އެންޑްރޮއިޑް މެލްވެއަރ އަކުން ފޯނު ފެކްޓަރީ ރިސެޓް ކުރަނީ

ޢާއިޝަތު ޝައިހާ 01 ފެބްރުއަރީ 2022

ބޭންކިންގ-ފްރޯޑް ޓްރޯޖަނެއް މި ފާއިތުވެ ދިޔަ 3 އަހަރު އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދެމުން ދިޔަ އިރު، ހިތާމައަކީ މިއަށް މިހާރު އިތުރު ބަދަލުތަކެއްވެސް ވަނީ މި ވޭތުވެދިޔަ އަހަރުތަކުގައި އައިއްސައެވެ. ބޭންކް އެކައުންޓުތައް ހުސްކުރުމުގެ އިތުރަށް، މި ޓްރޯޖަނުން ފެކްޓަރީ ރިސެޓް ކުރާ ސްވިޗެއް ޖައްސައި، މައްސަލަ ޖެހިފައިވާ ޑިވައިސް އެއްކޮށް ސާފުކޮށްލައެވެ.

އެންމެ ފުރަތަމަ ބްރާޓާ ލިޔުމެއްގައި ފެނިފައި ވަނީ، ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ކޭސްޕަރސްކީ އިން ކޮށްފައިވާ ޕޯސްޓަކުންނެވެ. އޭގައި ބުނެފައިވާ ގޮތުގައި، މި އެންޑްރޮއިޑް މޯލްވެއަރ ދައުރުވާން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފަށައިގެންނެވެ. އެންމެ ފުރަތަމަ މޯލްވެއަރ ފެތުރުނީ ގޫގުލް ޕްލޭގައެވެ. ދެން އެއަށްފަހު ޕުޝް ނޯޓިފިކޭޝަން ކޮމްޕްރޮމައިޒް ކޮށްފައިވާ ސައިޓުތަކުގައާއި، ގޫގުލްގައި ސްޕޮންސަރ ކޮށްފައިވާ ލިންކުތަކުގެ އިތުރުން، ވަޓްސްއެޕް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ މެސެޖުތައް ތަކުގެއިތުރުން ތިންވަނަ ފަރާތުގެ މާކެޓްޕްލޭސްތަކުގެ ތެރޭގައި ވެސް ފެތުރެން ފެށިއެވެ. އެ ފަހަރު ބްރާޓާ އަމާޒުކޮށްފައި ވަނީ ބްރެޒިލްގެ ބޭންކުތަކުގައި އެކައުންޓުތައް ހުރި ފަރާތްތަކަށެވެ.

މެލީޝަސް ޓްރެކްތައް ފަރުދާކުރުން

މިހާރު ބްރާޓާ އަނބުރާ އައިސްފައި މި ވަނީ އާ ގާބިލިއްޔަތުތަކާއި އެކުގައެވެ. މި ގާބިލިއްޔަތުތަކުގެ އަސަރު މާ ބޮޑު އިރު، މިއިން އެއްވެސް ހުއްދައެއް ލިބިގެން ނުވާ ވަޔަރަކުން ޓްރާންސްފަރ ކުރަން މަސައްކަތް ކޮށްފި ނަމަ ޑިވައިސް ފެކްޓްރީ-ރިސެޓްކޮށް، މެލްވެއަރގެ އެއްވެސް ޓްރޭސްއެއް ނުވާނެހެން އެއްކޮށް ފޮހެލައެވެ. ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ކްލީފީ ލެބަކީ، ރިޕޯޓުތައް ބުނާ ގޮތުގައި މި ސްވިޗް ނައްތާލުމަށް މަސައްކަތްކުރި ފުރަތަމަ ކުންފުންޏެވެ. މި ކުންފުނިން ބުނި ގޮތުގައި، ޖީޕީއެސް ޓްރެކްކުރުން، ކޮންޓްރޯލް ސާވަރުންނާއި މުއާމަލާތު ކުރުން އިތުރަށް ހަރުދަނާވުން، މޯލްވެއަރ ގެ ޝިކާރައަށް ވެފައިވާ މީހާގެ ބޭންކް އެޕްތަކަށް އަބަދުވެސް ފާރަވެރިވުން، އަދި އެހެން ގައުމުތަކުގައި ހުންނަ އެހެން އެކައުންޓުތަކަށް އަމާޒުކުރުމުގެ ގާބިލުކަން ފަދަ ސިފަތައް ވަނީ ބްރާޓާއަށް އިތުރުވެފައެވެ. މި ޓްރޯޖަން މިހާރު މަސައްކަތް ކުރާ ޤައުމުތަކުގެ ތެރޭގައި ޔޫރަޕް، އެމެރިކާ އަދި ލެޓިން އެމެރިކާ ހިމެނެއެވެ.

