އީލޮން މަސްކް ޓުވިޓާގެ ޑިރެކްޓަރުންގެ ބޯޑާ ނުގުޅެން ނިންމައިފި ކަމަށް ޓުވިޓާގެ ސީއީއޯ ޕަރަގް އަގްރަވާލް އާދިއްތަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.
ކުންފުނީގެ 9.2 އިންސައްތަ ހިއްސާ އިލޮން ގަތުމާއި ގުޅިގެން އިލޮން ޑިރެކްޓަރުންގެ ބޯރޑަށް ޖޮއިން ކުރާނެ ކަމަށް މީގެ ހަފްތާއެއް ކުރިން އަގްރަވާލް ވަނީ ބުނެފައެވެ. ނަމަވެސް އާދިއްތަ ދުވަހު އިލޮން ބޯރޑަށް ޖޮއިން ނުކުރާނެ ވާހަކަ އޭނާ ވަނީ ބުނެފައެވެ.
އާދިއްތަ ދުވަހު ޕަގްރަވާލް ވަނީ މިވާހަކަތަށް ތަށް ޓުވިޓާގައި ހިއްސާ ކޮށްފައެވެ.
ޓްވިޓާގެ ހިއްސާ ގަތުން ދުވަހުން ފެށިގެން މަސްކް ދަނީ ޓުވިޓާއަށް އޭނާގެ ހިޔާލުތައް ހިއްސާ ކުރަމުންނެވެ. އޭނާ ވަނީ ޓުވިޓާގެ ޓުވީޓްސް ތަށް އެޑިޓް ކުރެވޭނެ ކަހަލަ ބަޓަން އެއް އިންނަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ޕޯލްއެއް ޕޯސްޓްކޮށް، ގިނަ ފަރާތްތަކެއްގެ ވޯޓު ހޯދާ އެ ފީޗާ އިތުރުކުރާނެކަން ކަށަވަރުކޮށްދީފަ އެވެ. މި ފިޗަރ އަކީ ގިނަފާރާތް ތަކެއް ވަރަށް ކުރިންސުރެ އެދިފައިވާ ފީޗަރއެކެވެ.
މީގެ އިތުރުން ހަމަ އެދުވަހު އިލޮން ވަނީ ޓުވިޓާއައް އިތުރު ހިޔާލު ތަކެއް ދީފައެވެ. އޭގެ ތެރޭގައި ޓުވިޓާ ބްލޫ އާއި އެކު ވެރިފިކޭޝަން ޗެކްމާރކު ދިނުމާއި އަދި ސެން ފްރޭންސިސްކޯގަ ހުންނަ ޓުވިޓާރގެ ހެޑް ކުއާރޓާ ހޯމް ލެސް ޝެލްޓަރ އަކަށް ބަދަލު ކުރުމުގެ ހިޔާލު ވެސް ވަނީ ދީފައެވެ. އެއީ އެ ހެޑްކުއަރޓާ އަކީ އެކަކު ވެސް ވިޒިޓް ނުކުރާ ހެޑްކުއަރޓާއަކަށް ވާތީއެވެ.
ޑިވެލޮޕާރ