ޓުވިޓާއިންވަކި ބަހެއް މިއުޓް ކުރެވޭނެ ފީޗާ އެއް ނެރެފި.

ހަސަން ޒަޔާން 19 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓަރގެ މިއުޓް ފީޗަރ އަކީ ސްޕޭމް އެކައުންޓްސް އިވެންޓްސް ބްލޮކް ކުރުމަށް ޓްވިޓަރ އިން 2020 ވަނަ އަހަރު ނެރެފައިވާ ފީޗަރއެކެވެ. ނަމަވެސް މިއަހަރު ޓްވިޓަރއިން މި ފީޗަރ ފުޅާކުރުމަށް ބަސް އަދި ފްރޭސެސް މިއުޓް ކުރެވޭނެ ފަދަ ފީޗަރއެއްވަނީ ނެރެފައެވެ. މި ފީޗަރ އަކީ ވަކި ހޭޝްޓެގް އެއް ބަހެއް ނުވަތަ ފްރޭސް އެއް ބްލޮކް ކުރުމުގެ ފުރުސަތު ދީފައިވާ ފީޗަރއެކެވެ.

ޓްވިޓަރއިން މިފީޗަރ އާއި ގުޅިގެން ކޮށްފައިވާ ޓުވީޓް

ފްރޭސް އެއް ނުވަތަ ބަހެއް އެއް އައިފޯނުން މިއުޓު ކުރާނީ ކިހިނެއް؟

އައިފޯނެއްގައި ޓްވިޓާ އެޕް ބޭނުން ކުރާ ނަމަ، އެއީ އަވަސް އަދި ފަސޭހަ ޕްރޮސެސްއެކެވެ:

މިއުޓް ކުރަން ބޭނުންވާ ބަހައް ލޯންގް ޕްރެސް ކޮށްލާށެވެ.

ދެން ޕޮޕްއަޕް މެނޫ އިން "މިއުޓް" އަށް ފިއްތާލާށެވެ.

ދެން "އެޑް މިއުޓެޑް ވޯރޑް" ކިޔާ ޕޭޖަކަށް ދާނެއެވެ. މި ޕޭޖުން ތިބާ ސެލެކްޓް ކުރި ބަސް މިއުޓް ކުރަންވީ ކޮންތާކުންތޯ ޗޫޒް ކުރެވޭނެއެވެ، (ޓައިމްލައިން އިން ނުވަތަ ނޮޓިފިކޭށަންސް) ދެން އެބަސް ބްލޮކް ކުރަންވީ (ފޮލޯވް ކޮށްފަ އިންނަ މީހަކު ނުވަތަ ފޮލޯވް ނުކޮށް އިންނަ މީހަކު) ކޮށްފައިވާ ޓުވީޓަކުންތޯ ވެސް ޗޫޒް ކުރެވޭނެއެވެ. އަދި މިއުޓް ކުރަންވީ ޑިއުރޭޝަން ވެސް ޗޫޒް ކުރެވޭނެއެވެ.


އެންޑްރޮއިޑް އިން ބަހެއްނުވަތަ ފްރޭސް އެއް މިއުޓު ކުރާނީ ކިހިނެއް؟

އެންޑްރޮއިޑް ފޯނުން ވެސް ބަސް ނުވަތަ ފްރޭސް މިއުޓް ކުރެވޭނެއެވެ. ނަމަވެސް އައިފޯންއިން މިއުޓް ކުރެވޭހާ އަވަހަކަށް ނުކުރެވޭނެއެވެ. އެންޑްރޮއިޑްގައި ޖެހޭނީ އެޕް ގެ ސެޓިންގްސް ތެރެއިން މިކަންކުރާށެވެ.

ފުރަތަމަ މަތީ ވާތް ފަޅި ކަނުން ސެޓިންގްސް އައިކަން އަށް ފިއްތާލާށެވެ.

ދެން "ސެޓިންގް އެންޑް ޕްރައިވެސީ" ޗޫޒް ކުރާށެވެ. އެއަށްފަހު "ޕްރައިވެސީ އެންޑް ސޭފްޓީ" ޗޫޒް ކުރާށެވެ. އަދި "މިއުޓް އެންށް ބްލޮކް" ދެން "މިއުޓެށް ވޯރޑްސް" އަށް ދާށެވެ.

ޕްލަސް ސައިން އަށް ޓެޕް ކޮށްލާ މިއުޓް ކުރަން ބޭނުންވާ ބަސް ލިޔުއްވާށެވެ. ހަމަ އައިފޯންގައި ހުރިގޮތަށް ތިބާ ސެލެކްޓް ކުރި ބަސް މިއުޓް ކުރަންވީ ކޮންތާކުންތޯ ޗޫޒް ކުރެވޭނެއެވެ، (ޓައިމްލައިން އިން ނުވަތަ ނޮޓިފިކޭށަންސް) ދެން އެބަސް ބްލޮކް ކުރަންވީ (ފޮލޯވް ކޮށްފަ އިންނަ މީހަކު ނުވަތަ ފޮލޯވް ނުކޮށް އިންނަ މީހަކު) ކޮށްފައިވާ ޓުވީޓަކުންތޯ ވެސް ޗޫޒް ކުރެވޭނެއެވެ. އަދި މިއުޓް ކުރަންވީ ޑިއުރޭޝަން ވެސް ޗޫޒް ކުރެވޭނެއެވެ.

އެބަހެއް އިތުރަށް މިއުޓް ކުރަންބޭނުންނުވާނަމަ ނުވަރަ މިއުޓް ކުރަން ބޭނުންވާ ޑިއުރޭޝަން އިތުރުކުރަން ބޭނުންވާނަމަ ހަމަ "މިއުޓެޑް ވޯރޑްސް" މި ބަޔަށް ގޮސް އެ ބަހަށް ފިއްތާލުމުން މިއުޓެޑް ވޯރޑްސް އިން އެބަހެއް ދުއްވާލުމަށް ނުވަތަ ޑިއުރޭޝަން އެޑިޓް ކުރުމުގެ އޮޕްޝަން ލިބޭނެއެވެ.


ޑެސްޓޮޕް އިން ބަހެއް ނުވަތަ ފްރޭސް އެއް މިއުޓް ކުރާނީ ކިހިނެއް؟

ޑެސްޓޮޕް އިން ވާތް ފަޅި މެނޫ އިން "މޯރ" އަށް ގޮސް ދެން "ސެޓިންގް އެންޑް ޕްރައިވެސީ" ޗޫޒް ކުރާށެވެ. އެއަށްފަހު "ޕްރައިވެސީ އެންޑް ސޭފްޓީ" ޗޫޒް ކުރާށެވެ. އަދި "މިއުޓް އެންށް ބްލޮކް" ދެން "މިއުޓް އެންޑް ބްލޮކް" އަށް ދާށެވެ. ދެން "މިއުޓެޑް ވޯރޑްސް" އަށް ދާށެވެ.

ދެން މަތީ ކަނާތްފަޅި ކަނުން "ޕްލަސް" އައިކަން އަށް ފިއްތާލާށެވެ.

އެއަށްފަހު މިއުޓް ކުރަން ބޭނުންވާ ބަސް ލިޔެ އަދި ތިބާ ސެލެކްޓް ކުރި ބަސް މިއުޓް ކުރަންވީ ކޮންތާކުންތޯ ޗޫޒް ކުރެވޭނެއެވެ، (ޓައިމްލައިން އިން ނުވަތަ ނޮޓިފިކޭށަންސް) ދެން އެބަސް ބްލޮކް ކުރަންވީ (ފޮލޯވް ކޮށްފަ އިންނަ މީހަކު ނުވަތަ ފޮލޯވް ނުކޮށް އިންނަ މީހަކު) ކޮށްފައިވާ ޓުވީޓަކުންތޯ ވެސް ޗޫޒް ކުރެވޭނެއެވެ. އަދި މިއުޓް ކުރަންވީ ޑިއުރޭޝަން ވެސް ޗޫޒް ކުރެވޭނެއެވެ.

މިއުޓެޑް ވޯރޑްސް އިން ޑިލީޓް ކުރަން ބޭނުންވާނަމަ ހަމަ ބެކަށް ގޮސް އަންމިއުޓް ބަޓަން އަށް ފިއްތާލެވޭނެއެވެ. ހަމަ އެފަދައިން މުއްދަތުވެސް ބަދަލު ކުރެވޭނެއެވެ.

ޓްވިޓަރ އިން މިކަހަކަލަ ފީޗަރ އެއް ނެރުމަކީ އެއީ ޔޫޒަރސް އަށް ލިބުނު ވަރަށް ބޮޑު ފައިދާ އެކެވެ. އެއީ މޫވީ ސްޕޮއިލަރސް ފަދަ ތަކެތި ބްލޮކް ކުރުމުގެ ބާރު މިހާރު ކޮންމެވެސް ގޮތަކަށް ލިބެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.