ގޫގަލް ކްރޯމްގެ އާ އަޕްޑޭޓް ސަފާރީއަށް ވުރެ މާ އަވަސް

ޢާއިޝަތު ޝައިހާ 10 މާރިޗު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް ކްރޯމްގެ އާ އަޕްޑޭޓް ކަމަށްވާ، ވާޝަން އެމް99 އިން އެޕަލްގެ އަމިއްލަ ސްޕީޑޯމީޓަރ ވެބް ބެންޗްމާކުގެ ރިކޯޑުތައް މުގުރާލައި، މެކްތަކުގައި ސަފާރީއަށް ވުރެ މާ އަވަސްވެފައި އިޖާބަ ދިނުން އަވަސްވާނެ ކަމަށް ގޫގުލްއިން ބުނެފިއެވެ. ކްރޯމިއަމް ބްލޮގްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ޖާވާސްކްރިޕްޓް އަދި ރެންޑަރިންގ ގްރެފިކްތައް އެއްކުރުމުގެ ތެރޭގައި ފާއިތުވެ ދިޔަ އަހަރުތަކުގައި ކްރޯމްގެ ދުވެއްޔަށް އައިސްފައިވާ ކުރިއެރުންތައް ބަޔާންކޮށްފައެވެ.

ގޫގަލްއާއި ހަވާލާދީ އެނގޭ ގޮތުގައި، މި ހުރިހާ އެއްޗެއް އެއްކޮށްލުމުން ބްރައުޒަރ ވެގެން ދަނީ އެމް1 މެކްތަކުގައި އެންމެ އަވަސް ބްރައުޒަރަށެވެ. މީގެ ބެންޗްމާކް ސަފާރީއަށް ވުރެ 7 އިންސައްތަ އަވަހެވެ. އަދި ހަމަ މި ބްލޮގް ޕޯސްޓުން އެނގޭ ގޮތުގައިމ އެޕަލްގެ ވެބްކިޓް ޓީމުން އުފައްދާފައިވާ ބެންޗްމާކެއްގެ މައްޗަށް ބިނާކޮށް، ކްރޯމް އެމް99 ގައި ވަނީ 300 ސްކޯގެ ސްޕީޑް ރިކޯޑެއްވެސް ހަމަޖައްސާފައެވެ. މި ސްޕީޑޯމީޓަރ ބެންޗްމާކުގެ ބޭނުމަކީ އެކި ކަހަލަ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވެބް އެޕް މަސައްކަތް ކުރާ ގޮތް ސިމިއުލޭޓް ކޮށް އޭގެ ތަޖުރިބާ އިޖާބަދޭ މިންވަރު ބެލުމެވެ.

ގޫގަލް އިން ފާހަގަކުރާ ގޮތުގައި، 10 ކޯ ގެ އެމް1 މެކްސް ޗިޕަކާއޮ 64 ޖީބީ ގެ ރޭމްއެއް ހިމެނޭ 14 އިންޗީގެ މެކްބުކް ޕްރޯގައި ވަނީ ތަހުލީލުތަކެއް ކުރެވިފައެވެ. 16 ޖީބީގެ ރޭމް ހިމެނޭ، 13 އިންޗީގެ އެމް-1 ން ޕަވަރ ކުރެވިފައިވާ މެކްބުކް ޕްރޯގައި ހަމަ އެ ތަހުލީލުތައް ކުރުމުން، ނަތީޖާއިން ދައްކާ ގޮތުގައި ކްރޯމްއިން ވަނީ މިނެޓު 252 ރަން ޕްލަސް ނުވަތަ މައިނަސް 8.6 ސްކޯ ކޮށްފައެވެ. އަދި ހަމަ އެ ތަހުލީލުތަކުން އެނގުނު ގޮތުގައި ސަފާރީ އިން ސްކޯ ކޮށްފައި ވަނީ 185، ޕްލަސް ނުވަތަ މައިނަސް 46 އެވެ. އެއީ ގާތްގަނޑަކަށް އެވްރެޖްގެ 30 އިންސައްތަ ތަފާތެކެވެ. ނަމަވެސް ސަފާރީގައި ބޮޑު ވޭރިއަބިލިޓީއެއް ހުންނަ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ޖެނެރަލް ވެބް ބްރައުޒް ކުރުމުގައި ޕާފޯމެންސަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ވެބް އެޕެއް ބޭނުންކުރާ އިރު އެއްވެސް މީހެއް މާ ގިނަ ވަގުތު މަޑުކުރުމުގައި ހޭދަކުރުމަށް ބޭނުމެއް ނުވާނެއެވެ. ގިނަ މީހުންގެ ޝަކުވާއަކަށް ވަނީ ކްރޯމްއަކީ ރިސޯސް ހޮގަކަށް ވުމެވެ. އޭގެ ދުވެލި މަޑުވުމެއް ނޫނެވެ. ބޮޑު ރޭމް ޔޫސޭޖްގެ ފަހަތުގައި ވަނީ އެއްކޮށް ކްރޯމްއަށް ނުވި ކަމުގައި ވިޔަސް، މެމޮރީގައި ބޮޑު ޖާގައެއް ނެގުމުގެ ފަހަތުގައި ވަނީ ކްރޯމްއެވެ.

ހަމައެކަނި ބެންޗްމާކުގެ މައްޗަށް ބިނާކޮށް ބްރައުޒަރ އެއް ޚިޔާރުކުރުމަކީ އެހާ ބުއްދިވެރި ގޮތެއް ނޫނެވެ. އެހެން ކަންތައްތަކަށްވެސް ވިސްނަން ޖެހޭނެއެވެ.

ކްރޯމްގައިވާ ސިފަތަކާއި މެދު ތިމާ ހިތްހަމަ ޖެހޭނަމަ އެ ބޭނުންކުރުން ކުރިއަށް ގެންދާށެވެ. އަދި ބައެއް ފަހަރު އޭގެ ސަޅި ބެންޗްމާކުގެ ވާހަކަވެސް ދައްކާލަން ވާނެއެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.