އިންސްޓަގްރާމުން ނުރައްކާތެރި ކޮންޓެންޓް ދެއްކުން މަދުކުރަނީ

ޢާއިޝަތު ޝައިހާ 25 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންސްޓަގްރާމުން ދަނީ 'ޕޮޓެންޝަލީ ހާމްފުލް' ކޮންޓެންޓުތައް މަދުން ފެންނަ ގޮތް ހެދުމަށް އާ ފިޔަވަޅުތަކެއް އަޅަމުންނެވެ. ކުންފުނިން ބުނެފައިވާ ގޮތުގައި، ބޭނުންކުރާ ފަރާތްތަކުގެ ފީޑްއާއި ސްޓޯރީތަކުގައި ޕޯސްޓުތައް ތަރުތީބުވާ ގޮތް ޕަވަރ ކުރާ އަލްގޮރިތްމުން މިހާރު 'ގަނާކުރުން، ނަފްރަތު އުފައްދާ ވާހަކަތައް އަދި ހަރުކަށިކަން' ހިމެނޭފަދަ ކޮންޓެންޓުތަކަށް އިސްކަންދިނުން ކުޑަވެގެން ދާނެކަމަށެވެ.

މިހާރުވެސް އިންސްޓަގްރާމްގައިވާ ގަވާއިދުތަކުގެ ސަބަބުން މިފަދަ ކޮންޓެންޓުތައް މަނާކުރާއިރުވެސް، މި ބަދަލުގެ ސަބަބުން ބޯޑަރލައިންގައިވާ ޕޯސްޓުތަކާއި، އެޕްގެ މޮޑަރޭޓަރުތަކާއި ހަމައަށް ނުފޯރާ ކޮންޓެންޓުތަކަށް ބަދަލުތަކެއް އަންނާނެއެވެ. "އަޅުގަނޑުމެންގެ ގަވާއިދުތަކާއި ޚިލާފުވާނެކަން ދެނެގަތުމަށްޓަކައި، އަޅުގަނޑުމެން ބަލާނީ ކުރިން ގަވާއިދާއި ޚިލާފުވެފައިވާ ކެޕްޝަނަކާއި އެއްގޮތްކަން ހުރިތޯ،" ކުންފުނީގެ އަޕްޑޭޓެއްގައި އޮޅުންފިލުވައިދީފައި ވެއެވެ.

މިއަދާއި ހަމައަށް އިންސްޓަގްރާމުން މަސައްކަތް ކޮށްފައި ވަނީ އޮބްޖެކްޝަނަބަލް ކޮންޓެންޓަކަށް ވެދާނެ ކޮންޓެންޓުތައް، އެޕްގައި އާންމުންނަށް ފެންނަ ތަންތަން ކަމަށްވާ އެކްސްޕްލޯ ފަދަ ތަންތަނުން ނުފެންނަ ގޮތަށް ހެދުމަށެވެ. ނަމަވެސް ބޭނުންކުރާ ފަރާތްތަކަށް، މިފަދަ ކޮންޓެންޓްތައް ޕޯސްޓުކުރާ އެކައުންޓުތައް ފެންނަ ގޮތަކަށް ބަދަލެއް ގެނެސްފައި ނުވެއެވެ. އެންމެ ފަހުން ގެނެސްފައިވާ ބަދަލަށް ބަލައިލާއިރު، ކުރިން ނަގާފައިވާ ޕޯސްޓުތަކާއި 'އެއްފަދަ' ޕޯސްޓުތައް ބޭނުންކުރާ ފަރާތްތަކަށް މާ ގިނައިން ނުފެންނަ ގޮތަށް ވަނީ ހަދާފައެވެ. މެޓަގެ ތަރުޖަމާނެއް ޔަގީންކަން ދީފައިވާ ގޮތުގައި ޕޯސްޓުތައް ކޮމިއުނިޓީ ގަވާއިދުތަކާއި ޚިލާފުވެއްޖެ ނަމަ 'ޕޮޓެންޝަލީ ހާމްފުލް' ޕޯސްޓުތައް ނެގިގެން ދާނެކަމަށެވެ.

މި އަޕްޑޭޓް 2020 ވަނަ އަހަރު ގެނެވުނު ބަދަލަކާއި ވަރަށް އެއްގޮތް ކަންތައްތަކެއް ވެއެވެ. އެ އަހަރު ގެނެވުނު ބަދަލާއި އެކު، ހަގީގަތެއް ނެތް މައުލޫމާތު ފަތުރާ އެކައުންޓުތައް ފެކްޓް ޗެކަރތައް މެދުވެރިކޮށް ޑީބަންކުކޮށް ވަނީ ޑައުން-ރޭންކު ކުރަން ފަށާފައެވެ. އެ ބަދަލާއި ޚިލާފަށް އިންސްޓަގްރާމުން ބުނެފައި ވަނީ، އެންމެ ފަހުގެ ޕޮލިސީ އަސަރުކުރާނީ ވަކިވަކި ޕޯސްޓުތަކަށް ކަމަށާއި، މުޅި އެކައުންޓަށް ޖުމްލަ ގޮތެއްގައި އޭގެ އަސަރު ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން އިންސްޓަގްރާމް ބުނެފައި ވަނީ ވަކިވަކި ބޭނުންކުރާ ފަރާތްތަކުން އެބައެއްގެ ފީޑް ތަރުތީބު ކުރާ ގޮތަކަށް ރިޕޯޓިންގ ހިސްޓަރީ ހިމެނިގެން ދާނެ ކަމަށެވެ. "އަހަރެމެންގެ ސިސްޓަމުން މީހެއްގެ ރިޕޯޓިންގ ކޮންޓެންޓުގެ ހިސްޓްރީއަށް ބަލާފައި ރިޕޯޓެއް ކޮށްފާނެ ކަމަށް އަންދާޒާކުރުމުން، އެ ޕޯސްޓުތައް އެމީހެއްގެ ފީޑްގައި ފެނުން މަދުކުރާނެ،" އިންސްޓަގްރާމުން ބުނެފައި ވެއެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.