ގޫގުލް އިން މަލްޓިސާރޗް ތަޢާރަފްކޮށްފި!

ހަސަން ޒަޔާން 11 އޭޕްރީލު 2022

ގޫގުލް އިން ފޮޓޯ އަދި ބަހުގެ ކޮމްބިނޭޝަން އެއް ބޭނުންކޮށްގެން ސާޗް ކުރެވޭނެ ފީޗަރއެއް ނެރެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގޫގުލް އިން ވަނީ ފޮޓޯ އާއި ބަސް އެއް ކުއެރީ އެއްގައި ކޮމްބައިން ކޮށްގެން ސަރޗް ކުރެވޭނެ ފީޗަރއެއް ތައާރަފް ކޮށްފައެވެ.

މިސާލަކަށް މި ފީޗަރގެ ބޭނުން ކޮށްގެން، ވަކި ޑިޒައިނެއްގެ ގަމީހެއް ހޯދަން ބޭނުން ނަމަ އެ ބޭނުންވާ ގަމީހުގެ ތަސްވީރު ނަގާ އަދި ބޭނުންވާ ޑިޒައިން ކީވޯރޑް ގައި ލިޔެވޭނެއެވެ. މިސާލަކަށް ތިބާ ބޭނުން ވަނީ "ޕްލެއިން" ނުވަތަ "ޑޮޓެޑް" ގަމީހެއް ނަމަ ތަސްވީރާ އެއްގޮތް "ޑޮޓެޑް" ނުވަތަ "ޕްލެއިން" ގަމީސް ގެ ރިޒާލްޓް އަންނާނެއެވެ.

މި ފީޗަރ އަށް ގޫގުލް އިން ދީފައިވާ ނަމަކީ "މަލްޓިސަރޗް" އެވެ.

އެ ކުންފުނިން ސެޕްޓެމްބަރު މަހު ޕްރީވިއު ކޮށްފައި މި ވާ ފީޗާ މިހާރު ގޫގުލްގެ މޯބައިލް އެޕްގެ ގޫގުލް ލެންސް ބައިގެ ތެރޭގައި ހިމެނޭނެއެވެ. މިފީޗަރ ގެ އެކްސެސް އަދި ލިބެން ފަށާފައި މިވަނީ އެމެރިކާގެ ޔޫޒަރުންނަށް އެކަންޏެވެ.

ގޫގުލް އިން ޒަމާނުއްސުރެ އިމޭޖް ސާޗް އިންޖީނެއް ގެންގުޅެއެވެ. އެއީ ގޫގުލް ލެންސް އެވެ. ނަމަވެސް މަލްޓިސާޗް އަކީ ގޫގުލް އިން އެންމެ ފަހުން ސާޗް ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް، ސްކްރީނެއްގައި ހުންނަ ބަސްތަކަށް މިހާރަށް ވުރެ ފްލެކްސިބަލް އަދި މަދުން ބައިންޑް ކުރާ އެއްޗަކަށް ހެދުމަށް ގޫގުލް އިން ކުރާ މަސައްކަތެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.