ބިގް ޓެކުން އޯޕަން އިންޓަނެޓުގެ ވައުދާއެކު ފަހަތަށް؟

ޝުޖާޢަތު ރަޝީދު 18 މާރިޗު 2022

2021 ވަނަ އަހަރު ވެގެންދިޔައީ ބިގް ޓެކްއަށް ވަރަށް ނުތަނަވަސް ޕީއާރް އަހަރެކަށެވެ. ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި، ވަކާލާތުކުރާ ފަރާތްތަކާއި، ޢިލްމުވެރިން ވަނީ ފޮތްތަކުގެ ޞަފްޙާތައް ފުރި، އެތައް ގަޑިއިރެއް ވަންދެން ޓެކް އިންޑަސްޓްރީގެ ކަންތައްތައް ހުންނަ ގޮތުން އަޑުއުފުލާފައެވެ.

ޓެކް ކުންފުނިތަކުގެ ކަންތައްތައް ހުންނަ ގޮތަކީ ވާދަވެރި މާހައުލެއްގައި އެއްވެސް ވަރަކަށް ކޮންސިއުމާއަށް ވިސްނާނުލައި އިންޑަސްޓްރީގައި ރަސްކަން ކުރުން ކަމުގައި މިފަދަ ވާހަކައިގައި ގިނަ މީހުން ބުނަމުން ދެއެވެ.

ނަމަވެސް، ބިގް ޓެކް ކުންފުނިތަކުން މީގެ ވިއްސަކަށް އަހަރު ކުރިންވެސް ކުރިއަރަމުން ދިޔައީ އެމީހުންގެ އަމިއްލަ ޓެކްޓިކްތަކާއި އެކުއެވެ.

ޓެކް އޯވާސައިޓް ޕްރޮޖެކްޓުން ނެރެފައިވާ ރިޕޯޓް "ވިޕްލެޝް: އިންސައިޑް ބިގް ޓެކް އޯޕެން އިންޓަނެޓް ފްލިޕް-ފްލޮޕް"ގެ ނަމުގައި ނެރުނު ރިޕޯޓުގައި ލޯންޑްރީ ލިސްޓެއް ހިމަނާފައިވެއެވެ. މިލިސްޓުގައި ބިގް ޓެކް ކުންފުނިތަކުން މިހާރު ހަނގުރާމަ ކުރަމުންދާ ގިނަ ޕޮލިސީތައް އެމީހުންގެ ލަނޑުދަނޑިތަކަށް ތާއީދުކުރާކަން ހާމަކޮށްފައިވެއެވެ.

އެކަމަކު މިކަން މިހެން އޮތީވެސް ބިގް ޓެކްގެ މޮނޮޕޮލިޓިކް ވިޔަފާރީގެ އުސޫލުތަކަށް އަމާޒުކޮށް އެންޓިޓްރަސްޓް ގާނޫނެއްގެ ބައެއް މުހިންމު ބައިތަކާ މެދު ކޮންގްރެސްއިން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ބުނެވުނު ރިޕޯޓުގައި ގޫގަލް، އެމޭޒަންއާއި ފޭސްބުކް ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ނެޓް ނިއުޓްރަލިޓީއާއި އެއްކޮޅަށް ތެދުވާނެކަމަށް ހާމަކޮށްފައިވެއެވެ.

ބޮޑެތި ޓެކް ކުންފުނިތަކުން ގަބޫލު ކުރާ ގޮތުގައި އިންޓަނެޓުގައި މިހާރު ހިލޭ ބޭނުންކުރެވޭ މާކެޓުތަށް ހެދި، ކޮމްޕެޓިޝަން އެންމެނަށް ހުޅުވި، މި މާހައުލުގެ ކޮމްޕެޓިޝަން މިވަނީ ރަނގަޅު ކުރިއެރުމަކަށް ވެފައެވެ. އެހެންކަމުން އިންޓަނެޓާއި އޯޕަން ސޯސް ޕްލެޓްފޯމްތަކަކީ އެންމެނަށްވެސް ހިލޭ ބޭނުންކުރެވޭ އެއްޗަކަށް އަބަދުވެސް ވުމަކީ މުހިންމު ކަމެއް ގޮތުގައި ގިނަ ޓެކް ލީޑަރުން ހާމަކޮށްފައިވެއެވެ.

