއާއެކު ނެގޭ ސްކްރީންޝޮޓްތައް ނެގުން މަނާވެއެވެ. ނަމަވެސް މީގެ ސަބަބުން ރޫޓް އެކްސްޕްލޮއިޓްގެ ބޭނުން ކޮށްގެން، ނުވަތަ އެހެން ފޯނެއްގެ ކެމެރާ ބޭނުންކޮށް ފޮޓޯ ނެގުން ނުހުއްޓުވޭނެއެވެ. ކަންތައް މިހެން އޮތް ނަމަވެސް ހުރަސްތައް ގިނަ ވާ ވަރަކަށް ރަނގަޅެވެ.

ގްރޫޕަކަށް ނޫނީ ޗެނަލަކާއި ގުޅެން ބޭނުން ހެއްޔެވެ؟ ނޫނީ އެތައް ގްރޫޕަކާއި ނޫނީ ޗެނަލްތަކަކާއި ގުޅެން ބޭނުން ހެއްޔެވެ؟ މީގެ ރައްދުގައި ގްރޫޕް އެޑްމިންތަކުން މެސެޖުކޮށްފާނެއެވެ. ނަމަވެސް އަދަށް ދަންދެން މިއީ ކޮންބައެއް ކަމެއް ދެނެގަނެވިފައި ނުވެއެވެ. އެހެންނަމަވެސް، މިހާރު ތިމާއަށް މެސެޖުކުރަނީ ކޮން ގްރޫޕަކުން ކަމާއި، ގުޅުމަށް އެދިފައިވާ މީހާ އެކަމަށް އެދިފައި ވަނީ ކޮން ވަގުތަކު ކަން އެޑްމިން މެސެޖުކުރުމުން އެނގޭނެހެން ފެންނަން ހުންނާނެއެވެ. ބޮޓް އެޑްމިންތައް މެދުވެރިކޮށް ކުއިޒެއް ހަދައިގެން ނުވަތަ ހިލޭ އެހީއެއް ހަދިޔާކޮށްގެން ގްރޫޕަށް ޕްރިވިލެޖް އެކްސެސް ލިބިގެން ދާނެއެވެ.

އަދި ހަމަ އެއާއެކު ޓެލެގްރާމްއިން ވަނީ، ކާކުކަން ނޭނގޭ ގޮތަށް ގްރޫޕްތަކުގައި ޕޯސްޓުކޮށް، ބޭނުންކުރާ ފަރާތްތަކަށް ޗެނަލެއް މެދުވެރިކޮށް ޚިޔާލު ފާޅު ކުރެވޭނެ މަގު ފަހިކޮށްދީފައެވެ. ބޭނުންކުރާ ފަރާތްތަކުން ޚިޔާލު ފާޅުކުރުމުގެ ކުރިން އެ މީހެއްގެ އެވެޓަރ އަށް ފިއްތާލުމަށްފަހު ޗެނަލްގެ ނަމެއް ޚިޔާރުކުރެވިދާނެއެވެ. އެމީހަކު އެ ޗެނެލަކާއި ޕާސަނަލީ ގުޅިފައި ނެތްހާ ހިނދެއްގައި، ޕޯސްޓު ވާނީ އެއީ ކާކުގެ ޕޯސްޓެއްކަން ނޭނގޭ ގޮތަށެވެ.

އަންނަ ފޯނު ކޯލުތައް ބެލެހެއްޓުމަކީ ކުރިމަތިވާ މުހިއްމު ގޮންޖެހުމެކެވެ. މީހަކު ޓޫ-ފެކްޓަރ އޯތެންޓިކޭޝަން ޖައްސާފައި ވާނަމަ އެ މީހަކަށް ވެރިފައި ކުރުމުގެ އާ ގޮތެއް ޚިޔާރުކުރެވޭނެއެވެ. އެއީ ހަމައެކަނި އެސްއެމްއެސް އަކުން ކޯޑެއް ނޫނީ ވޮއިސް ކޯލެއްގެ ޒަރީއާއިން ނޫނެވެ. އެކަމަކު އެއީ ގުޅާ ފޯނު ނަންބަރުގެ ފަހު ނަންބަރުތައް ޖަހައިގެން ދެނެގަތުމެވެ.

މީގެ އިތުރުން، ޑިވައިސްތައް ބެލެހެއްޓުމަށް ޓެލެގްރާމްއިން ވަނީ ޑެސްކްޓޮޕް ސައިން-އިން ގޮތެއް ތައާރަފުކޮށްފައެވެ. މި ގޮތް ބޭނުންކޮށްގެން ކޮމްޕިއުޓަރުގައި ވެބް ބްރައުޒަރ ނުވަތަ އެޕް ބޭނުންކޮށްގެން ފޯނުގައިވާ ކިއުއާރް ކޯޑު ސްކޭންކޮށްލެވޭނެއެވެ. އަދި ހަމަ އެހެންމެ، ބޭނުންކުރާ ފަރާތްތަކުން ވަކި ވަގުތަކަށްފަހު ކުރީގެ ސެޝަންތައް ހުއްޓާލެވޭނެ ގޮތްވެސް ހަދާލެވޭނެއެވެ.

އެންމެ ފަހު ކަމަކަށް މި ބަލާލަނީ ހަމައެކަނި އެންޑްރޮއިޑަށް ޚާއްސަ ކަމަކަށެވެ. އެޕްއިން މިހާރު ވަނީ ވަކިވަކި ޗެޓްތަކުގެ ތީމްތަކުގެ އޮޕްޝަންތައް ގިނަކޮށް، ގްލޯބަލް ސެޓިންގ ތަކާއި އެކީހައި 8.0.1 ވާޝަން ތައާރަފުކޮށްފައެވެ.

އެއްކޮށް ޗޭންޖްލޮގް ބަލާލަން ބޭނުންވާނަމަ ޓެލެގްރާމްގެ ބްލޮގް ޕޯސްޓް ބަލައިލެވިދާނެއެވެ. މި ޕޯސްޓުގައި ހަމައެކަނި އައިއޯއެސްއަށް ޚާއްސަ އެޑިޓްތަކެއް ހިމެނޭނެއެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އޮންލީ ރިއަލް އެޑިޝަން އަދި މީޑިޔާ ކެޕްޝަން ޓެކްސްޓް ފޯމެޓިންގ ފަދަ ސިފަތައް ފުރަތަމަ ތައާރަފުވެފައި ވަނީ އެންޑްރޮއިޑަށް ކަމެވެ. ހަމަ އެހެންމެ، މިހާރު ޓެލެގްރާމް 8.3، އޭޕީކޭ މިރަރ ބޭނުންކޮށްގެން މިހާރު ސައިޑްލޯޑުކޮށްލުމަށް ހުރީ ތައްޔާރުވެފައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.