ރޮބޯޓްތައް މިހާރު ސިކުނޑީގެ ސާރޖަރީތައް ވެސް ކުރޭ

ޢާއިޝަތު ޝައިހާ 26 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮރޯނާ ވައިރަހުގރ އާލަމީ ބަލިމަޑުކަމުގައި އާޓިފިޝަލް އިންޓެލިޖެންސުން، އެކަމަކަށް ލިބެންޖެހޭ ހައްޤު ތަޢުރީފު ލިބިފައި ނުވާ ދައުރެއް އަދާކޮށް މި ވަނީ، ސިއްޚީ ދާއިރާގައި ޓެކްނޮލޮޖީގެ ބޭނުން ބޮޑުވަމުންދާ މިންވަރަށް ސަމާލުކަން ދަމައިގަނެފައެވެ.

އެގޮތުން، މެޑްޓްރޯނިކް (އެމްޑީޓީ) އަކީ ހައި ޓެކް މެޑިކަލް ޑިވައިސްތައް އުފައްދާ ކުންފުންޏެކެވެ. މި ކުންފުނީގެ ސީއީއީ، ގެއޮފް މާރތާއާއި ކުރެވުނު އިންޓަވިއުއެއްގައި ވަނީ ސީއްޚީ ދާއިރާއަށް ޚާއްސަ އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް އަދި ޓެކްނޮލޮޖީތައް ވަނީ ސިފަކޮށްދީފައެވެ. މީގެ ތެރޭގައި، ސިކުނޑީގެ ސާރޖަރީތައް ކުރާ ރޮބޯޓްތަކާއި، ޑޮކްޓަރެއްގެ އެހީއާއި ނުލާ މަސައްކަތްކުރާ 'އަމިއްލައަށް-މަސައްކަތްކުރާ ސާރޖަރީ ހަދާ ރޮބޯޓްތައް' ހިމެނެއެވެ.

"ބަލިމީހުން މިކަމާއި ވަރަށް ގަޔާވޭ،" މާރތާ ބުނެފައި ވެއެވެ. "އެމީހުން އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޚިޔާލަށް ތާއީދުކުރޭ. މީހުން އަބަދުވެސް ބަލަނީ ކުރިއަށްވުރެ ރަނގަޅު ނަތީޖާތަކަށް. މި ނަތީޖާތަކާއި އަބަދުވެސް ޓެކްނޮލޮޖީ ގުޅުވާ."

"ބޮޑަށް ބަލަނީ ރޮބޯޓަކަށް ވުރެ ބޮޑަށް ކުރިއަރާފައިވާ ޓެކްނޮލޮޖީއަށް،" އޭނާ އިތުރަށް ބުނެފައި ވެއެވެ. "އެހެންވެގެން ސާރޖަރީތަކުގައި ރޮބޯޓިކްސް ތަންކޮޅެއް ގިނައިން ފެންނަނީ."

އޮކްޓޯބަރު މަހުގެ ތެރޭގައި މެޑްޓްރޯނިކްއަށް ވަނީ، ސާރޖަރީ ހަދާ ރޮބޯޓެއް ކަމަށްވާ ހޫގޯ ބޭނުންކުރުމަށް ޔޫރަޕުގެ ސިއްހީއިދާރާއިން ހުއްދަ ލިބިފައެވެ. ހޫގޯ އަކީ އަންހެނުންނާއި ގުޅޭ މައްސަލަތަކާއި، ކުޑަކަމުދާ ނިޒާމަށް ޖެހޭ މައްސަލަތަކުގައި ޑަކުޓަރުންނަށް އެހީވެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ރޮބޯޓެކެވެ. މީގެ އެތައް މަސްތަކެއް ކުރިން، ޖޫން މަހުގައި، ޗިލީގެ ސަންޓިއާގޯގެ ހަސްފަތާލެއްގައި މި ޑިވައިސް ބޭނުންކޮށްގެން ކާމިޔާބު ކަމާއި އެކު ކުރެވުނު އެންމެ ފުރަތަމަ ސާރޖަރީގެ ޚަބަރު ވަނީ ކުންފުނިން އިއުލާނުކޮށްފައެވެ.

"އެމީހުން މިއަށް ކިޔަނީ ސޮފްޓް-ޓިޝޫ ރޮބޯޓް،" މާރތާ ބުނެފައި ވެއެވެ. "އެހެންކަމުން އެއިން ކަށްޓަށް އެއްވެސް ގެއްލުމެއް ނުލިބޭނެ."

މެޑްޓްރޯނިކްއަކީ، އޭގެ ވާދަވެރި ކުންފުނި ކަމަށްވާ އިންޝިއުޓިވް ސާރޖިކަލްއަށް ފަހު މާކެޓަށް މި ފަދަ ޑިވައިސްއެއް ނެރުނު ދެވަނަ ކުންފުނި ކަމަށް މާރތާ ވަނީ ބުނެފައެވެ.

