ސްމާޓްފޯން ބޭސްޑް ކޮވިޑް ޓެސްޓް ކިޓެއް އުފައްދައިފި

ޢާއިޝަތު ޝައިހާ 15 ފެބްރުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ހަމައެކަނި މަދު މިންވަރަކަށް ޓެކްނޮލޮޖީގެ ބޭނުންކޮށް ސްމާޓްފޯނުގެ އެހީގައި މަސައްކަތް ކުރާ ވަރަށް ސެންސިޓިވް ކޮވިޑް ޓެސްޓެއް ސައިންޓިސްޓުން އުފައްދައިފިއެވެ. މިއީ ޕީސީއާރް ޓެސްޓު ކުރުމުގެ ބަދަލުގައި ބޭނުންކޮށްލެވޭނެ އަވަސް އަދި އަގުހެޔޮ ޓެސްޓު ކުރުމުގެ ގޮތެކެވެ.

25 މިނެޓް ހޭދަވާ، ކުޅުގެ ބޭނުންކޮށްގެން ހަދާ މި ޓެސްޓުގެ ފަހަތުގައިވާ ޓީމުން ބުނެފައިވާ ގޮތުގައި، މި ޓެސްޓު މެދުވެރިކޮށް މަސައްކަތުގެ މާހައުލުގައާއި ގޭގައި ހުރެގެން ވަރަށް އިތުބާރު ހިފޭ ނަތީޖާއެއް މި މަންސައިން ލިބިގެން ދާނެއެވެ. މި އާދައިގެ ލެބް ޓެސްޓު ކިޓުގައި ހިމެނެނީ ކަރުދާސް ފޮށްޓަކާއި، ކުޑަ ހޮޓްޕްލޭޓެއްގެ އިތުރުން އެލްއީޑީ ބޮތްކެކެވެ. މި ހުރިހާ ތަކެތި އެންމެ 75 ޔޫރޯއަށް ލިބެން ހުރެއެވެ. ޓެސްޓު ކުރުމަށް ބޭނުންވާ މާއްދާތަކާއި އެކުގައި މި ޓެސްޓު ކުރުމަށް ހިނގާ ޚަރަދަކީ، ޕީސީއާރް ޓެސްޓަކަށް ހޭދަވާ ޚަރަދުގެ 10 ބައިކުޅަ 1 ބައެވެ. ހަމަ އެހެންމެ މިއީ ލެޓެރަލް ފްލޯ ޓެސްޓަށް ވުރެވެސް އަގުހެޔޮ ޓެސްޓެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މި ޓީމުގެ ހޯދުންތައް ޖާމާ ނެޓްވޯކް އޯޕެނިންގ ގެ ޖޯނަލްގައި ވަނީ ޝާޢިއުކޮށްފައެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑްގެ އާ ވައްތަރުތައް ފެންނަމުން ދާ އިރު، ޓެސްޓުކުރުމާއި ދެނެގަތުމަކީ އަބަދުވެސް މި ޢާލަމީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ވަރަށް މުހިއްމު ކަމެއް." ސެންޓަރ ބާރބަރާގެ ޔުނިވާރސިޓީ އޮފް ކެލިފޯނިއާގައި މަސައްކަތްކުރާ، އަދި މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޑރ. މައިކަލް މަހާން ބުނެފައި ވެއެވެ. "ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައިގެ އަތުގައި ސްމާޓްފޯނެއް ވާއިރު، އަޅުގަނޑުމެން ޤަބޫލުކުރަނީ މި ޓެސްޓަކީ ހަމަހަމަ އަދި އެއްވަރު ގޮތަކަށް ޕްރިސިޝަން ޑައިގްނޯސިސް މެޑިސިން އެންމެނަށް ލިބޭނެ ޤާބިލުކަން ލިބިގެން އެއްޗެއް ކަމަށް."

މި ޓެސްޓުން ބޭނުންކުރަނީ ލޫޕް-މެޑިޓޭޓެޑް އައިސޯތާމަލް އެމްޕްލިފިކޭޝަން (ލޭމްޕް) ކިޔާ ޕްރޮސެސްއެކެވެ. މި ޕްރޮސެސް މެދުވެރިކޮށް ކުޅުގައި ހުންނަ ވައިރަލް އާރްއެންއޭ ގެ މިންވަރު ގިނަކޮށް، ވަކި ކަހަލަ ޓާގެޓް ޖީންތައް ދެނެގަނެއެވެ. ހިލޭ ލިބެން ހުންނަ އެޕް މެދުވެރިކޮށް ސްމާޓްފޯނުގެ ކެމެރާ ބޭނުންކޮށްގެން، ކެމިކަލް ރިއެކްޝަނެއް ހިނގާކަން އަންގައިދޭ ކުލަ ބަދަލުވުމެއްް ފެންނާނެއެވެ. އަދި މި ކުލަ ބަދަލުވުން މެދުވެރކޮށް 25 މިނެޓުގެ ތެރޭގައި ބަލި ހުރިކަން އަންގައިދޭނެއެވެ. ކޮވިޑް ޖެހިފައި ހުރި 50 ބަލިމީހުން މި ޓެސްޓު ހެދުމުން، ޕީސީއާރް ޓެސްޓުގެ ސެންސިޓިވިޓީ އާއި ދިމާވެއެވެ. ހަމަ މި އުކުޅު ފްލޫ އިންފެކްޝަންތައް ދެނެގަތުމުގައި ވެސް ބޭނުންކޮށްފައި ވެއެވެ.

ޔުނިވާރސިޓީ އޮފް ރީޑިންގ ގެ އެލެކްސޭންޑަރ އެޑްވާޑް ބުނެފައިވާ ގޮތުގައި، މި މަސައްކަތުން ދައްކުވައިދެނީ ލެބޯޓްރީ އިން ބޭރަށް ޓެސްޓުކުރުން ގޮސްދާނެ ކަމެވެ. "މި ޝައުޤުވެރި ރިޕޯޓުން ދައްކުވައިދެނީ ކްލިނިކަލް ސާމްޕަލްގެ ގޮތުގައި ނަގާ ސްވޮބް ތަކުގައި ހުންނަ ވައިރަސްއާއި އަޅާ ބަލާއިރު އާދައިގެ ޓެސްޓެއްގެ ޞައްޙަކަން." އޭނާ ބުނެފައި ވެއެވެ. "ކަންމިހެން އޮތް ނަމަވެސް، ދިރާސާކުރާ އެހެން ގްރޫޕްތަކުން މި ވައްތަރުގެ ޓެކްނޮލޮޖީއާއި އާދައިގެ ޓެސްޓުތައް މަސައްކަތް ކުރާނެކަން ވަނީ ދައްކައިދީފަ. ހަމައެކަނި ގޮންޖެހުމަކަށް ވެފައިވާ ކަމަކީ މި ބާވަތުގެ ޓެކްނޮލޮޖީގެ މައްޗަށް ބިނާވާ ގިނަ އުފެއްދުންތައް ފޯރުކޮށްދީ، މީހުން އޭގެ ބޭނުން ފަސޭހައިން ކުރެވޭނެ ގޮތެއް ހޯދުން."

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.