މިގޮތައް މިވާހަކަތައް ދެކެވި ވައުދުތަކެއް ކުރެވުނު ކަމުގައިވީނަމަވެސް، މިހާރު ޓެކް ކުންފުނިތަކުން ކަންތައްތައް ކުރަމުންދަނީ ވަޢުދުތަކާއި ހިލާފަށެވެ.

އެމޭޒަންއިން އެމީހުންގެ އީމާކެޓް-ޕްލޭސް ތާޑް ޕާޓީ ސެލާސް ސްޕައިކުރުމަށް ބޭނުންކޮށްފައިވެއެވެ. އެމޭޒަންއިން މިކަން ކޮށްފައިވަނީ ކުޑަ ކުންފުންޔަކުން ވިއްކަމުންދިޔަ ކެމެރާ ޓްރައިޕޮޑްތަކެއް ކްލޯންކޮށް އަގުހެޔޮކޮށް ވިއްކުމުންނެވެ. މިކަން މިހެން ކުރުމުން އެ ކުޑަ ވިޔަފާރިއަށް އެތަކެއް ގެއްލުމެއް ލިބުނެވެ.

އެޕަލްއިން އެމީހުންގެ ޕްރޮޑަކްޓްތަކާއި އެއް ހަރުފަތެއްގައި ވާދަކުރާ އެހެން އެޕްތައް އެމީހުންގެ ސްޓޯރުން ބޭރުކުރެެއެވެ. މިކަމުގައި ފާހަގަ ކުރެވެނީ ޕޭރަންޓަލް ކޮންޓްރޯލް، ސްކްރީންޓައިމް މޮނިޓާ ކުރާ 17 ވަރަކަށް އެޕްތައް އެޕަލް ސްޓޯރުން ބޭރުކޮށްފައިވެއެވެ.

ފޭސްބުކްއިން އެމީހުންގެ ބާރުގެ ބޭނުންކޮށް، އެމީހުން ބޭނުންވާ ޓެކްނޮލޮޖީތަކާއި ކުންފުނިތައް ގަނެފައިވެއެވެ. މީގެ ތެރޭގައި ފާހަގަކުރެވެނީ 2013 ވަނަ އަހަރު ފޭސްބުކްއިން ގަނެފައިވާ އޮނާވޯ ކިޔާ އެޕެކެވެ. މިއެޕަކީ އަވަސް ގޮތެއްގައި މާކެޓުގައި އުޅޭ ކޮމްޕެޓިޝަންތައް ދެނެގަންނަ އެޕެކެވެ.

މިއެޕް ބޭނުންކޮށްގެން ފޭސްބުކްއިން ވަޓްސްއެޕްގެ ކޮމްޕެޓިޝަން މެސެންޖާއާއި އަޅާކިޔާ ބަލާފައިވެއެވެ.

ގޫގަލްއިންވެސް އެމީހުންގެ ބާރުގެ ބޭނުންކޮށް އެތަކެއް ކަމެއް ޓެކް ސެކްޓާގައި ކޮށްފައިވެއެވެ. މިގޮތުން ފާހަގަކުރެވެނީ އަބަދުވެސް ގޫގަލްއިން އެމީހުންގެ ކޮމްޕެޓިޓަރުންގެ ސާޗް ރިޒަލްޓް ދައްކާނީ ގޫގަލް ބްރޭންޑްގެ ޕްރޮޑަކްޓްތަކުގެ ފަހަތުންނެވެ.

އެންޑްރޮއިޑް ފޯނުތައް މާކެޓަށް ނިކުންނައިރު ގޫގަލްގެ ހުރިހާ އެޕްލިކޭޝަނާއިއެކު ނެރުމަށްވެސް ގޫގަލްއިން ވަނީ ބާރު ފޮރުވާފައެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.