މޭވާއާއި ތަރުކާރީގެ އާ ޕެކޭޖިންގ އިން ޖަރާސީމު ނައްތާލަދޭ

ޢާއިޝަތު ޝައިހާ 05 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އާންމުކޮށް ކާންބޯން ގެންގުޅޭ ތަކެތީގެ ތެރެއިން މޭވާއާއި ތަރުކާރީ މަދު ދުވަސްތަކަކަށްފަހު ކުނިވެ ހަލާކުވެއެވެ. އެންމެ ކާހިތްވާ ތަރުކާރީ އައިސްއަލަމާރީގެ އެއް ކަނެއްގައި ބިތް ޖެހުން މި ވަނީ ވަރަށް މާޔޫސްކުރުވަނިވި ކަމަކަށެވެ.

އެހެންނަމަވެސް، ދިރާސާކުރާ ފަރާތްތަކުން މި ވަނީ، މޭވާއާއި ތަރުކާރީ ކުނިވުމަށް މެދުވެރިވާ ޖަރާސީމު ނައްތާލާ މައިކްރޯބްތަކެއް، މަޑުމަޑުން ތަރުކާރީ ނުވަތަ މޭވާގެ ތެރެއަށް ދޫކުރާ ވައްތަރުގެ މޮޅު ކާތަކެތި ބަންދުކުރާ އެއްޗެއް އުފައްދާފައެވެ. މީގެ ސަބަބުން މޭވާއާއި ތަރުކާރީގެ ތާޒާކަން ދަމަހައްޓައިދޭނެއެވެ.

މި ސްމާޓް ޕެކޭޖިންގ އުފައްދާފައިވަނީ ހާވާޑް އަދި ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވަރސިޓީގައި ތިބޭ ދިރާސާކުރާ ފަރާތްތަކުންނެވެ. މިއީ ބަލާބެލުމަށް ޕްލާސްޓިކާއި އެއްގޮތްކަން ހުރި، ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭ އެހެން އެއްޗެއް ނަމަވެސް، މިއީ ތިމާވެއްޓާއި ރަށްޓެހި އަދި އަވަހަށް ހަލާކުވާ އެއްޗެކެވެ.

މި ޕެކޭޖިންގ މެޓީރިއަލް ހަދާފައި ވަނީ ޕްރޮސެސް ޑަބްޑް އިލެކްޓްރޯސްޕިނިންގ މެދުވެރިކޮށެވެ. އޭގައި ޕޮލިމަރ ސޮލިއުޝަންގެ ރޮދިތައް ފައިބަރ އަށް ބަދަލުވެގެން ދާނެއެވެ. މީގައި އެންމެ މުހިއްމު އެކައްޗަކީ ޕްރޮޓީން ޑަބްޑް ޒެއިންއެވެ. މިއީ ކޯން ސްޓާޗް ނުވަތަ ތެލުން، އެތަނޯލް އުފެއްދުމުގެ ތެރޭގައި އުފެދޭ ވޭސްޓް ބައި-ޕްރޮޑަކްޓެކެވެ.

މީގެ ތެރެއަށް ދިރާސާވެރިން އިތުރުކޮށްފައި ވަނީ ޕްލާންޓް ސްޓާޗް ސެލިއުލޯޒް އަދި އެސްޓިކް އެސިޑެވެ. ދެން އަޅާފައި ވަނީ ތައިމް ތެޔޮ ފަދަ ފަތްޕިލާވެލިން ނަގާފައިވާ އެންޓިމައިކްރޯބިއަލް މައުދަންތަކާއި ސިޓްރިކް އެސިޑެވެ.

ލެބް ތަކުގައި ހެދި ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި، މާހައުލުގެ ތެތްކަން އިތުރުވެއްޖެނަމަ، ނުވަތަ ބައެއް ކަހަލަ މައިކްރޯއޯގޭނިޒަމް ތަކުން ދޫކުރާ އެންޒައިމެއްގެ ސަބަބުން، ޕެކޭޖިންގ މެޓީރިއަލްގައިވާ ފައިބަރ އިން ވަރަށް މަދު އަދަދަކަށް އެންޓިމައިކްރޯބިއަލް ދޫކުރެއެވެ.

ބޭނުންވާ ވަގުތަށް ބޭނުންވާ ވަރަށް އެ މައުދަންތައް ދޫކުރުމުން، ޕެކޭޖިންގ އެތައް ގިނަގުނަ އެކްޕޯޝަރ ތަކާއި ދެކޮޅަށް އެތައް މަސްދުވަހެއް ވަންދެން ދެމިހުންނާނެއެވެ.

މި ޕެކޭޖިންގ ސްޓްރޯބެރީ ބެޗެއްގައި ޓެސްޓްކޮށްފައި ވާއިރު، އެ ސްޓްރޯބެރީތައް 7 ދުވަސް ވަންދެން ތާޒާކަން މަތީ ދެމިހުއްޓެވެ. ނަމަވެސް މިއާ ޚިލާފަށް އާދައިގެ ޕްލާސްޓިކް ކޮންޓައިނަރެއްގައި ބެހެއްޓި ސްޓްރޯބެރީތައް ތާޒާކަން މަތީ ދެމިހުރީ އެންމެ 4 ދުވަހަށެވެ.

ހާވާޑް ޗާން ސްކޫލްގެ އެންވާރަމެންޓަލް ހެލްތާއި ބެހޭ އެޑްޖަންކްޓް ޕްރޮފެސަރ، ޕްރޮފެސަރ ފިލިޕް ޑެމޯކްރިޓޮއު އޮޅުންފިލުވައިދީފައިވާ ގޮތުގައި، "ކާނާގެ ސަޕްލައި ބަވަނަވުމާއި، ސިއްޚަތަށް ފައިދާހުރި ދިރިއުޅުމާއި އަދި ތިމާވެއްޓާއި ރަށްޓެހި ކާތަކެތި ބަންދުކުރާ ތަކެއްޗަށް ބޭނުން ބޮޑުވުމުގެ ސަބަބުން، ކާތަކެތީގެ ސަލާމަތާއި އޭގެ ކޮލިޓީ އިތުރުކުރުމަށްޓަކައި، އަވަހަށް ހަލާކުވާ، ނުރައްކާތެރި މާއްދާތައް ނުހިމެނޭ، އަދި ސްމާޓް ނުވަތަ ރެސްޕޯންސިވް މެޓީރިއަލްތައް އުފެއްދުމަށް މިވަނީ ބޭނުން ޖެހިފަ."

އޭނާ އިތުރަށް ބުނެފައި ވެއެވެ. "ގުދުރަތީ ގޮތުން ނެރޭ، އަވަހަށް ހަލާކުވާ ބައޯޕޮލިމާތަކުން އުފައްދާ، އަދި ސްޓިމިއުލައި ޓްރިގަރ ކުރެވޭ ގޮތްތައް ހުންނަ ކާތަކެތި ބަންދުކުރާ މެޓީރިއަލްތައް އުފައްދާ މަންސަތައް ތަރައްގީކުރުމުން، މުޖްތަމަޢުއިން ކާބޯތަކެތި އިސްރާފުކުރުން މަދުވެ. އޭގެ ސަލާމާތާއި ރައްކާތެރިކަން، އަދި ކޮލިޓީ އިތުރަށް ރަނގަޅުވެގެން ދާނެއެވެ."

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.