ކޮވިޑް 19 ގެ ސަބަބުން ސަޕްލައި ޗޭނު ތަކަށް އައި ހުއްޓުމާއި އެކު ހޫގޯ ތައާރަފުކުރުން މަޑުޖެހިފައިވެއެވެ. "އަޅުގަނޑުމެން މި ވަނީ ޝެޑިއުލްއިން ބޭރުވެފަ. އެހެންނަމަވެސް އަޅުގަނޑުމެންގެ އަމާޒުން ކަސިޔާރެއް ނުވޭ،" މާރތާ ބުނެފައި ވެއެވެ. އޭނާ ވަނީ ކުންފުނީގެ ރޮބޯޓިކްސް ޕްރޮގްރާމަށް ވަރަށް ބޮޑު ކުރިއެރުމެއް 2023 ވަނަ އަހަރުގެ ތެރޭގައި އަންނާނެ ކަމަށް ލަފާކޮށްފައެވެ.

މި ކުންފުނިން މިހާރުވެސް ދަނީ އެހެން ދެ ސާރޖަރީއަށް ޚާއްސަ ރޮބޯޓެއް އުފައްދަމުންނެވެ. އެއީ މައިބަދައިގެ މައްސަލަތަކަށް ފަރުވާ ކުރުމަށާއި ސިކުނޑީގެ ސާރޖަރީތަކަށް ޚާއްސަ ރޮބޯޓުތައް ކަމަށް ޔާހޫ ފައިނޭންސަށް މާރތާ މައުލޫމާތު ދީފައިވެއެވެ.

"އަޅުގަނޑުމެން އަތުގައި ބުރަކަށީގެ ސާރޖަރީތަކާއި ކަށީގެ ސާރޖަރީތައް ހަދާ ސްޕައިން ރޮބޯޓެއް އެބަ ހުރި،" އޭނާ ބުނެފައި ވެއެވެ. "ދެން ހުރީ ޓިއުމަރުތައް ނެގުމާއި ސިކުނޑިއާއި ގުޅޭ އެހެނިހެން ކަންތައްތަކަށް ޚާއްސަ ކްރޭނިއަލް ރޮބޯޓުތައް."

މިދިޔަ އޭޕްރިލް މަހު މެޑްޓްރޯނިކްގެ ސީއީއޯ ކަމާއި ހަވާލުވި މާރތާ، ކުންފުންޏާއި ގުޅިފައި ވަނީ، 20 އަހަރު ޖެނެރަލް އިލެކްޓްރިކް (ޖީއީ) ގައި މަސައްކަތް ކުރުމަށްފަހު 2011 ވަނަ އަހަރުގައެވެ.

ޔާހޫ ފައިނޭންސާއި ވާހަކަ ދައްކަމުން މާރތާ ބަޔާންކޮށްފައި ވާ ގޮތުގައި، ރޮބޯޓުތައް ޑަކުޓަރުންގެ އެހީއާއި އަދި އެހީއާއި ނުލާވެސް މަސައްކަތް ކުރާނެއެވެ.

"އެންމެ ފުރަތަމަ އޮޕަރޭޝަނަށް ޚާއްސަ ޑަކުޓަރެއްގެ ބަހެއް މި ކަމުގައި ބޭނުންވާނެ. އެހެންކަމުން ބައެއް ރޮބޯޓުތަކަކީ ޖޮއިސްޓިކް ބޭނުންކޮށްގެން ޑަކުޓަރުގެ އެހީގައި މަސައްކަތްކުރާ ރޮބޯޓުތަކެއް - ޑަކުޓަރު ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެ މި ރޮބޯޓުގެ ބޭނުން ކުރެވޭނެ."

"ދެން ވަރަށް އަވަސް މުސްތަޤުބަލެއްގައި ފެނިގެން ދާނީ އޭއައި އައިސް ޑަކުޓަރު ގާތުގައި ކުރަން ޖެހޭ ކަންތައްތަކާއި ނުކުރަން ޖެހޭ ކަންތައްތައް ބުނާ ތަން."

"އެހެންކަމުން އަޅުގަނޑުމެން އެ ދިމާލަށް މިސްރާބު ޖަހާފައި މި ވަނީ ވަރަށް އަވަހަށް،" އޭނާ އިތުރަށް ބުނެފައި ވެއެވެ. "އަޅުގަނޑަށް ހީވާ ގޮތުގައި ތިޔަ ބޭފުޅުންނަށް ލިބިގެން ދާނީ އަމިއްލައަށް މަސައްކަތް ކުރާ ސާރޖަރީ ހަދާ ރޮބޯޓުތަކެއް."

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.