މަސައްކަތްތެރިން ހޯދުމުގައި އޭއައިގެ ބޭނުންކުރޭ

ޢާއިޝަތު ޝައިހާ 19 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުނިޔޭގެ ބޮަޑެތި ރެކްރޫޓްމާންޓް އެޖެންސީތަކާއި ތަފާތު ބިޔަ ކުންފުނިތަކުން ދަނީ، ވޯކަރ ރެކްރޫމެންޓް ދާއިރާއިން ކުރި ހޯދުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފަމުންނެވެ.

ވަޒީފާއަށް ހުށައަޅާފައިވާ ފަރާތްތަކުގެ ކިބައިގައިވާ އަސާސީ ޝަރުޠުތައް ޕްރީސްކްރީންކުރުން، ކަމާއިގުޅޭ ލައިސެންސްތަކާއި ކަމަށް ގާބިލުކަން އަންގައިދޭ އެވޯޑުތައް ނުވަތަ ފުރަތަމަ އިންޓަވިއުއަށްފަހު ކުރިއަށް ހުރި އިންޓަވިއުތައް ޝެޑިއުލްކުރުން ފަދަ މަސައްކަތްތައް އޮޓޯއިން ހެދޭނެ ގޮތް ހަދައިގެން، މަސައްކަތް ދޭ ފަރާތްތަކުން އުއްމީދުކުރަނީވާދަވެރިން އައުމުގެ ކުރިން ލިބެން ހުރި މަސައްކަތްތެރިން އަވަހަށް ހޯދައި، މަސައްކަތަށް މީހުން ހޯދުމުގެ މަސައްކަތް އޮމާންކަމާއި އެކީގައި ކުރިއަށް ގެންދިޔުމަށެވެ.

ކޮންވަޒޭޝަނަލް އޭއައި ސޮފްޓްވެއަރ ފަދަ އާޓިފިޝަލް އިންޓްލިޖެންސް ގާބިލިއްޔަތުތަކުގެ ސަބަބުން އީމެއިލް، މެސެޖް، އަދި ވަޒީފާއަށް ހުށައަޅާފައިވާ ފަރާތްތަކާއި ކުރެވޭ އެހެން މުވާސަލާތްތަކުގައި އެތައް ފަސޭހަތަކެއްވެ، ވީ އެންމެ އަވަހަކަށް ކަމަށް އެންމެ ގާބިލު ފަރާތަށް ވަޒީފާ ދިނުމަށް އެހީއަކަށް ވެގެން ދާނެއެވެ. އެހެނިހެން އޭއައި ގެ އެހީގައި ރެކްރޫޓްމަންޓް ސޮފްޓްވެއަރތައް ބޭނުންކުރަނީ، އެމްޕްލޮއީ އޮންބޯޑިންގ ޕްރޮސެސް އަވަސްކޮށް، އަލަށް ވަޒީފާއަށް ހޮވޭ ފަރާތްތައް ކުރަން ޖެހޭ މަސައްކަތްތައް ދަސްކޮށްދީ އަހުލުވެރި ކުރުވައި، އަދި ކޮމްޕިއުޓަރ، ވިޔަފާރިއާއި ގުޅޭ އެޕްތައް އަދި މަސައްކަތުގައި ބޭނުންކުރާ ރަސްމީ އީމެއިލް ސެޓް ކުރުމަށެވެ.

ޓްރަކިންގ ކުންފުންޏެއް ކަމަށްވާ ޔޫއެސް އެކްސްޕްރެސް އެންޓަޕްރައިސެސް އިން ދަނީ މަސައްކަތަށް މީހުން ހޯދުމުގެ ފުރަތަމަ މަރުހަލާގައި ކޮންޓްރޮވާޝަލް އޭއައި ސޮފްޓްވެއަރ ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ވަޒީފާއަށް އެދި ހުށައަޅާފައިވާ ފަރާތްތަކާއި ކުރެވޭ މެސެޖުތައް ހިމެނޭކަމަށް، ޓެން ގެ ޗެއްޓަނޫގާގައި މަސައްކަތްކުރާ ޗީފް ޕީޕަލް އޮފިސަރ، އެމެންޑާ ތޮމްޕްސަން ވަނީ ބުނެފައެވެ.

