ދުނިޔޭގައި ޗިޕް އުފެއްދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް ފުރަތަމަ ފަހަރަށް ސެމީކޮންޑަކްޓަރ ވިޔާފާރި 500 ބިލިއަން ޑޮލަރަށް އަރައިފިއެވެ. އެގޮތުން މި ވިޔަފާރީގެ ފާއިދާ 2021 ގައި ވަނީ 25.1 އިންސައްތަ މައްޗަށް ގޮސްފައިއެވެ.
މީގެ އިތުރުން ސެމްސަންގް އިލެކްޓްރޯނިކްސްއިން ވަނީ 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންޓެލް ވައްޓާލައި މި ވިޔަފާރީގެ އެންމެ ކުރިއަށް ޖެހިލާފައިއެވެ. އެގޮތުން އެކުންފުނީގެ ފާއިދާ ވަނީ 31.6 އިންސައްތައަށް 2021 ގައި އުފުލިފައިއެވެ. މީގެ އިތުރުން އެކުންފުނީގެ މެމޮރީ ވިޔަފާރީގެ ފާއިދާ ވަނީ 2021 ގައި 34.2 އިންސައްތައަށް އުފުލިފައިއެވެ.
އިންޓެލް ދެވަނައަށް ވެއްޓުނީ 2021 ގައި އެކުންފުނީގެ ފައިދާ 0.5 އިންސައްތައަށް ވެއްޓިފައި ވަނިކޮށެވެ. އެކުންފުންޏަކީ ސެމީކޮންޑަކްޓަރ ވިޔަފާރީގެ އެންމެ ކުރީގައި ހަރަކާތްތެރިވާ 25 ކުންފުނީގެ ތެރެއިން 2021 ގައި ވިޔަފާރި އެންމެ ދަށަށްދިޔަ ކުންފުންޏެވެ.
2021 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަށްޖެހިލުމާއިއެކު ސެމީކޮންޑަކްޓަރ ސަޕްލައިކުރުމުގައި ބޮޑެތޮ ގޮންޖެހުންތަކާއި ކުރިމަތިވިއެވެ. މީގެ ސަބަބުން ސެމީކޮންޑަކްޓަރ އުފެއްދުމަށް ބޭނުންވާ ތަކެއްޗާއި ޑިމާންޑް މަތިވުމާއި ގުޅިގެން ސެމީކޮންޑަކްޓަރ ވިއްކާ އަގުތަށްވެސް އުފުލުނެވެ. މިއީ 2021 ގައި މިވިޔަފާރި ފުޅާވުމަށް ދިމާވި މައިގަޑު ސަބަބެވެ.
މީގެ އިތުރުން 5ޖީ ސްމާޓްފޯން ވިޔަފާރީގެ ސަބަބުންވެސް ސެމީކޮންޑަކްޓަރ ވިޔަފާރީގެ ފައިދާ އިތުރުވުމަށް މަގުފަހިވިއެވެ. އެގޮތުން 2020 ގައި 250 މިލިއަން ފޯނު ބާޒާރަށް ނެރުނުއިރު 2021 ގައި ވަނީ 555 މިލިއަން ފޯނު ބާޒާރަށް ނެރެފައިއެވެ.
އެމެރިކާއިން ވާވޭ ފަދަ ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނިތަކާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން 5ޖީ ޗިޕްސެޓް އުފެއްދުމުގައި ހަރަކާތްތެރިވާ ކުއަލްކޮމް، މީޑިއާޓެކް އަދި ސްކައިވޯކްސްގެ ވިޔަފާރިވެސް ވަނީ ފުޅާވެފައިއެވެ. މިއާއެކު ވާވޭގެ ޗިޕް އުފައްދާ ސަބްސިޑަރީ ކުންފުނި ހައިސިލިކަންގެ ވިޔަފާރި ވަނީ 8.2 ބިލިއަން ޑޮލަރުން 1 ބިލިއަން ޑޮލަރަށް 2021 ގައި ދަށަށް ގޮސްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި