ޓެކް ކުންފުނިތަކަށް، މެޓަވާސްއަށް ވަނުމަކީ ބޮޑު ފިޔަވަޅެއްކަން ސާބިތުވާން ފަށައިފިއެވެ. މީގެ ސަބަބުން ޓެކް ކުންފުނިތަކަށް އިންވެސްޓްކުރާ ގިނަ އިންވެސްޓަރުން ހާއްސަ ގޮތެއްގައި ބަލަނީ އަލަށް ނެރޭ ވާޗުއަލް ސްޕޭސްއަކަށް ދަނީ ކޮން ކުންފުނިތަކެއްތޯ ބެލުމެވެ.
މެޓަވާސްއަކީ ކޮމްޕިއުޓަރުން ޖެނެރޭޓް ކުރެވިފައިވާ ތަނެއްގައި ނުވަތަ އެންވަޔަރަމަންޓެއްގައި އެންމެނަށްވެސް އިންޓަރެކްޓް ވެވޭގޮތައް ތައްޔާރު ކުރެވިފައިވާ ވާޗުއަލް ރިއަލިޓީ ސްޕޭސްތަކަށް ދެވިފައިވާ ނަމެކެވެ.
މެޓަވާސްގެ ދުނިޔެތަކާއި ޓެކްނޮލޮޖީތައް އިތުރުވެ، ބޭނުންކުރާ މީހުން ގިނަވުމުން މިފަދަ ޓެކްނޮލޮޖީތައް އެދުނިޔެ ތެރޭގައި ބޭނުންކުރާ ގޮތް މުޅިން ތަފާތު ވެގެންދެއެވެ. އޮގްމެންޓެޑް ރިއަލިޓީ، މީސް މީޑިއާ، ވާޗުއަލް ރިއަލިޓީއާއި ކްރިޕްޓޯކަރަންސީ ފަދަ ޓެކްނޮލޮޖީތަކުން މި ޓެކްނޮލޮޖީތައް އިހްސާސްކުރާ ގޮތް މުޅިން ބަދަލުކޮށް އައު ޓެކްނޮލޮޖީގެ ދުނިޔެއެއް އުފައްދައެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ އާޓިކަލްއެއްގައި، ޖީއެމް އެޑްވައިޒަރީ ގްރޫޕްގެ ޑިރެކްޓާ އޮފް އިންވެސްޓްމެންޓް ސްޓެރެޓެޖީ ފްރޭންކް ބާލާސް ބުނިގޮތުގައި އެމީހުންގެ ފާމްއިން މިހާރު ގިނައިން ބަލަމުންދަނީ އޮންލައިން ސްޕޭސްގެ ފައިދާ ކުރަން އެނގޭ ކުންފުނިތަކަށް ކަމަށެވެ.
ވާޗުއަލް ރިއަލިޓީ، އޮގްމެންޓެޑް ރިއަލިޓީ އަދި ވީޑިއޯ ގެ ކޮމްބިނޭޝަނެއް ކަމުގައިވާ މެޓަވާސް އިން އިޝާރާތް ކުރަނީ މެޓާ (ކުރީގެ ފޭސްބުކް) އަދި މައިކްރޯސޮފްޓް (އެމްއެސްއެފްޓީ) ފަދަ ކުންފުނިތަކުން އަމަލީ ގޮތުން އުފައްދަމުން އަންނަ އެވަޓާ ލީޑް ވާޗުއަލް ދުނިޔެތަކަށެވެ.
"އަހަރެމެންގެ މިހާރުގެ ދުނިޔެ ހަލުވި ސްޕީޑެއްގައި ޑިޖިޓަލް ދުނިޔެއާއި އަރާހަމަވެ އެކައްޗަކަށްވާއިރު، އަހަރެމެން ބޭނުންވަނީ މި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބޭ ކުންފުނިތަކުގައި އިންވެސްޓްކުރަން" ކަމުގައި ބާލާސް ބުނެފައިވެއެވެ.
މެޓަވާސް އަކީ އަދިވެސް ގިނަ ބަޔަކަށް އެހާ ފުން ވިސްނުމެއްގައި އިނގޭ އެއްޗެއް ކަމުގައި ނުވާއިރު، ބައެއް ބްރޭންޑްތަކުން މަސައްކަތް ކުރަނީ މިހާރުންސުރެން މެޓަވާސް ތެރެއަށް ވަދެ ޕްލެޓްފޯމް ބޭނުން ކުރާ މީހުންނަށް ބްރޭންޑް އިންޓްރޮޑިއުސް ކުރުމަށެވެ.
ޓެކް ކުންފުނިތަކާ އެކު، ޗިޕޯޓްލޭ (ސީއެމްޖީ) އަދި ނައިކީ (އެންކޭއީ) ފަދަ ބްރޭންޑްތަކުން ދާދި ފަހުން ވަނީ އެ މީހުންގެ އުފެއްދުންތައް މެޓަވާސްގައި މާކެޓްކޮށްފަ އެވެ.
ބައެއް އިންވެސްޓަރުން ކަންކަން އެއް ފިޔަވަޅު ފަހަތަށް އަޅައި މެޓާ ތީމްޑް އެކްސޭންޖް ޓްރޭޑެޑް ފަންޑުތައް (އީ.ޓީ.އެފް) ލޯންޗް ކުރެ އެވެ.
އީ.ޓީ.އެފް އިން ފައުންޓް އިންވެސްޓްމަންޓް ކޯ ލިމިޓެޑް ގެ ނަމުގައި ތައާރަފުކުރި މި ކުންފުނީގެ ނަން ބަދަލުކުރި ދުވަހު މެޓާގެ ނެޓް އެސެޓްގައި މިހާރު 8 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެބަހުއްޓެވެ.
ރައުންޑްހިލް ފައިނޭންޝަލް އިންކް އާ ގުޅިގެން މެޓާ އީޓީއެފް ލޯންޗް ކުރި ވެންޗާ ކެޕިޓަލިސްޓް މެތިއު ބޯލް ބުނީ "އިންވެސްޓަރުން މި މައުޟޫއާ މެދު ފޯރިގަދަވެއްޖެ" ކަމަށެވެ.
އެންވީޑިއާ (އެންވީޑީއޭ) ފަދަ ކުންފުނިތަކުގެ ސްޓޮކާއެކު، މެޓާ އީޓީއެފްގައި މިހާރު 800 މިލިއަން ޑޮލަރުގެ އެސެޓް ހުރި އިރު، މިދިޔަ ދެ ހަފުތާގެ ތެރޭގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 11 އިންސައްތައަށް އަރައިފަ އެވެ.
ކުރިއަށް އޮތް އަހަރުތަކުގައި މެޓަވާސްގައި ޓެކްނޮލޮޖީގެ އެހީގައި ތަފާތު ގިނަ ކަންތައްތައް ކުރެވެން ހުންނާނެ ކަމުގެ އުއްމީދު މިހާރު އެބަ ފެނެއެވެ. ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދުނިޔެ ކުރިއަރައިގެން މިދަނީ ހަލުވި ބާރު މިނެއްގައި ގިނަ ޤަޢުމުތަކަށް އެއާއި އަރައި ހަމަވެސް ނުކުރެވޭ ބާރު މިނެއްގައޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.