ތޮމްޕްސަން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ކުރިމަތިވެފައިވާ ހުރަސްތަކާއި އޭގެ އަސަރުތަކުގެ ސަބަބުން، ޓްރަކް ދުއްވާ ފަރާތްތަކަށް ބޭނުންޖެހިފައިވާ މިންވަރު އިތުރުވެ، ޤާބިލް ފަރާތްތައް ވަނީ މަދުވެގެން ގޮއްސައެވެ. "މިއީ ވަރަށް ވާދަވެރި ލޭބަރ މާކެޓެއް." އޭނާ ބުނެފައި ވެއެވެ.

"ދުއްވާ ފަރާތްތަކުން ޓްރަކް ފިހާރައިގައި ނުވަތަ ގޭގައި އިންނަނަމަ، އަދި ވަޒީފާއަށް ކުރިމަތިލާން ތައްޔާރުވެފައިވާ ނަމަ، އަޅުގަނޑުމެން ބޭނުންވަނީ އެކަން ވީހާވެސް ބޮޑަށް ފަސޭހަކޮށްދޭން." އޭނާ އިތުރަށް ބުނެފައި ވެއެވެ.

ހުކުރު ދުވަހުގައި އެމެރިކާގެ ލޭބަރ ޑިޕާޓްމެންޓުން ބުނެފައިވާ ގޮތުގައި، މަސައްކަތް ދޭ ފަރާތްތަކުން 199،000 ވަޒީފާ އުފެއްދުމާއެކު، ޑިސެމްބަރު މަހުން ފެށިގެން މަސައްކަތަށް މީހުން ހޯދުން ޔޫއެސްގައި ވަނީ މަޑުޖެހިފައެވެ. މިއީ 2021 ވަނަ އަހަރުގައި، އެވްރެޖް ގޮތެއްގައި ކޮންމެ މަހަކު އިތުރުވަމުން ދިޔަ ވަޒީފާގެ އަދަދު ކަމަށްވާ 537،000 ވަޒީފާތަކާއި އަޅާ ބަލާއިރު މަދު އަދަދެކެވެ. ބައެއް އިގްތިސާދީ މާހިރުން ބުނާ ގޮތުގައި މި މަޑުޖެހުމުން އަންގައިދެނީ، މަސައްކަތް ކުރާ މީހުންގެ ސަޕްލައި ދަތިވެފައި ވުމުގެ ސަބަބުން މަސައްކަތްތެރިން ނުލިބުން ކަމަށެވެ.

ގާތްގަނޑަކަށް 400 އިންސާނީ ވަސީލަތްތަކާއި އަދި އެހެނިހެން ކޯޕަރޭޓް އޮފިޝަލްތަކުގެ 80 އިންސައްތަ މި އަހަރުގެ ތެރޭގައި، އިންފޮމޭޝަން ޓެކްނޮލޮޖީ ގްރޫޕެއް ކަމަށްވާ ކޮމްޕްޓިއާ އިން ވަނީ ސާވޭކޮށްފައެވެ. މި ގްރޫޕުން ބުނެފައިވާ ގޮތުގައި ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އޭއައި އިން މުހިއްމު އަސަރުތަކެއް އެޗްއާރް އަށާއި ވަޒީފާ ދިނުމުގައި ފެނިގެން ދިޔުމަށް އުއްމީދުކުރެއެވެ. ގިނަ ކުންފުނިތަކުން އޭއައި ބޭނުންކުރުން އިފްތިތާހުކޮށް، އަދި ދެން ހުރި ކުންފުނިތަކުން މިހާރުވެސް އެކި މަސައްކަތްތަކުގެ އޭގެ ބޭނުންކުރަމުން ދެއެވެ. އޭގެ ތެރޭގައި ކެނޑިޑޭޓް ސްކްރީން ކުރުން، އޮންބޯޑްކުރުން، ގާބިލިއްޔަތު އިމްތިހާނުކުރުން އަދި ކެރިއަރ ރޭވުން ހިމެނޭ ކަމުގައި ކޮމްޕްޓިއާ އިން ބުނެފައި ވެއެވެ.

