އެންޑްރޮއިޑް ސްމާޓްފޯންތަކުގެ ތެރޭގައި މިހާރު އެންމެ ނަންހިނގާ އެއް ބްރޭންޑަކީ ޗައިނާގެ ޝައުމީއެވެ. ޝައުމީ ގެ އެންމެ އާފޯނު ކަމުގައިވާ ޝައުމީ 12 ޕްރޯއަކީ އެކި ރޮނގުރޮނގުން ނަގައިލެވޭ މޮޅު ފޯނެކެވެ. މިފޯނުގައި އެހެންނަމަވެސް އެންމެ ދަމައިގަންނަ އެއް ސިފައަކީ އޭގެ ބާރުގަދަ ކެމެރާއެވެ.
ޝައުމީ 12 ޕްރޯގެ މޮޑެލްގައި ބޭނުންކުރަނީ ސޮނީ އިން އުފައްދާފައިވާ 1/1/28 އިންޗީގެ އައިއެމްއެކްސް 707 ސެންސަރުގެ ކެމެރާއެކެވެ. މިއީ ސޮނީގެ އައިއެމްއެކްސް 700ގެ ކެމެރާގެ ފަރުމާގެ މައްޗަށް ބިނާކޮށް އަޕްގްރޭޑްކޮށްފައިވާ މޮޑެލްއެކެވެ. މިކެމެރާގައި 1.4 މައިކްރޮމީޓާރގެ 4-އިން-1 ޕިކްސަލް ބޭނުންކުރާނެއެވެ. ކެމެރާގެ ސެންސަރާއި ލެންސުގެ އެޕާޗިއަރ ބޮޑުކުރެވިފައިވުމާއެކު އާދައިގެ ފޯނުކެމެރާތަކަށްވުރެ ގިނަ އަލި ކެެމެރާގެ ތެރެއަށް ނަގައިގަނެ ބްލަރ ވުން ކުޑަކުރެވޭނެއެވެ. މިއާއެކު ކުރީގެ ޖެނެރޭޝަންތަކުގެ ފޯނުތަކަށްވުރެ 49 އިންސައްތަ ފޮޓޯ ކޮލިޓީ ރަނގަޅުކުރެވޭނެއެވެ.
ޝައުމީ 12 ޕްރޯގެ ކެމެރާއަކީ އެކުންފުނިން ނެރުނު ސައިޒުން އެންމެ ބޮޑު ފޯން ކެމެރާއެއް ނޫނެވެ. ޝައުމީ އެމް11 އަލްޓްރާގެ ކެމެރާ މިއަށްވުރެ ކުޑަ ތަންކޮޅެއް ބޮޑެވެ. އެހެންނަމަވެސް، އެޕަރޗިއަރ މަތީ ޝައުމީ 12 ޕްރޯގައި ކަމުން، ޖުމްލަގޮތެއްގައި މޮޅީ 12 ޕްރޯގެ ކެމެރާއެވެ.
ޝައުމީ 12 ޕްރޯގައި 50އެމްޕީގެ ޖުމްލަ 3 ކެމެރާ ހިމެނެއެވެ. މީގެ އިތުރުން ޖީއެން1 ސެންސަރު ބޭނުންކުރާ 2 ކެމެރާއެއް މިމޮޑްލްގައި ބޭނުންކުރެވެއެވެ. ޝައުމީ 12 ޕްރޯގެ ކެމެރާގައި 115 ޑިގްރީގެ ވިޔުއެއް ހިމެނެއެވެ. ދެން އިންނަނީ ޕޯޓްރެއިޓް ނެގުމަށް ޚާއްޞަ ޓެލެފޮޓޯއެއްވެސް މިފޯނުގައި ހިމެނެއެވެ.
ޝައުމީ ޕްރޯ 12 ނަގާފައި ދެން ނެރޭ އޭގެ ސްޓޭންޑާޑް ވާޜަން: ޝައުމީ 12ގެ މޮޑެލްގައި ބޭނުންކުރާ ކެމެރާ ވަކިދެރައެއްނޫނެވެ. 12 ޕްރޯއަށް ވުރެ ކުޑަ ސެންސަރަކާއިއެކުވެސް 1/1.56 އިންޗީގެ ސޮނީ އައިއެމްއެކްސް766 ކެމެރާއެއް ހިމެނެއެވެ. މިމޮޑެލްގައި 13އެމްޕީ އަލްޓްރާވައިޑް ކެމެރާއަކާއި 5އެމްޕީގެ ޓެލެމެކްރޯ ކެމެރާއެއް ހިމެނެއެވެ.
