ސިއްޙީ ނިޒާމު ބަދަލުކޮށްލި 5 އޭއައި ޓްރެންޑެއް

ޢާއިޝަތު ޝައިހާ 15 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮވިޑް-19 ގެ ސަބަބުން އެތައް ތުރާތަކެއް ކުރިމަތިވި ނަމަވެސް، ސިއްޙީ ނިޒާމުގައި ކޮންޒިއުމަރިޒަމް ސުޕަރޗާޖުކޮށް، އޭގެ ސަބަބުން ސިއްޙީ ޚިދުމަތުގެ ޚަރަދާއި، ފެންވަރު ރަނގަޅު ބޭސްފަރުވާ ދިނުމަށް ޝައުގުވެރިވާ ކުންފުނިތަކަށް އެތައް ރަނުގެ ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.

ސީބީ އިންސައިޓްސްގެ އެންމެ ފަހުގެ ފިއުޗަރ އޮފް ހެލްތް ކޮންފަރެންސްގައި ވާހަކަދައްކަމުން، ނިއު ޔޯކް ސިޓީގައި ހުންނަ ދިރާސާކުރާ ކުންފުންޏެއްގައި މަސައްކަތްކުރާ ސީނިޔަރ މެނޭޖިންގ އެނަލިސްޓެއް ކަމަށްވާ ދީޕާ ވަރަދަރަޖަން އޮޅުންފިލުވައިދީފައިވާ ގޮތުގައި، ފެންވަރު ރަނގަޅު އަދި ފަސޭހައިން ލިބޭ ސިއްޙީ ފަރުވާއަކަށް ކޮންޒިއުމަރުންނަށް އިންތިޒާރު ކުރެވޭނެއެވެ. މީގެ އިތުރުން، ކޮރޯނާ ވައިރަހާއި ގުޅިގެން އުފެއްދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން، ސިއްޚީ ފަރުވާގެ އަގުވެސް ހެޔޮވެގެން ދާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

ވަރަދަރަޖަން ބުނެފައިވާ ގޮތުގައި، 170 އަށް ވުރެ ގިނަ އަލަށް ފައްޓާ ކުންފުނި ތަކުން މިހާރުވެސް 'ކޮންމެ ވަގުތަކުން، ކޮންމެ ތަނެއްގައި ފަރުވާ' ދެވޭނެހެން މަސައްކަތް ކުރަމުން ދާކަމަށާއި، އަދި އޭނާ ފާހަގަކުރާ ގޮތުގައި މި ޓްރެންޑް ކުރިއަށް ދާނެއެވެ. އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރާ އިންޑަސްޓްރީތަކަށް އިތުރު ކުރިއެރުމެއް ލިބުމުގެ އިތުރުން، ފަސޭހައިން ޚިދުމަތްތައް ލިބުމާއި ޚިދުމަތުގެ އަގުތައް ހެޔޮވުމުގެ ސަބަބުން، ބުރަކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ނުހަނު ގިނަ ލުއިތަކެއް ލިބިގެން ދާނެއެވެ. ޚާއްސަކޮށް ޓެކްނޮލޮޖީގެ ސަބަބުން ޑަކުޓަރަށް ދެއްކުމަށް ދާ ވަގުތާއި، ޓެސްޓުތައް ހެދުމަށް ހޭދަވާ ވަގުތު ކުޑަވުމުން އެކަން ވެގެން ދާނީ މިފަދަ މަސައްކަތްތެރިންނަށް ބޮޑު ފަސޭހައަކަށެވެ.

ތިރީގައި މި ވަނީ، ސީބީ އިންސައިޓްސްއިން ފާހަގަކުރަ ގޮތުގައި ސިއްޙީ ނިޒާމަށް އަސަރުކުރާ 5 ޓްރެންޑެކެވެ:

ވާޗުއަލް އަދި އިން-ޕާސަން ފަރުވާއާއި ދެމެދުގައިވާ ހުސްކަން ފުރައިލުން

ޓެލެހެލްތްކެއާ ޒިޔާރަތްތަކަށް އެންމެ ބޮޑަށް ތައުރީފުތައް ލިބޭ އެއް ސަބަބަކީ އޭގެ ފަސޭހަކަމެވެ. ނަމަވެސް މި ވާޗުއަލް ޒިޔާރަތްތަކުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު އެއް ލިމިޓޭޝަން ފެންމަތި ވަނީ ކުރިމަތީގައި ހުރެ ބަލަން ޖެހޭ ކަންތައްތައް ބަލަން ޖެހުމުންނެވެ. ޑަކުޓަރުންނަށް ބައެއް ކަހަލަ ފިޒިކަލް އެގްޒާމްތައް ވާޗުއަލްކޮށް ނުކުރެވޭނެކަން ގައިމެވެ. މީގެ ސަބަބުން ބަލިމީހާގެ ފުރިހަމަ އެސެސްމެންޓެއް ނުހެދޭނެއެވެ. ހަމަ ގައިމުވެސް އަދި ނުހެދޭނެކަން ޔަގީނެވެ.