"ކޭސްޕަރސްކީ އިން 2019 ވަނަ އަހަރު އެންމެ ފުރަތަމަ ފެނުނު އިރު ބްރެޒިލްގައި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކުރާ، ރިމޯޓް އެކްސެސް ޓްރޯޖަން (ރެޓް) އަށް ވަނީ އާ ސިފަތަކެއް ލިބި، އިތުރު މީހުން އޭގެ ޝިކާރައަށް ވުމުގެ ނުރައްކަލަށް ހުށައެޅި، އޭގެ މެލީޝަސް ފިޔަވަޅުތައް ފަރުދާކުރުމަށް އާ ކިލް ސްވިޗެއްވެސް މި މިކްސަށް އިތުރުކޮށްފަ،" ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ޒިމްޕީރިއަމްގެ ދިރާސާކުރާ ފަރާތްތަކުން، ކްލީފީގެ ހޯދުންތައް ކަށަވަރު ކުރަމުން ޕޯސްޓެއްގައި ބުނެފައި ވެއެވެ. "މޯލްވެއަރ އިން ކާމިޔާބުކަމާއެކު ޑިވައިސް އިންފެކްޓްކޮށް ޝިކާރައަކަށް ވެފައިވާ މީހާގެ އެކައުންޓުން ފައިސާ ނެގުމަށްފަހު، އެ މީހެއްގެ ޑިވައިސްގައި ފެކްޓަރީ ރިސެޓް ކުރާނެއެވެ."

މި ފަހަރު މި މެލްވެއަރ ފެތުރެނީ ގޫގުލް ސްޓޯރުގައި ތޯ ނުވަތަ އެހެނިހެން ތިންވަނަ ފަރާތެއްވާ އެންޑްރޮއިޑް ސްޓޯރެއްގައި ތޯ އެނގޭނެ އެއްވެސް ހެއްކެއް ނެތެވެ. އޭގެ ބަދަލުގައި ބްރާޓާއިން ދަނީ ބޭންކިންގ އެލާޓުތައް ގޮތުގައި މެސެޖުތަކެއް ފޮނުވާ ފިޝްކުރަމުންނެވެ. މި އާ ގާބިލިއްޔަތުތައް ދައުރުވަމުންދާ ގާތްގަނޑަކަށް ތިން ވައްތަރެއް ވެއެވެ. ކްލީފީއަށް ފާހަގަވުމުގެ ކުރިން މި ވައްތަރުތައް ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ދިޔައީ ނުފެނިއެވެ. މި ސިއްރުވެރިކަމުގެ ނަތީޖާގެ އެއްބައި ހިއްސާކުރަނީ އެޕްތައް ބެހުމުގައި ބޭނުންކުރާ އާ ޑައުންލޯޑަރެކެވެ.

ކިލް ސްވިޗުގެ އިތުރުން، ބްރާޓާއިން މިހާރު ދަނީ އޭގެ ޝިކާރައަކަށްވެފައިވާ ޑިވައިސް ހުރި ސަރަހައްދަށް ވަނުމުގެ ހުއްދަ ހޯދަމުންނެވެ. ކްލީފީއިން އެމީހުން ހޯދި ހޯދުމުގައި ބްރާޓާއިން ލޮކޭޝަން ޓްރެކްކުރާ ކަމުގެ އެއްވެސް ހެއްކެއް ހޯދިފައި ނުވާއިރު، އެމީހުން ލަފާކުރާ ގޮތުގައި މެލްވެއާގެ ކުރިއަށް ހުރި ވައްތަރުތަކުން ފައިދާ ލިބިގަންނަން ފަށާފާނެއެވެ.

ހަމައެހެންމެ، މޯލްވެއަރ ވަނީ އޭގެ ގުޅުން، އެޓޭކަރުގެ ކޮމާންޑް އަދި ކޮންޓްރޯލް ސާވާއާއި (ނުވަތަ ސީ2) އަބަދުވެސް ގުޅާފައި ބެހެއްޓުމަށް ވެބްސޮކެޓްގެ ބޭނުން ކުރުމަށް ބަދަލުވެސް ވެފައެވެ.

"ވެބްސޮކެޓް ޕްރޮޓޮކޯލް ބޭނުންކުރަނީ ފޯނުގައި އެކްސެކިއުޓް ކުރުމަށް ވަކި ޚާއްސަ ކޮމާންޑުތަކެއް ފޮނުވާ ސީ 2،" ކްލީފީގެ ދިރާސާވެރިން ލިޔެފައި ވެއެވެ. "އަހަރެމެންނަށް އެނގޭ ގޮތުގައި، މޯލްވެއަރ އަބަދުވެސް ހުންނަނީ، ސީ 2 އިން އެޕަށް ދެން އަޅަންވީ ފިޔަވަޅު ބުނެދޭ ކޮމާންޑެއް ދެންދެން މަޑުކޮށްގެން."

މި އާ ގާބިލިއްޔަތުގެ ސަބަބުން ކްރައިމްވެއަރ އެޕްތަކާއި އެހެނިހެން ބާވަތްތަކުގެ މެލްވެއަރގެ މަސައްކަތްކުރުމަށް އަންނަ ބަދަލުތަކުން ދައްކުވައިދެނީ، އެއެޕްތައް އެކުލަވައިލި ފަރާތްތައް އެޕްތައް އެހެން މީހުންނާއި ހަމައަށް ބޮޑަށް ފޯރުކޮށް، އެއެޕްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމެވެ. އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ ފަރާތްތަކުން އަބަދުވެސް މެލީޝަސް މެލްވެއަރ އަށް ސަމާލުކަން ދޭން ވާނެއެވެ. އެގޮތުން ފޯނަށް އަޅާ އެޕްތައް މަދުކޮށް، އެޕްތައް އަންނަނީ އިތުބާރު ހިފޭ ތަންތަނުންތޯ ބަލައި، ސެކިއުރިޓީ އަޕްޑޭޓުތައް އަވަހަށް އަޅަން ވާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.