ނެޓްފްލިކް ޕާސްވޯޑު ހިއްސާކުރުމާއި ދެކޮޅަށް ފިޔަވަޅުތަކެއް

ޢާއިޝަތު ޝައިހާ 28 މާރިޗު 2022

ނެޓްފްލިކްސުން ވަނީ އެތައް އަހަރުތަކެއް ވަންދެން އަޅުގަނޑުމެން، އަޅުގަނޑުމެންގެ އާއިލާގެ މެމްބަރުންނާއި އެކުވެރިންގެ އެކައުންޓުތަކުގެ ބޭނުންކުރާ ކުރުން އަޅާ ނުލާ ދޫކޮށްލާފައެވެ. ނަމަވެސް މިހާރު ސްޓްރީމް ކުރުމުގެ ރަސްގެފާނު މި ވަނީ އޭގެ ލުކް-ދި-އަދަރ-ވޭ އުސޫލު ބަދަލުކުރުމަށް ވިސްނަމުން ދާ ކަމުގެ އިޝާރާތެއް ކޮށްފައެވެ. މި ބަދަލުގެ ފަހަތުގައިވާ ސަބަބެއް ކަމުގައި ބެލެވެނީ ނެޓްފްލިކްސްގެ ކުރިއެރުން މަޑުޖެހި، އަހަރީ ޕްރޮޑަކްޝަން ބަޖެޓުން އާ އުފެއްދުންތަކަށް ނުހަނު ގިނައިން ޚަރަދު ކުރި ނަމަވެސް އޭގެ ކުރިއެރުންވެސް މަޑުޖެހިފައި ވުމެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ކުންފުނިން ވަނީ ޕާސްވޯޑް ހިއްސާކުރުން ހުއްޓުވުމަށް އުސޫލެއް ޓެސްޓުކުރަމުން ދާ ކަން އިޢުލާނުކޮށްފައެވެ. މީގެ ސަބަބުން، ގެވެހިން ބޭރުގައި އެހެން ފަރާތްތަކުގެ އެކައުންޓުތަކުގެ ބޭނުން ކުރާ ފަރާތްތައް މަދުވާނެ ކަމަށް ކުންފުނިން ލަފާކުރެއެވެ. މި ޓެސްޓުގެ ބައެއްގެ ގޮތުގައި، ނެޓްފްލިކްސުން ވަރަށް އަވަހަށް ޗިލީއާއި، ކޮސްޓާ ރިކާ އަދި ޕެރޫ ގައި އެމީހުންގެ އެކައުންޓުތައް ބޭނުންކުރާ ފަރާތްތަކަށް، އިތުރު ދެ ފަރާތަކަށް ސަބް-އެކައުންޓެއްގެ ގޮތުގައި ނެޓްފްލިކްސްގެ މެމްބަރުކަން ދިނުމުގެ ޤާބިލުކަން ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޮސްޓާ ރިކާގައި މީގެ އަގަކަށް އުޅޭނީ ނެޓްފްލިކްސްގެ އަހަރީ އަގާއި އެކު 3 ޑޮލަރެވެ.

ނެޓްފްލިކްސުން ވަނީ ޕާސްވޯޑު ހިއްސާކުރުމުގައި ވަރަށް ދޫ ދީފައެވެ. މީގެ ސަބަބެއް ކަމުގައި ވެފައި ވަނީ ނެޓްފްލިކްސްގެ އިސްވެރިޔާ ރީޑް ހެސްޓިންގްސް މީގެ ކުރިން އެއީ 'ރަނގަޅު ކަމެއް' ކަމަށް ބުނުމެވެ. ނެޓްފްލިކްސުން ހަޤީޤަތުގައި އެކައުންޓްތައް "ގޭގައި އުޅޭ އެހެން ފަރާތްތައް ނޫން އެހެން ފަރާތްތަކާއި" ހިއްސާކުރުން މަނާކޮށްފައި އޮތް ނަމަވެސް، ކުންފުނިން ވަނީ މިދިޔަ އަހަރުގައި ހިއްސާކޮށްފައިވާ އެކައުންޓުތައް ކްރެކްޑައުން ކޮށް އެކަން މަޑުމަޑުން ތަންފީޒުކުރެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމުގެ އިޝާރާތެއް ކޮށްފައެވެ. މިކަން ގިނައިން ކޮށް އުޅޭނީ، މީގެ ކުރީ ހަފްތާގައި އިއުލާން ކުރި ފަދައިން އެކި އެކި ސްޓްރޭ ޓެސްޓުތައް މެދުވެރިކޮށެވެ.

