2023 ވަނަ އަހަރު ޔޫރަޕުގެ މެޝިން ލާނިން އިންޑަސްޓްރީ 3.96 ބިލިއަން ޑޮލަރަށް ފުޅާވާނެކަމަށް ލަފާކުރެވިއްޖެއެވެ. މި ދާއިރާއަކީ ހަލުވިކަމާއިއެކު ޔޫރަޕުގައި ފުޅާވަމުން އަންނަ ވާދަވެރި ދާއިރާއެކެވެ.
2023 ވަނަ އަހަރު މި އިންޑަސްޓްރީ 3.96 ބިލިއަން ޑޮލަރަށް ފުޅާވާނެކަމަށް ލަފާކުރެވިފައިވާއިރު މިއަދަދަކީ ގާތްގަނޑަކަށް 33.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ޔޫރަޕުގެ މިއިންޑަސްޓްރީ ބާރަށް ކުރިއަރައިގެން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ ޖަރުމަނު ފަދަ ގައުމުތަކުގެ ސިއްހީ ދާއިރާގައި ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވުމާއި އޮޓޯ ވެހިކަލްތައް ބޭނުންކުރުން އިތުރުވުމެވެ. މީގެ އިތުރުން އެކިއެކި ބޭނުންތަކަށް ކްލައުޑް ބޭނުންކުރަން ފަސޭހަވުމާއި ގުޅިގެން ކްލައުޑް ބޭނުންކުރާ މިންވަރުވެސް މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ކްލައުޑް ބޭނުންކުރާ ފަރާތްތަކަށް ލިބޭ ބައެއް ފަސޭހަތަކުގެ ތެރޭގައި އަގުހެޔޮ ވުމާއި، ޑޭޓާ ރިކަވަރީ އަދި އޮޓޮމެތިކް ސޮފްޓްވެއާ އަޕްޑޭޓްތައް ހިމެނެއެވެ.
ޔޫރަޕުގެ މެޝިން ލާނިން އިންޑަސްޓްރީ ހަލުވިކަމާއިއެކު ފުޅާވެ އެއިންޑަސްޓްރީގެ ވާދަވެރިކަން އިތުރުވެފައިވަނީ އެއިންޑަސްޓްރީގައި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިން ހަރަކާތްތެރިވުމާއި ގުޅިގެންނެވެ. އެގޮތުން މި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކަށް ބަލާއިރު ޑެލް، އާއި އެމޭޒަން ވެބް ސާވިސަސް ފަދަ ކުންފުނިތަށް ހިމެނެއެވެ.
އިނގިރޭސިވިލާތައް ބަލާލާއިރު އެގައުމުގައި އެޑްވާންސްޑް އެނަލިޓިކްސް އަދި ޑޭޓާ ޑްރިވެން ޑެސިޝަން މޭކިން ބޭނުންކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެގައުމުގައިވެސް މެޝިން ލާނިން އިންޑަސްޓްރީ ވަނީ ކުރިއަރައިގެން ގޮސްފައިއެވެ. އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ޑޭޓާ ޑްރިވެން ޑެސިޝަން މޭކިންގެ ބޭނުންހިފާ ކުންފުނިތަކުގެ ފައިދާ 5-6 އިންސައްތަ އިތުރުވުން ގާތެވެ. މީގެ އިތުރުން އެގައުމުގެ ސަރުކާރުން ވަނީ ޑިޖިޓަލް އަދި ޑޭޓާ ޑްރިވެން ޓެކްނޮލޮޖީ ޕްރޮމޯޓްކުރުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިއެވެ.
ޔޫރަޕުގެ މެޝިން ލާނިން އިންޑަސްޓްރީ ބެހިފައި ވަނީ ދެބަޔަކަށެވެ. އެއީ ޔޫރަޕިއަން ޔޫނިއަން ފައިވް އާއި ޔޫރަޕުގެ ބާކީ ގައުމުތަކެވެ. އަދި މި އިންޑަސްޓްރީގެ އުފެއްދުންތަކަށް ބަލައި މިއިންޑސަޓްރީ ބެހިގެންދަނީ ސޮފްޓްވެއާ ޓުލްސް، ކްލައުޑް އެންޑް ވެބް ބޭސްޑް އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް އަދި އެހެނިނިހެން އުފެއްދުންތަކުގެ މައްޗަށެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި