އިލޮން މަސްކް ޓުވިޓަރ ގަތުމަށް ހުށަހަޅައިފި

ހަސަން ޒަޔާން 15 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެސްލާގެ ސީއީއޯ އިލޮން މަސްކް ޓުވިޓަރގެ 100 އިންސައްތަ ހިއްސާ ގަތުމަށް އޮފަރއެއް ހުށަހަޅާއިފިއެވެ. މި ހުށަހެޅުން ޓްވިޓާއަށް ފޮނުވާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.

މަސްކްގެ އޮފަރ އަށް ބަލާއިރު، އޭނާ ޓުވިޓާގެ ކޮންމެ ހިއްސާއަކަށް 54.20 ޑޮލަރު ދައްކާނެއެވެ. ކޮންމެ ހިއްސާ އަކަށް 54.20 ޑޮލަރު ދައްކާނަމަ، މުޅި ޓުވިޓަރ ގަތުމަށް އޭނާ އަތުން 40 ބިލިއަން ޑޮލަރު ޚަރަދުވާނެއެވެ.

މަސްކް އަކީ މިހާރު ޓިވިޓާގެ އެންމެ ބޮޑު ހިއްސާދާރެވެ.

އަދި އޭނާ ބުނާ ގޮތުގައި މި އޮފަރ ބަލައި ނުގަންފި ނަމަ ޓުވިޓާގެ ހިއްސާދާރެއް ގެ ގޮތުގައި ދެމިހުރުމާއިމެދު ވިސްނަންޖެހޭނެއެވެ.

މި ހުށަހެޅުން ކަށަވަރުކޮށް ޓްވިޓާއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ނޫސް ބަޔާނުގައި ބުނާގޮތުން ޓުވިޓަރއިން ބޯރޑް ގެ ޑިރެކްޓަރުންނާ މަޝްވަރާކޮށް މަސްކް ގެ މި ޕްރޮޕޯސަލް ރަގަޅަށް ރިވިއުކުރާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޑުން މި އޮފަރ އާ މެދު މަޝްވަރާ ކުރުމަށް ހެނދުނު 10 ޖަހާއިރު (އީޓީ) ވަނީ ބައްދަލުކޮށްފައެވެ. ވަކި ގޮތެއް ނިންމިކަން ނުވަތަ ނޫންކަން އަދި ސާފުނުވި ނަމަވެސް، ބައެއް ވާހަކަ ތައް ވަނީ ލީކް ވެފައެވެ. ބޯރޑް އިން އިލޮން ގެ މި އޮފަރ އާއި މެދު އިންޓްރެސްޓް ނެއްކަމަށް ބުނެއެވެ. އަދި މަސްކް އަށް ދެކޮޅުވެރި ކަމަކަށް މަސައްކަތް ނުކުރެވޭ ގޮތަށް "ޕޮއިޒަން ޕިލް" ސްޓްރެޓެޖީއެއް ބޭނުން ކޮށްފާނެ ކަމަށް ވެސް ބުނެއެވެ.

ހެނދުނު 10 ޖަހާއިރު (ޕީޓީ) / 1 ޕީއެމް (އީޓީ) ގައި މަސްކް ވަނީ ލައިވް ޓެޑް ޓޯކް އެއް ދީފައެވެ. މި ޓޯކް ގައި އޭނާ ވަނީ ޓުވިޓަރ އަށް އޭނާ ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައި، އޭނާ ހުރީ ފައިސާއަށް ޓަކައި ނޫން ކަމަށް ބުނެ، ޓްވިޓާއިން "އެލްގޮރިދަމް އޯޕަން ސޯސް ކުރަން ޖެހޭ" ކަމަށް ބުނެ، ޓްވިޓާގެ ގިނަ ޔޫޒަރުން ތަކެއް އިންތިޒާރުކުރާ އެޑިޓް ބަޓަން މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެ ވަނީ ވާހަކަ ދައްކާފައެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.