ނަމަވެސް މިހާރު ކުރިއަށް ގެންދާ ޓެސްޓުތަކުގައި ތަފާތުކަމެއް އިހުސާސްކުރެވެއެވެ. ސަބަބަކީ އެންމެ ފަހުގެ އެކްސްޕެރިމެންޓް އައީ ކުންފުންޏަށް ވަރަށް މުހިއްމު ދަނޑިވަޅެއްގައެވެ. ނެޓްފްލިކްސުން އެތައް އަހަރުތަކެއް ވަންދެން ސަބްސްކްރައިބް ކުރާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާ މިންވަރު ދެކެފައި ވީ ނަމަވެސް، މިހާރު އޭގެ އަސަރު ދަނީ ފަނޑުވަމުންނެވެ. އެތައް ބިލިއަނެއްގެ އަދަދު ކުރެވިފައިވާ ބިޔަ ކޮންޓެންޓް ބަޖެޓާއި ދެކޮޅަށް ބެލެންސްކުރެވިފައި ވާއިރު، ނެޓްފްލިކްސްއަށް މި ވަނީ ފައިސާ ގެންނާނެ އާ އީޖާދީ ގޮތްތަކަކާއި މެދު ވިސްނަން ޖެހިފައެވެ. ހަމަ ގައިމުވެސް މިކަން ކުރެވޭނެ އެއް ގޮތަކީ ވަރަށް ބޮޑަށް ހިއްސާކުރެވިފައިވާ އެކައުންޓުތައް މޮނީޓަރ ކުރުމެވެ. ޚާއްސަކޮށް ގޭބިސީތަކުގައި ނެޓްފްލިކްސްއަކީ މުހިއްމު އެއްޗެއް ކަމުގައި ވެފައިވާ މި ދަނޑިވަޅުގައި މި ގޮތަކީ ހަމަ ގައިމުވެސް މަސައްކަތްކުރާނެ ގޮތެކެވެ.

"ވަރަށް ދިގު މުއްދަތަކަށް ނެޓްފްލިކްސްއިން ވަނީ މިކަން އަޅާ ނުލާ ދޫކޮށްލާފަ،" ދަ ވާޖް އަށް، ނެޓްފްލިކްސް އިން ކުރީގައި ހިއްސާކުރާ އެކައުންޓުތަކާއި މެދު ކަންތައް ކުރަމުން އައި ގޮތާއި ގުޅޭ މަޢުލޫމާތު ދެމުން ލައިޓްޝެޑް ޕާޓްނާސް ގައި ދިރާސާކުރާ ފަރާތެއް ކަމަށްވާ ރިޗާޑް ގްރީންފީލްޑް ބުނެފައި ވެއެވެ. " ތިމާގެ އާންމު ދިރިއުޅުމަށް ކަމެއް ވަރަށް މުހިއްމުވާ ހިސާބުން، ޕާސްވޯޑު ހިއްސާކުރުން ފަދަ ކަންކަން ކްރެކްޑައުން ކުރުން ބޮޑަށް ފަސޭހަވަގެން ދޭ."

ނެޓްފްލިކްސްއާއި، ސްޓްރީމް ކުރުމުގެ މަތީ ފަންތީގެ ސީދާ ވާދަވެރިއަކަށް ނުވެ ސަޕްލެމެންޓަކަށް ވުމަށް ބުނަމުން ދާ އޭގެ ވާދަވެރިންގެ މެދުގައި ވަރަށް ބޮޑު ތަފާތެއް ވެއެވެ. އެހެން ހުރިހާ ބައެކޭ އެއްފަދައިން، ނެޓްފްލިކްސް އިން އޭގެ ޚަރަދުތައް އޮފްސެޓް ކުރުމަށްޓަކައި، ދަނީ އޭގެ އަގުތައް މަތިކޮށް، މި މަހުގެ ފަހު ކޮޅުގައި އޭގެ އެންމެ ފަހުގެ އަގުގެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއާއި ޚިލާފަށް ސޭންޑްބޮކްސްއިން ވަނީ، ސަބްސްކްރައިބަރުން އިތުރުރުކުރުމަށްޓަކައި އެޑް ޓަޔަރތައް ތަޢާރަފުކޮށްފައެވެ. މި މަގުން ދިޔުމަށް އަދި މިހާތަނަށް ނެޓްފްލިކްސްއަށް ވަނީ ނުކުޅެދިފައެވެ.