ޝައުމީ 12 އަދި 12 ޕްރޯގައިވެސް އަލިކަން ކުޑަ ހާލަތްތަކުގައި ބޭނުންކުރެވޭނެ ނައިޓްމޯޑް އަލްގޮރިދަމްއެއް ހިމެނެއެވެ. އަދި ސްމާޓް ވިޜުއަލް ޓްރެކިންގްއާއިއެކު އިންސާނުންގެ ލޮލާއި، ޝޭޕް އަދި ޖަނަވާރުތައްފަދަ އެސްޕެކްޓްތަކަށް ފޯކަސްކުރެވޭ ފީޗާއެއް މިދެމޮޑެލްގެ ކެމެރާގައިވެސް ބޭނުންކުރެވެއެވެ. ޝައުމީ 12 އަދި 12ޕްރޯގެ މޮޑެލްތަކުގައި ސަބްޖެކްޓްތަކައް މިފަދައިން ފޯކަސްކުރަން ބޭނުންކުރެވޭ އަލްގޮރިދަމްއާއިއެކު ހަރަކާތްތެރިވަމުންދާ އޮބްޖެކްޓްތަކުގެ ސާފު ފޮޓޯވެސް ނެގިގެންދާނެއެވެ.
ކެމެރާ ޕަފޯމަންސްގެ އިތުރުން، ޝައުމީގެ ވާދަވެރިންގެ މައްޗަށް ގަދަވެގަތުމަށްޓަކައި ސްނެޕްޑްރެގަން 8 ޖެން-1 ޕްރޮސެސަރަކާއިއެކު 30 އިންސައްތަ ޕަވަރ އަދި 25 އިންސައްތަ އެނާޖީ އެފިޝަންސީ ހޯދެއެވެ. މީގެ އިތުރުން ވާދަވެރިންނަށްވުރެ ފަސްގުނަ އަވަހަށް މަސައްކަތްކުރާ އޭއައި އިންޖީނެއްވެސް މިފޯނުގައި ހިމެނެއެވެ.
ފޯނުގައި އުފެދޭ ހޫނު ކޮންޓްރޯލްކުރުމައްޓަކައި ޝައުމީ 12 ޕްރޯގައި 2،900 މިލިމީޓަރުގެ ވީސީ ސޯކިންގް ޕްލޭޓަކާއި ތިން ގްރެފައިޓް ޝީޓު ބޭނުންކުރެއެވެ. ޝައުމީ 12ގެ މޮޑެލްގައި ބޭނުންކުރަނީ އޭގެ ސައިޒަށް ފެތޭ 2،600 މިލިމީޓަރުގެ ވީސީ ޕްލޭޓަކާއި 1000 މިލިމީޓަރުގެ ކަޅު އަދި ހުދު ގްރެފައިޓުގެ ޕްލޭޓެއް އެންޓެނާގެ ކައިރީގައި ހަރުކޮށްފައި ހުންނާނެއެވެ. ދެފޯނުގައިވެސް ބޭނުންކުރާނީ އޯއެލްއީޑީ ޕެނަލްއެވެ. ޝައުމީ 12 ޕްރޯގައި ބޯމިނުގައި 6.73 އިންޗީގެ 1440×3200 ރިޒޮލިއުޝަންގެ އޯއެލްއީޑީ ޕެނަލްއެއް ހިމެނޭނެއެވެ. ބްރައިޓްނަސްގައި ޝައުމީ 12 ޕްރޯ 1500 ނިޓް ހިމެނޭނެއެވެ. ޝައުމީ 12ގެ 6.28 އިންޗީގެ ސްކްރީނަކީ 1080×2400 ރިޒޮލިއުޝަންގެ ސްކްރީނެކެެވެ. މިސްކްރީންގެ ބްރައިޓްނަސް އުޅޭނީ 1100 ނިޓުގައެވެ.
ޝައުމީ 12 އަދި ޝައުމީ 12ޕްރޯ އަޑުއަހައިލަން ކިތަންމެހާވެސް ފުރިހަމައެވެ. ޝައުމީ 12 ޕްރޯގެ އަގުއުޅެނީ 4،699-5،399 ޔެން (737-847 ޑޮލަރު) ހިސާބުގައެވެ. ޝައުމީ 12ގެ އަގުއުޅޭނީ 3،699-4،399 ޔެން (580-690 ޑޮލަރު) ހިސާބުގައެވެ. އެހެންނަމަވެސް މިދެމޮޑެލްގެ ފޯނުވެސް ލިބެން ހުންނާނީ ހަމައެކަނި ޗައިނާގައެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.