ޓެލެގްރާމްއިން އޭގެ އައިފޯނާއި އައިޕެޑް އެޕްއަށް އާ އެތައް ސިފަތަކާއި އެކުގައި އަދާހަމަ ކޮށްފައިވާ ކަމަށް އިއުލާނުކޮށްފިއެވެ. މި ސިފަތަކުގެ ތެރޭގައި މެސެޖުތަކަށް ރިއެކްޓްކުރެވުމާއި، ތަރުޖަމާކުރުމާއި، މެސެޖު ފޮރުވުމާއި، އިންޓަރެކްޓިވް އިމޯޖީތަކުގެ އޮޕްޝަންތައް އިތުރުވުމުގެ އިތުރުން، ބޭނުންކުރާ ވަކިވަކި ފަރާތްތަކަށާއި ޗެނެލްތަކަށް ވަކި ތީމްތަކަކަށް ހުންނަ ކިއު އާރް ކޯޑުތައް ހިމެނެއެވެ.
ރިއެކްޓް ކުރުމުގެ ސިފައާއި އެކު މިހާރު ބޭނުންކުރާ ފަރާތްތަކަށް މެސެޖް ބަބަލްގައި ދެ ފަހަރު ފިއްތާލުމުން މެސެޖުގެ ތިރިން ބޮޑުވާ އިނގިލީގެ ނިޝާން ފެނިގެންދާނެއެވެ. މި އަވަސް ރިއެކްޝަންގެ އިމޯޖީ ބަދަލުކޮށްލަން ބޭނުންވާނަމަ، ސެޓިންގ އަށް ގޮސް ސްޓިކާ އެންޑް އިމޯޖީގެ ބަޔަށް ފިތާލުމަށްފަހުގައި ކުއިކް ރިއެކްޝަނަށް ދާށެވެ. އިތުރު ރިއެކްޝަންތައް ބޭނުންވާ ނަމަ، މެސެޖަށް އޮބާލައި ކުޑަ ހިނދުކޮޅަކު މަޑުކޮށްލާށެވެ.
އައިމެސެޖުގައިވާ އިންވިޒިބަލް އިންކްއާއި އެއްގޮތަށް، މިހާރު މެސެޖު ފޮރުވުމުގެ ސްޕޮއިލަރ ފޯމެޓް ފޯރުކޮށްދެއެވެ. މެސެޖެއް ލިޔަމުންދާ ހިނދު ފޮރުވަން ބޭނުންވާ މެސެޖު ސެލެކްޓްކޮށްލުމަށް ފަހު ކަޅުކުލައިގެ ބޯލްޑް/އިޓާލިކް/އަންޑަރލައިން ޕޮޕްއޯވަރ މެނިއުއަށް ފިއްތާލުމަށްފަހު ސްޕޮއިލަރ އަށް ފިއްތާލާށެވެ. ސްޕޮއިލަރ ފޯމެޓާއެކު ފޮނުވާ މެސެޖުތައް ޗެޓްތަކުގައި ފެންނާނީ ފުސްކޮށެވެ. މެސެޖު ކިޔާލަން ބޭނުންވާ ކަމުގައި ވާނަމަ ފުސްވެފައިވާ ހިސާބަށް ފިއްތާލުމުން އެ މެސެޖެއް ފެންނާނެއެވެ.
ޓެލެގްރާމްއިން މިހާރު މެސެޖެއް އެހެން ބަހަކަށް އެޕް ތެރެއިން ތަރުޖަމާކޮށްލެވޭނެއެވެ. އެޕްގެ ތެރެއިން ތަރުޖަމާކުރަން ބޭނުންވާނަމަ ސެޓިންގ އަށް ގޮސް ލޭންގުއޭޖްގެ ބައިން އެ އޮޕްޝަން އޮން ކޮއްލާށެވެ. ދެން އެއަށްފަހުގައި މެސެޖަށް ކުޑަ ހިނދުކޮޅަކު އޮބާލުމަށްފަހު ބޭނުންވާ ބަހަކަށް ތަރުޖަމާކޮށްލެވޭނެއެވެ. ބޭނުންވާނަމަ ފަރިތަކަމާއެކު ވާހަކަދެއްކޭ އަދި ދެނެގަނެވޭ ބަސްތައް، ބޭނުންވާ މެސެޖުތަކުން އުނިކުރެވޭނެއެވެ. އައިފޯނު އަދި އައިޕެޑްގައި މި ސިފަ ބޭނުންކުރުމަށްޓަކައި އައިއޯއެސް 15 އަދި އައިޕެޑްއޯއެސް 15 ނުވަތަ އެއަށްވުރެ ފަހުގެ ވާޝަނެއް ބޭނުންވާނެއެވެ.
ދެން އިތުރުވެގެން އައި އަނެއް ސިފައަކީ ތީމުތަކަށް ބެހިފައިވާ ކިއުއާރު ކޯޑުތައް، އާންމު ޔޫސަރނޭމް ގެންގުޅޭ ފަރާތްތަކަށާއި، ގްރޫޕްތަކާއި ޗެނަލްތަކުގެ އިތުރުން ބޮޓްތަކަށް ޖެނެރޭޓްކުރުމުގެ ގާބިލުކަން ލިބިފައި ވުމުގެ ސިފައެވެ. ހަމަ އެއާއެކު، މެސެޖުތައް ފޮނުވުމުން އެނިމޭޓްވާ އިންޓަރެކްޓިވް އިމޯޖީއަށް އިތުރުވުންތަކެއް އައިކަން ވެސް ފާހަގަކޮށްލެވެއެވެ.
ޓެލްގްރާމް ވާޝަން 8.4 މިހާރު އައިފޯނާއި އައިޕެޑްގެ އެޕް ސްޓޯގައި ލިބެން ހުންނާނެއެވެ.
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.