އެ ޑިމާންޑް ދަނީ އިންވެސްޓަރުންގެ ޝައުގުވެރިކަން ދަމައިގަންނަމުންނެވެ. ސްކޮޓްސްޑޭލް އަދި އެރިޒްގައިވާ އާ ކުޑަ ވިޔަފާރިއެއް ކަމަށްވާ ޕެރެޑޮކްސް އިންކް އިން ވަނީ ޔޫ.އެސް. އެކްސްޕްރެސުން ބޭނުންކޮށްފައިވާ އޭއައި ރެކްރޫޓިންގ ޓޫލްތައް އުފައްދާފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޕެރެޑޮކްސްއިން ވަނީ 200 މިލިއަން ޑޮލަރުގެ ފަންޑްރައިސިންގ ބުރެއް އިއުލާނުކޮށްފައެވެ. އޭގެ ސަބަބުން ކުންފުނީގެ އަގު ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރަށް މަތިވެފައިވާ ކަމަށް ޕެރެޑޮކްސްއިން ވަނީ ބުނެފައެވެ.

"މީހުން ކުރީގެ ސިސްޓަމަށް ބަލާފައި ބުނަނީ މިކަމެއް ނުނިންމޭނެޔޭ." ކުންފުނީގެ ޗީފް އެގްޒެކަޓިވް، އޭރޮން މާޓޮސް ބުނެފައި ވެއެވެ. "އަހަރެމެން ނަގާނީ މަޑުކުރަމުން ދާ އެއްޗެހި." މާޓޮސް ބުނެފައި ވެއެވެ.

ވަޒީފާ ހީދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ގުޅުވައިދިނުމަށް އެހީވެދޭ ކޮންވަޒޭޝަނަލް އޭއައި ބޮޓް ބޭނުންކުރާ އޮންލައިން މަންސައެއް ކަމަށްވާ ވޯކްއެލްލާމާ ގެ ކޯ-ފައުންޑަރ އަދި ޗީފް އޮޕަރޭޓިންގ އޮފިސަރ، ސަލީމް ޚާޖާ ބުނެފައި ވަނީ، ހުނަރުތަކަށް އެންމެ ފަސޭހަވާނީ، ފޯނު ކޯލުތަކަށް ވުރެ މެސެޖްކުރާ އެޕްތަކުގެ ޒަރީއާއިން ގުޅުމަށެވެ.

މިހާރު 13،000 ޓްރެއިލަރާއި 6500 ޓްރަކް ބޭނުންކުރާ ޔޫއެސް އެކްސްޕްރެސުން ބުނެފައިވާ ގޮތުގައި، 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގައި ވަޒީފާތަކަށް މީހުން ހޮވާފައިވާ އަދަދަށްވުރެ 40 އިންސައްތަ މަތީ އަދަދެއް މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާގައި ފެނިފައިވާ ކަމަށެވެ. ކުންފުނީގައި މިހާރު 7000 އަށްވުރެ ގިނަ ދުއްވާ ފަރާތްތަކުން މަސައްކަތް ކުރަމުން ދާއިރު، މީގެ ތެރޭގައި ފުލް-ޓައިމްގައި މަސައްކަތްކުރާ ފަރާތްތަކާއި މިނިވަން ކޮންޓްރެކްޓަރުން ހިމެނެއެވެ. ތޮމްޕްސަން ބުނެފައިވާ ގޮތުގައި، ޕެރެޑޮކްސް އޭއައި މަންސައިގެ އެހީގައި އާ ދުއްވާ ފަރާތެއް ހޯދުމަށް ހޭދަވާ ވަގުތު ކުޑަކުރުމަށް އެހީވެދެއެވެ. އެގޮތުން އެޕްލިކޭޝަން ޕްރޮސެސް މެދުވެރިކޮށް އެތައް ހަފްތާއެއް ނުވަތަ އެތައް މަސްދުވަހެއް ހޭދަވާ ކަމެއް މިހާރު ހަފްތާއެއްގެ ތެރޭގައި ކޮށްލެވެއެވެ.

ހާރވީ ނޭޝް ޔޫއެސްއޭގެ ސްޓާފިންގ ގެ ރައީސް، ޖޭސަން ޕައީލް، ބުނެފައިވާ ގޮތުގައި، އޭނާގެ ކުންފުނިން އޭއައި ރެކްރޫޓިންގ ޓޫލްސްއާއި އެއްކޮށް ކުރެވުނު ތަޖުރިބާ ވަރަށް ތަފާތެވެ. އޭނާ ބުނި ގޮތުގައި، މި ޓޫލްސްއިން އެންމެ އެކަށޭނަ ކެނޑިޑޭޓަށް ވަޒީފާ ދިނުމުގައި ބަލަން ޖެހޭ ބައެއް މުހިއްމު ކަންތައްތައް ނުބެލި ދާ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާ ދޭ ފަރާތުގެ ދުރު ތަސައްވުރު ފަހުމުވުމާއި، ކުންފުނީގެ އާދަކާދައާއި ޘަގާފަތް ދެނެގަތުން މީގެ ތެރޭގައި ހިމެނެއެވެ. "އަޅުގަނޑުމެން ކުރި ތަޖުރިބާގައި، މި ޓޫލްތަކުން އަދާކުރަން ޖެހޭ ވާޖިބު ފެށިގެން ގޮސް ނިމިގެން ދިޔަ އިރުވެސް ބައެއް ކަންކަން މަދުކަމަށް ފާހަގަކުރެވޭ." ޕައީލް ބުނެފައި ވެއެވެ.

ގާނޫނު ހަދާ ބައެއް މީހުންނާއި، ރެގިއުލޭޓަރުންގެ އިތުރުން ދިރާސާކުރައްވާ ފަރާތްތަކުން، ވަޒީފާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން އެސެސްކުރުމުގައި ބޭނުންކުރާ އޭއައި ސޮފްޓްވެއަރ އިތުރަށް ކައިރިން ވަރަށް ރަނގަޅަށް ދިރާސާކުރުމަށް ވަނީ ގޮވާލާފައެވެ. އެމީހުން ބުނާ ގޮތުގައި، ޑާޓާ ސެޓްތަކާއި އެލްގޮރިތްމްތަކުގައި ފޮރުވިފައިވާ ބައެއް ކަހަލަ ނަސްލީ ތަފާތު ކުރުމަށް ހުށައެޅޭ އަދި މިންތީގެ ހަމަހަމަކަމަށް އަސަރު ފޯރުވާ ފަދަ މައުލޫމާތުތަކުގެ ސަބަބުން، ވަޒީފާތަކަށް މީހުން ހޮވިގެން ދިޔުމުގައި ތަފާތުކުރުން އުފެދިގެން އަންނާނެއެވެ.

ނިއު ޔޯކް ސިޓީ ކައުންސިލުން މި ހުސްވި ނޮވެމްބަރު މަހުގައި ވަނީ، ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާ ސްކްރީނިންގ އަށް އޭއައި ޓޫލްސް ބޭނުންކުރުމުގެ ކުރިން ބަޔަސް އޮޑިޓް އެއް ހެދުމަށް މަޖުބޫރުވާ ބިލެއް ފާސްކޮށްފައެވެ.

ޕެރެޑޮކްސްއިން ބުނާ ގޮތުގައި އެ މަންސައިން ހަމައެކަނި ހަމަޖައްސަނީ ޕްރޮސެސްގެ އިދާރީ ކަންތައްތައް ކަމަށެވެ. އަދި ނިންމާ ނިންމުންތަކާއި އެކަމުގައި އެއްވެސް ކަހަލަ ޚިޔާލެއް ދިނުމުގައި އެ މަންސައިން އެއްވެސް ދައުރެއް ނުކުޅޭނެކަމަށެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.