އިލޯން މަސްކް ޓްވިޓަރ އިން %9.2 ސްޓޭކް ގަނެފި

ޢާއިޝަތު ޝައިހާ 12 އޭޕްރީލު 2022

ޓެސްލާގެ ޗީފް އެގްޒަކެޓިވް އޮފިސަރ (ސީއީއޯ) އިލޯން މަސްކް، ފެބްރުއަރީ 10 އަކުން ފައްޓައިގެން ޓިވްޓަރ ގެ 9.2 އިންސައްތަ ޕެސިވް ސްޓޭކް ގެ ވެރިއަކަށް ވެފައިވާ ކަން، ރެގިއުލޭޓަރީ ފައިލިންގ އަކުން ދައްކައިފިއެވެ.

މި ފައިލިންގ ގައި ބަޔާންކޮށްފައިވާ ގޮތުގައި "ފައިދާގެ ގޮތުގައި މިލްކުވެގެންވާ މިންވަރު: 73،486،938 ހިއްސާ. މީގެ ތެރަޭގައި އިލޯން މަސްކް ރެވޯކެބަލް ޓީ 2003 އިން މިލްކުކޮށްފައިވާ ކޮމަން ސްޓޮކްގެ ހިއްސާތައް ހިމެނޭ. މީގެ ހަމައެކަނި ޓްރަސްޓީ އަކީ އިލޯން މަސްކް."

ރޮއިޓާސް އިން ބުނާ ގޮތުގައި، ޕްރި-މާކެޓް ޓްރޭޑިންގ ގައި ޓްވިޓަރ ގެ ހިއްސާތައް ވަނީ 16 އިންސައްތަ މަތިވެފައެވެ.

މިދިޔަ މާޗް މަހުގެ ފަހުކޮޅުގައި، ޓެސްލާގެ ވެރިޔާ އަދި ސްޕޭސް އެކްސް ގެ ފައުންޑަރ ވަނީ، އާ ސޯޝަލް މީޑިޔާ މަންސައެއް އުފެއްދުމާއި ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނަމުން އަންނަ ކަމަށް ބުނެފައެވެ.

މީގެ ހަފްތާތަކެއް ކުރިން މަސްކް ވަނީ ޓްވިޓަރ ގައި ޕޯލް އެއް ހަދައި، ޓްވިޓަ ބޭނުންކުރާ ފަރާތްތައް ކުރެން، ޓްވިޓަރ އިން 'ރަނގަޅަށް މަސައްކަތް ކުރާ ދިމިގްރާތީ ނިޒާމަކަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މުހިއްމު' މި ބުނުމަށް ތާއީދު ހޯދުމަށް އަހާފައެވެ.

މަސްކް ބުނެފައިވާ ގޮތުގައި "މި ޕޯލް އިން ދައްކާ ނަތީޖާ ވަރަށް މުހިއްމު ވާނެ" ކަމަށާއި "ވަރަށް ފަރުވާތެރި ކަމާއެކީ ވޯޓު ލުމަށް" ވަނީ އެދިފައެވެ.

ވަރަށް ގިނައިން ޓްވިޓަރ ބޭނުންކުރައްވާ ބޭފުޅަކަށް ވެ ހުރެ މަސްކް ދަނީ، ޓްވިޓަރ އާއި އޭގެ އުސޫލްތަކަށް ފަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި ކުންފުނިން ދަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކަށް ތަބަޢަނުވެ، ދިމިގްރާތީ ނިޒާމުގެ ބާރު މަޑުމަޑުން ކަނޑުވާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.