ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މަގުތަކުގެ ބިމުގައި ޓްރެފިކް ލައިޓްތައް ހަރުކުރަން ފަށައިފިއެވެ. އެސިޓީއިން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ނިންމުމެއް ނިންމާފައިވަނީ ފޯނަށް ބަލައިގެން އިސްޖަހައިގެން ހިނގާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
އެގޮތުން އެސިޓީގެ އެކި ސަރަހައްދު ތަކުގައި މިހާރު މި ބާވަތުގެ 1200 ޓްރެފިކް ލައިޓްވަނީ ގާއިމުކުރެވިފައިއެވެ. އެސިޓީގެ 25 އަވަށަކުން މި މަސައްކަތް ފުރަތަމަ ފަށާފައިވާ އިރު 138 ލައިޓާއިއެކު މި ނިޒާމު އެންމެ ގިނައިން ގާއިމުވެފައިހުރީ ސޯލްގެ ދެކުނު ދާއިރާގައިއެވެ.
މި ލައިޓްތައް ހަރުކުރެވިފައިވަނީ މަގު ތަކުގައި ކުރަހާފައިވާ ކަފިހި ހުރަސްތައް ކައިރީގައިއެވެ. މި ނިޒާމަކީ ސްމާޓްފޯނަށް ގެއްލި ތިބިގެން ހިނގާބިގާވާ ސްމާޓްފޯން ޒޮމްބީތަކަށް ލެޑް ލައިޓްގެ އެހީގައި މަގުތައް ހުރަސްކުރުމަށް އެހީތެރިވެދޭ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.
ސޯލްގެ އަވަށު އޮފީސްތަކުން މި ނިޒާމު ގާއިމުކުރުމަށް ނިންމީ ސްމާޓްފޯން ޒޮމްބީ ތަކާއިހެދި ދިމާވާ އެކި އެކްސިޑެންޓްތަކުން އެމީހުންނާއި އެހެން މީހުން ރައްކާތެރިކުރުމުގެ ގޮތުންނެވެ. ރޭގަނޑު މި ނިޒާމުގައި ހުންނަ ލެޑްތަކުގެ އަލިގަދަވުމުގެ ޝަކުވާ ކޮންމެވެސް ވަރަކަށް ލިބުނަސް މި ނިޒާމު ގިނަބަޔަކު ވަނީ ބަލައިގަނެފައިއެވެ. މީގެ އިތުރުން ސޯލްގެ އޮފިޝަލުން ހާމަކުރާ ގޮތުގައި ހާއްސަކޮށް ސްކޫލްތަށް ހިމެނޭ ސަރަހައްދުތަކުން މި ނިޒާމުވަނީ ބަލައިގެންފައިއެވެ.
މި ނިޒާމަކީ ސްމާޓްފޯން ޒޮމްބީތަކަށް ހާއްސަކޮށް އުފެއްދި އެއްޗަކަށްވިޔަސް މީގެ ސަބަބުން ކުޑަކުދިން މަގުގެ ދުއްވާ ސަރަހައްދުތަކުން ދުރުކުރުމަށް އެހޭތެރިކަންވެސް ލިބޭކަމަށް އެސިޓީގެ އޮފިޝަލުން ވަނީ ހާމަކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި