އެޑިޓް ގްރިޑް ފީޗަރ އިން އިންސްޓާގްރާމަށް އާ ދިރުމެއް

ޢާއިޝަތު ޝައިހާ 14 ޖެނުއަރީ 2022

ފާއިތުވެ ދިޔަ އަހަރުތަކުގައި އިންސްޓާގްރާމް ވަނީ އެންމެ މަގުބޫލު އެއް ސޯޝަލް މީޑިޔާ ނެޓްވޯކަށް ވެގެން ގޮއްސައެވެ. އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓަ އިން މި އެޕްއަށް އާ ސިފަތަކުގެ އަޖުމަ ބަލައިލަން ޖެހިލުން ނުވާ އިރު، މިހާރު އިންސްޓާގްރާމްގެ ޑެވްތައް ދަނީ، ސްމާޓްފޯނަށް ދެވި ހިފާފައިވާ މިންވަރު ކުޑަކުރުމަށް އެހީވުމަށްޓަކައި، ޓޭކް އަ ބްރޭކް ސިފައެއް އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށް ބުނަމުންނެވެ. ހަމަ އެއާއެކު، އެހެން ސިފައެއް އުފެއްދޭތޯ މަސައްކަތް ކުރަމުން ދާ ކަންވެސް މި ވަނީ އެނގިފައެވެ. ޕޯސްޓުތައް ބޭނުން ތަރުތީބަކުން އަތުރާލުމުގެ ޚިޔާލު ދުވަހަކުވެސް ކޮށްފައި ވާނެ ހެއްޔެވެ؟ އެހެންކަމުގައި ވާނަމަ، އިންސްޓާގްރާމުން އެމީހަކަށް ވަރަށް ޚާއްސަ ކަމެއް ފަހަރެއްގައި ތައްޔާރު ކުރަމުން އެބަ ދެއެވެ.

އިންޖިނިއަރ އެޕްތައް ރިވާސްކޮށް އޭގައި ފޮރުވިފައިވާ ސިފަތަކާއި އަޕްޑޭޓުތައް ހޯދާ ޑެވެލޮޕަރ އަދި ލީކަރެއް ކަމަށްވާ އަލަސެންޑްރޯ ޕަލޫޒީ ވަނީ، އިންސްޓާގްރާމްއާއި ބެހޭ ގޮތުން މައުލޫމާތު އެއްކުރުމުގެ ތެރޭގައި ވަރަށް ޝައުގުވެރިކަމެއް ހޯދާފައެވެ. އޭނާގެ ޓުވިޓަރ އެކައުންޓުގައި ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކުން އެނގޭ ގޮތުގައި، ބޭނުންކުރާ ފަރާތްތަކަށް އެމީހެއްގެ ޕްރޮފައިލް ގްރިޑް ބަދަލުކޮށް، ތަސްވީރުތަކުގެ ތަރުތީބު ބަދަލުކޮށްލުމަށް އެހީވެދޭ ސިފައެއް އިންސްޓާގްރާމުން އެޕަށް އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ޕޯސްޓުތައް ތަރުތީބު ވެފައި ވަނީ ރިވާސް ކްރޮނޮލިޖިކަލް ތަރުތީބަކުންނެވެ. އަދި ގްރިޑްތައް ހުންނަ ގޮތަށް ބަދަލު ގެނެވޭނެ އޮޕްޝަނެއް ނުހިމެނެއެވެ. ގިނަ ތަސްވީރުތަކެއް ބޭނުންކޮށްގެން މޮޅު ގްރިޑް ޖާދުލެއް ބޭނުންކޮށްގެން ބޮޑު ތަސްވީރެއް ހަދާއިރު، ތަރުތީބު ނުބައި ވެއްޖެ ނަމަ އަލުން ޖެހޭނީ ފަށާށެވެ. ނަމަވެސް މުސްތަގުބަލުގައި، އޭގެ ބަދަލުގައި އަވަހަށް އަދި ފަސޭހަކަމާއި އެކީގައި އަލުން އެ ތަސްވީރުތައް ތަރުތީބުކޮށްލެވޭނެއެވެ.

މި ޓްވީޓްއިން ފެންނަ ގޮތުގައި، އެޑިޓް ޕްރޮފައިލް ސެޓިންގސްގެ ދަށުން އާ 'އެޑިޓް ގްރިޑް' އޮޕްޝަނެއް އެބަ ހިމެނެއެވެ. މިއަށް ފިއްތުމުން، ބޭނުންކުރާ ފަރާތުގެ ޕްރޮފައިލްގައި ވާ ހުރިހާ ޕޯސްޓުތަކެއް އެޕުން ދައްކާނެއެވެ. ދެން ބޭނުން ތަރުތީބަކަށް ތަސްވީރުތައް އެތުރޭނެއެވެ. 'ޑަން' އަށް ފިއްތުމުން ތަރުތީބުކުރި ގޮތަށް ޕޯސްޓުތައް ސޭވްވެ، އެކަން ޕްރޮފައިލުންވެސް ފެންނަން ހުންނާނެއެވެ. އަދި އުފައްދަމުން ދާތީ އާންމުންނަށް މި ސިފަ ލިބެން ނުހުންނާނެއެވެ.

މިކަމާއި ގުޅޭ ރަސްމީ އިއުލާނެއް އިންސްޓާގްރާމުން ކޮށްފައި ނުވާތީ، މި ސިފަ ތައާރަފުވެގެން ދާނީ އަދި ކޮން އިރަކު ކަމެއް ނޭނގެއެވެ. މި ސިފައިގެ އަޖުމަ ބަލާލުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބިގެން ދާނީ ބޭޓާ ޓެސްޓަރުންނަށެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.