ރިޕޯޓް މޮނީޓަރު ކުރާ ޑިވައިސްތަކުގެ ބޭނުން މިހާ ހިސާބުން ޖެހެއެވެ. ޑިޖިޓަލް ހެލްތް ކުންފުންޏެއް ކަމަށްވާ އެކޯ އިން އޭއައީގެ އެހީގައި މަސައްކަތްކުރާ ކަށިގަނޑުތަކާއި، އަތުން ގެންގުޅެވޭ ހިތުގެ ވިންދު ބަލައިގެން އޭގެ މަސައްކަތްކުރުން ބަލާ މެޝިން (އިލެކްޓްރޯކާޑިޔޯގްރާމް) އިން މިހާރު ދަނީ ފޯރުކޮށްދެމުންނެވެ. މިސާލަކަށް، ވާޗުއަލް ޒިޔާރަތެއްގެ ތެރެއިން، ލައިވް ސްޓްރީމެއް މެދުވެރިކޮށް ބަލިމީހާއަށް އޭނާގެ ހިތާއި ލަގޮނޑީގެ އަޑު އިއްވާލަދެވޭނެއެވެ.

މި ޢާލަމީ ވަބާގެ ތެރެއިން އިތުރުވެގެން އައި މި ތަކެތިން ވާޗުއަލް ފަރުވާއަށް ބޭނުން ޖެހިފައިވާ މިންވަރާއި، ކުރިމައްޗަށް އައިސް ކުރާ ޒިޔާރަތްތަކުން މުޅިން ވަކިކޮށް ސިއްޙީ ދާއިރާ އިތުރަށް ގާތްކުރެވިގެން އަންނާނެއެވެ.

ބަލިމީހުންނަށް ލެބް ޓެސްޓް ކުރުމުގެ ޚިދުމަތް ފުޅާވެގެން ދިޔުން

ކުރިމަތިވެފައި މިވާ ޢާލަމީ ވަބައިގެ ސަބަބުން ގޭގައި ކޮވިޑް-19 ގެ ރެޕިޑް ޓެސްޓު ހެދުން މިވަނީ އާންމުވެފައެވެ. މީގެ ސަބަބުން ގޭގައި ހުރެގެން އިތުރު ބަލިތައް ދެނެގަނެވޭނެ ޓެސްޓުތައް ހެދުމަށް މަގުފަހިވުމަކީ އެކަށީގެންވާ ކަމެކެވެ. ރިމޯޓް ކްލިނިކަލް ޓެސްޓުތައް ހަދާ ކުންފުންޏެއް ކަމަށްވާ ހެލްތީ.އައިއޯ އިން ކޮމްޕިއުޓަރ ވިޝަން، އާޓިފިޝަލް އިންޓެލިޖެންސް އަދި ކަލަރިމެޓްރިކް އެނަލިސިސް ބޭނުންކޮށްގެން ގޭގައި ހުރެގެން ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކާއި، ކޮންމެ އަހަރަކު ހަދާ އާންމު ކުޑަކަމުދާ ތަކެތި ޓެސްޓުކުރެއެވެ. ވަންދަރަޖަން އުންމީދުކުރާ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސުގެ ބޭނުން ކޮށްގެން ތާޑް-ޕާޓީ ލެބޯރެޓަރީގެ ބޭނުން ކުޑަކުރެވޭނެއެވެ. އެންމެ ކުޑަމިނުން ބައެއް ކަހަލަ ޓެސްޓުތައް ލެބްތަކުގައި ނުހަދާ ވާނެ ކަމަށް އޭނާ ލަފާކުރެއެވެ.

ރޭޑިޔޮލޮޖީގެ ޚަރަދު ކުޑަކުރުން

އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ރޭޑިޔޮލޮޖީއަށް އަންނަ ހަމަ އެކަނި ބަދަލަކީ އަވަސްވުމެއް ނޫނެވެ. އޭގެ ސަބަބުން އަގުބޮޑު ސްކޭންތަކާއި އެއާއި ގުޅޭ އެހެނިހެން އިމޭޖިންގ އާއި ގުޅިފައިވާ ޚަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްދެއެވެ. މި ކަމުގެ ޝުކުރު ހައްގުވަނީ އޭއައި ގެ އެހީއާއިއެކު ކުރެވޭ ކޮމްޕިއުޓަރައިޒްޑް ޓޮމޯގްރަފީ (ސީޓީ) ސްކޭންތަކަށެވެ. މި ސްކޭންތައް ބޮޑަށް މަގުބޫލުވެފައި ވަނީ ކޮވިޑްގެ ސަބަބުން ފުއްޕާމޭ ދުޅަވުން (ނިއުމޯނިއާ) ދެނެގަތުމުގައެވެ.

އެހެންނަމަވެސް ވަންދަރަޖަން ބުނާގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއަށް އޮތް ރާޅަށް ބަލައިލުމުން ލަފާކުރެވެނީ، ބަލިމީހާއަށް ދެވޭ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި އޭއައި އިން ޑައިގްނޯސްޓިކްސް (ބަލި ދެނެގަތުން) އަށް ވުރެ ދުރު ހިސާބަކަށް ކުރިއަރައިގެން ހިނގައިދާނެ ކަމަށެވެ. މީގެ މާނައަކީ އަވަސް މެގްނެޓިކް ރީޒަނިންގ އިމޭޖިންގ (އެމްއާރްއައި) އަވަސްވުން ކަމުގައި ވެސް ވެދާނެއެވެ. ނިއު ޔޯކް ސްކޫލް އޮފް މެޑިސިން އާއި ގުޅިގެން ފޭސްބުކްއިން ދަނީ، އެމްއާރްއައި ގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ. ފޭސްބުކްއިން އަމާޒު ހިފާފައި ވަނީ ސްކޭން ކުރުން އަވަސް ކުރެވޭނެ އާ ގޮތްތަކެއް ހޯދުމަށެވެ. ވަނަދަރަޖަން މިކަން އޮޅުންފިލުވައިދެމުން ބުނެފައިވާ ގޮތުގައި، އެތައް ގަޑިއިރެއް ހޭދަވާ ޒިޔާރާތްތައް އެންމެ 15 މިނެޓަށް ކުރުކޮށްލެވޭނެއެވެ. އަދި އެކްސްރޭ ފަދަ ރޭޑިޔޭޝަންތައް ބޭރުކުރާ އިމޭޖިންގ ޑިވައިސްގައި ބަލިމީހާ ހޭދަކުރާ ވަގުތު ކުޑަވުމުން އެ ރޭޑިޔޭޝަަނަށް ބަލިމީހާ ހުށައެޅޭ މިންވަރުވެސް ވަރަށް ބޮޑުތަނުން ދަށްވެގެން ދާނެއެވެ.

ކޮމްޕިއުޓަރ ވިޝަން ތަސްވީރުކުރުން

އާލަމީ ވަބައިގެ ސަބަބުން ލިބިގެން ދިޔަ އިތުރު ފައިދާއަކީ، ކޮމްޕިއުޓަރ ވިޝަނުން ދަނީ ހާއްސަ ފަރުވާގެ ދާއިރާގައި އިތުރު މަގުތަކެއް ކޮށައިދެމުންނެވެ. އޭއައިގެ ވައްތަރެއް ކަމަށްވާ ކޮމްޕިއުޓަރ ވިޝަންގެ އެހީގައި، ކޮމްޕިއުޓަރުތައް ވިޝުއަލްތައް ދެނެގަންނަން ދަސްކުރެއެވެ. ބަލިމީހުން ފިޒިކަލް ތެރަޕިސްޓުގެ ހާއްސަ އެހީ ބޭނުންވާ ފިޒިކަލް ތެރަޕީ ހިމެނޭނެހެން އެކިއެކި ދާއިރާތަކުގައި، ވާޗުއަލް ގުޅުންތަކުން ގުޅިގެން ދިޔުމުގެ އަލިމަގު ވަނީ ފެންނަން ފަށާފައެވެ.