އެކައުންޓްތައް ހިއްސާކުރުން ކްރެކްޑައުން ކުރުމުގެ ތެރެއިން، ނެޓްފްލިކްސުން ވަނީ އިތުރުކުރާ މެމްބަރުންނަށް އިތުރު ފީ އެއް ދެއްކުމުގެ ބަދަލުގައި ކުރެވޭނެ ކަމެއްވެސް ތަޢާރަފުކޮށްފައެވެ. ގްރީންފީލްޑުން ބުނާ ގޮތުގައި، ޕާސްވޯޑު ކްރެކްޑައުން ކުރުމަކީ، މިސާލަކަށް އެމެރިކާގެ މާކެޓުގައި އިތުރު 10 ނުވަތަ 20 މިލިއަން ސަބްސްކްރައިބަރުން އިތުރު ކުރެވޭނެ ގޮތެކެވެ.

"މިއީ ބާކީ އޮތް ހުސް ތަން ފުރާލާ ގޮތް." އޭނާ ބުނެފައި ވެއެވެ.

ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ މި ކަމަށް ނެޓްފްލިކްސުން އަދިވެސް ބުނަމުން ދަނީ މިއީ 'ޓެސްޓު' ތަކެއް ކަމެވެ. ނެޓްފްލިކްސް އިން އަދި އެއްކޮށް އަހަރެމެންގެ ގާތް ފަރާތްތަކުގެ ތެރެއިން ނެޓްފްލިކްސްގެ ޕާސްވޯޑު ހިއްސާކުރުމުގައި އެއްވެސް މައްސަލައެއް ނުޖެހޭ ފަރާތްތަކުގެ ފައި ބުޑުން ފައިފުހި ދަމާލާފައެއް ނުވެއެވެ. އަދި ނެޓްފްލިކްސް އިން އަޅުގަނޑުމެންގެ ގޭބިސީ ތަކުގެ ބޭރު ފަރާތްތަކުގެ އެކައުންޓު ބޭނުންކުރެވޭނެ އެހެން ރޭވުމެއް ރޭވުމަކީ އެކަށީގެންވާ ކަމެކެވެ. ހިއްސާކޮށްފައިވާ އެކައުންޓުތަކާއި ގާތަށް މަރުތެޔޮ ކައިރިކުރުމަކީ މިހާރު އޭގެ ބޭނުންކުރާ ފަރާތްތައް ފަހަތަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަކަށް ވާއިރު، މިއީ ސަމާލުކަން ހޯދުމަށް ވާދަކުރަމުން ދާ ސްޓްރީމާއަކަށް މާ ރަނގަޅު ކަމަކަށް ނުވާނެއެވެ.

ނަމަވެސް ހަމަ މިއާއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ، ސްޓްރީމް ކުރުމުގައި ޕާސްވޯޑް ކްރެކްޑައުން ކުރުމުން ގައިމުވެސް ނަތީޖާއެއް ނެރެވޭނެކަމަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މީހުން ވަނީ ދެކެފައެވެ. ސްޓްރީމްކުރާ ފަރާތްތަކުން ކޮންޓެންޓުތައް މިހާތަނަށް ދޫކުރަމުން ދިޔައީ އެމީހުންގެ ހިތްހެޔޮ ކަމުން ނޫނެވެ. ކަންމިހެން އޮތް ނަމަވެސް، މިހާރުގެ ސްޓްރީމް ކުރުން ހަމަނުޖެހުމަކަށް ގޮއްސިނަމަ، އެބައެއްގެ ސްޓްރީމްކުރުމުގެ ޑައެޓަށް ޚަރަދުކުރަން ޖެހޭނީ ޚުދު އެ ބޭނުންކުރާ ފަރާތްތަކުގެ ޖީބުތަކުންނެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.