ޓޮޮޔޮޓާއިން ލޫނާ ކްރޫޒާއެއް އުފައްދަނީ

އިސްމާއިލް އަލީ 30 ޖެނުއަރީ 2022

ޓޮޔޮޓާ އާއި ޖަޕާނުގެ ޖައްވީ އިދާރާ ގުޅިގެން ހަނދުގައި ދުއްވާނެ ލޫނާ ކްރޫޒާއެއް 2040 ވަނަ އަހަރު އަންނަން ވާއިރަށް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. ޓޮޔޮޓާ ކުންފުނީގެ އަމާޒަކީ މި އުޅަނދު ހަނދުގެ އިތުރުން މާސްގައިވެސް ބޭނުންކުރުމެވެ. ލޫނާ ކްރޫޒާގެ ނަމުގައި އުފައްދާ މި އުޅަނދަކީ ޓޯޔޮޓާ ލޭންޑް ކްރޫޒާ ސްޕޯޓް ޔުޓިލިޓީ ވެހިކަލް އަސްލަކަށް ބަލައިގެން އުފައްދާ އުޅަނދެކެވެ.

މިއުޅަނދަކީ 2 މީހަކަށް 14 ދުވަސްވަންދެން ދިރިއުޅެވޭ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެކެވެ. މީގެ އިތުރުން މި އުޅަނދު ފަރުމާކުރެވިފައިވަނީ މީގައި ދިރިއުޅޭ ފަރާތްތައް ހަނދުގައި ދަތުރުކުރާއިރު މަސައްކަތްކޮށް ދިރިއުޅެވޭގޮތަށެވެ. ޓޮޔޮޓާ ކުންފުނިން ހާމަކުރާ ގޮތުގައި މި އުޅަނދު ފަރުމާކުރެވިފައިވަނީ ކާރު ދުއްވާއިރުވެސް ރައްކާތެރިކަމާއިއެކު ކެއުން ބުއިމާ، ނިދުމާއި މަސައްކަތްކުރެވޭތީ މިކަންކަން ޖައްވުގައިވެސް މިގޮތަށް ކުރެވިދާނެކަމުގައި ބަލައިގެންނެވެ.

މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އުއްމީދަކީ ޖައްވަށް ގޮސްގެން އިންސާނުންނަށް ފައިދާވާފަދަ ޓެލެކޮމިއުނިކޭޝަން އަދި އެހެނިހެން ޓެކްނޮލޮޖީ އުފެއްދިދާނެކަމުގެ އުއްމީދުކުރެވޭ ކަމުގައިއެވެ. މީ އުޅަނދަށް ހާއްސަކޮށް މެއިންޓެނަންސް އަދި އިންސްޕެކްޝަނަށް ރޮބޮޓިކް އަތެއްވެސް ވަނީ އުފައްދާފައިއެވެ. މި ރޮބޮޓިކް އަތް އުފައްދާފައިވަނީ ޓޮޔޮޓާ އާއި ގުޅިގެން ގިޓައި ޖަޕާން ކުންފުނިންނެވެ. މި އަތް ފަރުމާކުރެވިފައިވަނީ ތަފާތުއެކި މަސައްކަތްކުރަން ބޭނުންކުރާ އާލާތްތަކަށް ބަދަލުކޮށްލެވޭ ގޮތަށެވެ. އެގޮތުން އެއްޗެހި އުފުލުމާއި، ފޮޅާ ސާފުކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.

1930 ވަނަ އަހަރު އެކުންފުނި އުފެދުނު ހިސާބުން ފެށިގެން ޓޮޔޮޓާ ކުންފުނިން ވަނީ އެކުންފުނީގެ މައިގަނޑު ވިޔަފާރި ގެއްލިދާނެތީ ގިނަ މަސައްކަތްތަކެއްކޮށްފައިއެވެ. އެގޮތުން އެކުންފުނިން ވަނީ ބޯޓު، ޖެޓް، ރޮބޮޓް އަދި ހައުސިން ވިޔަފާރީގެ ތެރެއަށް ވަންނަން މަސައްކަތްކޮށްފައިއެވެ. އެގޮތުން ފުޖީ ފަރުބަދައިގެ ކައިރީގައި އެކުންފުނިން އުފައްދާ ސަސްޓެއިނަބަލް ގެތަށް އުފެއްދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.