އައިފޯނެއް އަތުގައި އޮވެއްޖެ ނަމަ އާދައިގެ މަގަލްތަކަށްވެސް ހެރީ ޕޮޓަރ ޔުނިވަރސްގެ ސްޕެލްތައް ބޭނުންކުރެވޭނެއެވެ.
އެޕަލްގެ ވޮއިސް އެސިސްޓެންޓް ކަމަށްވާ ސިރީއިން، ޖޭކޭ ރޯލިންގ ގެ މަޝްހޫރު ފޮތްތަކުން ނަގާފައިވާ އެތައް ޑަޒަނެއްގެ ޖާދުވީ ކޮމާންޑުތައް އިޖާބަދެއެވެ.
މަދު ބަސްކޮޅަކުން، 'ދަ ބޯއި ހޫ ލިވްޑް ނެކްސްޓް ޑޯ' އާއި އޭނާގެ ސުޕަރނެޗުރަލް އެކުވެރިންނޭ އެއްފަދައިން، މިހާރު ތިމާއަށްވެސް ތިމާގެ މޮބައިލް ބޭނުންކޮށްގެން އެކިކަހަލަ ޖާދޫ ހެދޭނެއެވެ.
މިސާލަކަށް، ފޭނުން 'ލޫމޯސް' ސްޕެލް މަތިން ހަނދާން ހުންނާނެކަން ގައިމެވެ. މި ސްޕެލް ބޭނުންކޮށްގެން ހެރީ ޕޮޓަރ ގެ ޔުނިވަރސްގައި ވިޗް ނުވަތަ ވިޒާޑް ޖާދޫ ދަނޑީގެ ކޮޅު ދިއްލާލައެވެ.
މި ސްޕެލްގެ ސަބަބުން ކެރެކްޓަރުންނަށާއި، 'ހެރީ ޕޮޓަރ އެންޑް ދަ ހާފް ބްލަޑް ޕްރިންސް' ގައި ޚުދު ޕޮޓަރ އަށްވެސް އަނދިރީގައި ފެނުމަށް އެހީއަކަށް ވެގެން ދެއެވެ.
ތިމާ އަމިއްލައަށްވެސް މަގަލްގެ ދުނިޔޭގައި މި ސްޕެލް ކާސްޓް ކުރެވިދާނެއެވެ. ސްޕެލް ކާސްޓް ކުރުމަށް އައިފޯނުގައި ސިރީ އެކްޓިވޭޓް ކުރުމަށްފަހު 'ލޫމޯސް' މިހެން ބުނުމުން ގެޖެޓްގެ ބައްތި ދިއްލޭނެއެވެ.
އައިފޯނުގައި މަސައްކަތްކުރާ ހަމައެކަނި ސްޕެލްއަކީ ލޫމޯސް އެއް ނޫނެވެ.
ސީރީ އެކްޓިވޭޓް ކުރުމަށްފަހު 'ނޮކްސް' ބުނުމުން ބައްތި ނިއްވޭނެއެވެ.
ހަމަ އެހެންމެ 'އަކްޔޯ' ވެސް ކާސްޓް ކުރެވޭނެއެވެ. މިއީ ކާސްޓަރ އާއި ދިމާލަށް ހުރިހާ އެއްޗެއް އެއްކުރުމަށް ބޭނުންކުރާ ސްޕެލްއެކެވެ.
ސީރީ ހޭލެއްވުމަށްފަހުގައި 'އަކްޔޯ' އަށްފަހު އެޕެއްގެ ނަން ބުނުމުން އެ އެޕެއް ހުޅުވޭނެއެވެ.
ތިމާގެ އާސެނަލަށް ބޭނުންވާ އެހެނިހެން ސްޕެލްތައް، އައިފޯނުގެ ސެޓިންގތައް ކުޑަކޮށް ހާވާލުމަށްފަހު އިތުރުކުރެވޭނެއެވެ.
މިހެން ކަންތައް ކުރުމަށްޓަކައި، ޝޯޓްކަޓް އެޕް ބޭނުންކޮށްގެން ސީރީއަށް ސްޕެލްތައް ޕްރޮގްރާމް ކުރަން ޖެހޭނެއެވެ.
ފުރަތަމަ 'ހޭ ސީރީ' ޖައްސާފައި ވޭތޯ ބަލާށެވެ. ދެން އެއަށްފަހު ސެޓިންގ އަށް ގޮސް، ސީރީ އެންޑް ސާޗް ގެ ބަޔަށް ވަދެ، "ލިސެން ފޯ 'ހޭ ސީރީ' " އަށް އޮބާލާށެވެ.
•ހޭ ސީރީ، ލޫމޯސް މެކްސިމާ: 'ސެޓް ފްލެޝްލައިޓް' އިތުރުކުރުމަށްފަހު، 'ޓާރން އޮން' އަށް ސެޓުކުރާށެވެ. ދެން ބްރައިޓްނެސް އެންމެ މައްޗަށް ޖައްސާލާށެވެ.
•ހޭ ސީރީ، ސައިލެންސޯ: 'ސެޓް ފޯކަސް' އިތުރުކުރުމަށްފަހު، 'ޑޫ ނޮޓް ޑިސްޓާބް މޯޑް' ޖެއްސާފައި ނިވޭނެހެން ސެޓުކުރާށެވެ.
•ހޭ ސީރީ، ސޮނޯރަސް: 'ސެޓް ވޮލިއުމް' އިތުރުކުރުމަށްފަހު، 100 އިންސައްތައަށް ސެޓުކުރާށެވެ.
•ހޭ ސީރީ، ކްއައެޓަސް: 'ސެޓް ވޮލިއުމް' އިތުރުކުރުމަށްފަހު، 50 އިންސައްތައަށް ސެޓުކުރާށެވެ.
•ހޭ ސީރީ، ޕޮއިންޓް މީ: 'އޯޕަން އެޕް' އިތުރުކުރުމަށްފަހު، އެޕެއްގެ ގޮތުގައި 'ކޮމްޕަސް' ސެޓުކުރާށެވެ.
•ހޭ ސީރީ، ސްޓާރނިއަސް: 'ފައިލް' އިތުރުކުރުމަށްފަހު، މީހަކު ކިނބިހި އަޅާ އަޑުގެ އޯޑިޔޯ ފައިލެއް ސެޓުކުރާށެވެ. ދެން 'ޕްލޭ ސައުންޑް' އިތުރުކުރާށެވެ.
•ހޭ ސީރީ، މަފްލިއާޓޯ: 'ސެޓް ވޮލިއުމް' އިތުރުކުރުމަށްފަހު، ދަށް މިންވަރަކަށް ބަދަލުކޮށް ސެޓުކުރާށެވެ.
އެންމެ ފުރަތަމަ ހެރީ ޕޮޓަރ ފޮތް، ހެރީ ޕޮޓަރ އެންޑް ދަ ސޯސެރާސް ސްޓޯން، ޝާއިއުކޮށްފައިވަނީ 1997 ވަނަ އަހަރުގައެވެ. އަދި މިއަދު ރައުލިންގ އަކީ މިލިއަނެރެކެވެ.
އެއީ 2001 ވަނަ އަހަރު ރިލީޒްކުރި ފިލްމު ފްރެންޗައިޒްގެ އާދަޔާހިލާފު ކާމިޔާބީގެ ކުޑަ ތަންކޮޅެއްވެސް ނޫނެވެ.
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.