އެހެންނަމަވެސް، މިހާއު ބަލިމީހާގެ އަތުގައި ސްމާޓްފޯނު ކެމެރާއެއް ވާނަމަ، ކޮންމެ ތަނެއްގައި ހުރެގެންވެސް ފަރުވާ ލިބިގަނެވިދާނެއެވެ. ނިއު ޔޯކް ސިޓީ އަދި މިއުނިކްގައި ހުންނަ މަސްކޯސްކެލެޓަލް ސްޕޭސްއަށް ޚާއްސަ ޑިޖިޓަލް ތެރެޕެޓިކްސް ކުންފުންޏެއް ކަމަށްވާ، ކައިއާ ހެލްތުން މިހާއު ދަނީ ހަރަކާތްތަކާއި ސީދާ ކަން ދެނެގަތުމަށް ކޮމްޕިއުޓަރުގެ އެހީ ބޭނުންކުރަމުންނެވެ. މީގެން ބަލިމީހުން ކުރާ ކަސްރަތުތަކަށް ވަގުތުން މަޝްވަރާ ދެވޭނެއެވެ. އަދި ހަމަ އެހެންމެ އޮސްޓިން ގައި ހުންނަ ޑެންޓަލް މޮޏީޓަރިންގ އިން ދަތުގެ ޑަކުޓަރުންނަށާއި ނަރު އެޅުވުމަށް ޚާއްސަ ޑަކުޓަރުންނަށް އޭއައިގެ އެހީގައި މަސައްކަތް ކުރާ ޓެކްނޮލޮޖީ ދަނީ ފޯރުކޮށްދެމުންނެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ގިނަގިނައިން ކުރަން ޖެހޭ އިން-ޕާސަން ފޮލޯއަޕްތަކުގެ ބޭނުން ކުޑަވެގެން ދާނެކަމަށް މި ކުންފުނިން ބުނެއެވެ.

ޕެސިވް މޮނީޓަރިންގ ޓެކްނޮލޮޖީގެ ބޭނުން ކުރަން ފެށުން

ވެއަރަބަލްތަކުގެ އެންމެ ފަސޭހަ މިސާލުތަކަކީ އެޕަލް ވޮޗްތަކާއި ފިޓްބިޓްއެވެ. ނަމަވެސް ވެއަރަބަލްތައް އިތުރުވަމުން އަންނަ ވަރަކަށް މި ދަނީ އޭގެ ސްޕޭސް ކުޑަވަމުން ތޮއްޖެހެމުންނެވެ. މާ ގިނަ ވައްތަރުތައް ހުރުމުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އެކި ޑިވައިސްތައް ބެލެހެއްޓުމަށާއި، ޗާޖުކުރުމަށާއި، އަދި އެ ފަރާތެއްގެ ޑިވައިސްތައް ބޭނުންކުރާ ވަކި އެޕްލިކޭޝަންތައް ބެލެހެއްޓުމަކީ އުނދަގޫ ކަމަކަށް ވެގެން ހިނގައިދާނެއެވެ.

ނަމަވެސް އޭއައި ޕެސިވް މޮނީޓަރިންގ ޓެކްނޮލޮޖީގެ ސަބަބުން ވެއަރަބަލް ސްޕޭސްއަށް ހުރަސްއަޅައި، ބަލިމީހުން އަބަދުހެން އަޅައިގެން ހުންނަން ނުޖެހޭ ޓެކްނޮލޮޖީތައް އެމީހުންނާއި ހަމައަށް ގެންނާނެއެވެ. ގޫގުލްއިން ނިދި އަދި ދުޅަހެޔޮކަން ބެލުމަށް އޭގެ ސްމާޓްފޯނުތަކުގެ ބޭނުން ކުރަން ފެށުމުން، އެމީހުން އަބަދުހެން ކިޔާ ބަހަކަށް ވީ "އަޅާނެ އެއްވެސް އެއްޗެއް ނޯންނާނެ އެހެންނޫނީ ޗާޖު ކުރޭ" މިއެވެ.

ބަލިމީހުން އިތުރަށް ބެލެހެއްޓުމުގެ އާ ގޮތެއް ކަމުގައި ވެފައި ވަނީ ކޮންޓެކްޓްލެސްކޮށް ގޭގައި ހުރެގެން މޮނީޓަރ ކުރެވޭނެ ސިސްޓަމެކެވެ. މި ސިސްޓަމް މެދުވެރިކޮށް ބަލިމީހާގެ ނިދުމާއި ނޭވާ ލުމުގެ ކަންތައްތައް ސެންސަރެއްގެ އެހީގައި ބެލެހެއްޓޭނެއެވެ.

"ޕެސިވް މޮނީޓަރިންގ ގައި ބޮޑެތި ޓެކް ކުންފުނިތަކާއި އަލަށް ފަށާ ވިޔަފާރިތައް ދަނީ އެތައް ކުރިއެރުންތަކެއް ހޯދަމުން. އަދި މި ޓެކްނޮލޮޖީ ކުރިއަރަމުންދާ މިންވަރަކަށް އަޅުގަނޑުމެން ދެން މިސްރާބު ޖަހާނީ މިއަށްވުރެ މާ ޕްރޯއެކްޓިވް އިންޓަވެންޝަނަކާއި ދިމާލަށް. ޚާއްސަކޮށް ދުވަސްވީ މީހުންނަށް ޚާއްސަ އަދި ކުދިކުދި ފަރުވާއަށް." ވަނަދަރަޖަން ބުނެފައި ވެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.