ސޮނީއިން މިދިޔަ އަހަރު އެންމެ ގިނައިން ގޭމް ކުޅޭ މީހުން ޑައުންލޯޑް ކޮށްފައިވާ ގޭމްތައް އިއުލާން ކޮށްފިއެވެ. މި އިއުލާނުގައި ޕީއެސް4 އާއި ޕީއެސް5 އެއްގެ އެންމެ މަތީގައި އުޅޭ 20 ގޭމެއް ލިސްޓު ކުރެވިފައިވެއެވެ.
މީގެ އިތުރަށް ޕްލޭސްޓޭޝަންގެ ވާޗުއަލް ޓޮޕް ޓެން ގޭމްތައްވެސް ލިސްޓުކޮށްފައިވެއެވެ. މިލިސްޓު ރީޖަންތަކަށް ވަކިން ޓޮޕް ޓެން ހޮވާފައިވާކަން ފާހަގަ ކުރެވެއެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑް ކޮށްފައިވާ ގޭމްތަކުގެ ތެރޭގައި ގިނައީ ކުޅިވަރާއި ގުޅުންހުރި ގޭމްތަކެވެ. ކޯލް އޮފް ޑިއުޓީގެ ޓައިޓަލްތައް ފަސް ސްޕޮޓް ނަގާފައިވާއިރު، ރޮކްސްޓާ ގޭމްތަކުންވެސް ހަމަ އެވަރު ނަގާފައިވެއެވެ.
ޕީއެސް4 ގައި ޔޫ.އެސް/ކެނެޑާ ރީޖަންގައި އެންމެ ގިނައިން ޑައުންލޯޑް ކުރެވިފައިވަނީ ގްރޭންޑް ތެފްޓް އޮޓޯ 5 އެކެވެ.
މުޅި ޔޫރަޕްގައި މިލިސްޓުގައި އެންމެ ކުރީގެ ތިންވަނަ ނަގާފައިވަނީ ފީފާ 22 އެވެ.
ޕްލޭސްޓޭޝަން ވީއާރު ޗާޓުގައި އެންމެ ކުރީގެ ތިންވަނަ މުޅި ޔޫރަޕް، ކެނެޑާއާއި ޔޫ.އެސްގެ ރީޖަންގައިވެސް ނަގާފައިވަނީ ބީޓް ސޭބާ، ޖޮބް ސިމިއުލޭޓާ، ސުޕާހޮޓް ވީއާރެވެ.
ފޯޓްނައިޓް ގޭމް ވެގެންދިޔައީ ދެރީޖަންގައިވެސް އެންމެ ކުރީގައި އުޅޭ ގޭމަށެވެ.
ވާޒޯންއާއި ރޮކެޓް ލީގް ދެވަނައާއި ތިންވަނަ ޔޫ.އެސް/ކެނެޑާ ރީޖަންގައި ހޯދާފައިވާއިރު، މުޅި ޔޫރަޕްގެ ޗާޓުގައި މި ދެ ގޭމްގެ ވަނަތައް ވަނީ ރިވާސް ވެފައެވެ.
ޕްލޭސްޓޭޝަން ގޭމްތަކާއި ވީ.އާރު ގޭމްތައް މިހާރު ގޭމް ކުޅޭ މީހުންގެ މެދުގައި ވަރަށް މަޝްހޫރެވެ. ސޮނީގެ ޕީއެސް4 އާއި ޕީއެސް5 2022ގައި ވިކިފައިވާ އަދަދަށް ބަލާއިރު ޕީއެސް4 އުޅެނީ ކުރީގައިކަން ފާހަގަކުރެވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސޮނީއިން ޕީއެސް4 ޕްރޮޑަކްޝަންގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. މިމުއްދަތު އިތުރުކުރީ ޕީއެސް5 މާކެޓަށް ނެރެވޭ ވަރު މަދުވެފައި ވުމުންނެވެ.
ސޮނީއިން ބުނާ ގޮތުގައި ޕްރޮޑަކްޝަން ރޭޓް ދަށީ އަދިވެސް ޕީއެސް5 އެއްގެ ކޮމްޕޯނަންޓް ލިބުމުގެ ދަތިކަން ހުރުމުންނެވެ.
މިދިޔަ އަހަރު ޕީއެސް4 ކޮންސޯލް އުފެއްދުން ހުއްޓާލަން ސޮނީ އިން ރާވާފައިވީ ނަމަވެސް މިހާރު އެސެމްބްލީ ޕާޓްނަރުންނަށް އަންގާފައި ވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް އެ ކޮންސޯލްތައް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.